ލިސާ ރިޗާޑް ނަމަކަށް ކިޔާ އުމުރުން 33 އަހަރުގެ އަންހެނަކަށް މި ވަނީ ގޮތް ނޭނގޭ ޖަނަވާރެއް ވޭލްސްގެ ޕޯތްކަވްލް ގޮނޑުދޮަށަށް ލައްގާފައި އޮއްވާ ފެނިފައެވެ. އޭނާއާއި، ލޯބިވެރިޔާގެ އިތުރުން، އޭނާގެ ދޮން ދެ ދަރިންނާއެކު ކުއްތާތަކާއެކު ގޮނޑުދޮށުގައި ހިނގަމުން ދަނިކޮށް ފެނުނު އެ ޖަނަވާރުގެ ފޮޓޯއެއް އޭނާ ވަނީ މީސް މީޑިއާގައި އާއްމުކޮށްފައެވެ.

އޭނާއަށް ފުރަތަަމަ ހީކުރެވުނީީ އެއީ އެ ސަރަހަައްދުން ދާދި ފަހުން ފެނުނު ވަލްރެސް ކަމަށެވެ.

އެހެން ނަމަވެސް އެއީ އަދި އޭތި ކަން ޔަގީން ނުވެެއެވެ.

"އަހަރެން އުއްމީދު ކުރަން އެއީ ވެލްރަސް ނޫން ކަމަށް. އޭތި އެ ސަރަހައްދުން ގެއްލުނުތާ ވަރަށް ދުވަސް ވެދާނެ". ލީސާ ބުނެފައި ވެއެވެ.

ގޮނޑުދޮށުން އޭނާއަށް ފެނުނު އެ ޖަނަވާރަކީ ފުދޭވަރަކަށް ބޮޑު އެއްޗެއްކަމަށް ލީސާ ބުނެފައި ވެއެވެ.

ލީސާ ބުނީ، އޭތި ހުރީ ކަޅުކުލައިން ކަމަށާއި، އޭތީގެ ފަޔާއި ފައިތިލަ އަދި މޭކަށިގަނޑުވެސް ފެނުނު ކަަމަށެވެ.

ލީސާ ބުނިގޮތުގައި، އޭތި އެތަނުގައި އޮވެ ދިޔައީ ފުޅަވަމުންނެވެ. އަދި އޭތީގެ ބޯނެތްކަންވެސް އެނޣޭ ކަމަށާއި، ބެލެވޭ ގޮތުގައި އެއީ ވަަރަށް ބޮޑު އެއްޗެއް ކަމަށެވެ.

އަދި މިހާތަނަށް އެއީ ކޮން ވައްތަރެއްގެ ޖަނާވާރެއްކަން ސާފެއް ނުވެއެވެ. ނަމަވެސް ބޮޑަށް ބެލެވެނީ އެއީ ސީލެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް އިތުރު ތަހުލީލުތައް ހަދައިގެން ނޫނީ އެއީ ކޮން އެއްޗެއްކަން ކަށަވަރު ނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢައއްތު

    ވަ ރަށް ފު ރިހަމަ ބައިނަލް އަގުވާމީ ފެންވަރުގެ ލިއުމެއް

    • ޢެވޮދޮ

      ލިޔުންތެރިކަން ތިޔަހުރީ އިނތިހާގައެއްނު

      1
      1
  2. ހަސަނު

    ހާދަ ފެންވަރުގެ އާރޓިލްއެއް