ބޭނުންވާ ތަކެތި

400ގ ބޯންލެސް ޗިކަން 1 ބޮޑު ފިޔާ (ކިއުބް ކޮށް ބޮޑެތިކޮށް ކޮށާފަ) 1 ލޮނުމެދު (ގާނާފަ) ކުޑަ އިނގުރު ކޮޅެއް (ގާނާފަ) 2 ކެޕްސިކަމް (ކަރުގަނޑު ނެގުމަށްފަހު ބޮޑެތިކޮށް ކައްޗަށް ކޮށާފަ) ޓޮމާޓޯ ފަޅިއެއް (ކިއުބްކޮށް ކޮށާފަ) 3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް ލީކްސް ކޮޅެއް ( ކައްޗަށް ކޮށާފަ) 1 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް 1 ސައިސަމުސާ ސޯޔާ ސޯސް 2 ހިކިމިރުސް (ތެއްލާފަ) ½ ސައިސަމުސާ މުގުރި އަސޭމިރުސް ހިކަނދިފަތް ތެޔޮ ލޮނު

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ކުކުޅު ކޮޅަށް ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއް އެޅުމަށްފަހު 10 މިނެޓު ވަންދެން ބަހައްޓާށެވެ. އަދި އެއަށް ފަހު ކުކުޅު ކޮޅަށް މަޑު މުށި ކުލައެއް އަރަންދެން ތެއްލާށެވެ. ދެން ތަވާޔަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާކޮޅާއި ލީކްސް ކޮޅު މީރު ކޮއްލާށެވެ. އަދި އެއަށް ފަހު އިނގުރާއި ލޮނުމެދު އަދި ކެޕްސިކަމް އަޅާ އެއްކޮށްލާށެވެ. އަދި އެއް މިނެޓު ފަހުން އޮއިސްޓަރ ސޯސް ފޮދާއި ޗިލީ ސޯސް ފޮދާއި ޓޮމާޓޯ ސޯސް ފޮދާއި އަދި ސޯޔާ ސޯސް ފޮދު އެއްކޮށްލާށެވެ. އަދި އެއަށް ފަހު އަސޭ މިރުސް ކޮޅެއްވެސް އެޅުމަށް ފަހު ބޮކި ޖަހަންދެން ކައްކާލުމަށް ފަހު ކުކުޅު ކޮޅު އަޅާލާށެވެ. އަދި އެއަށް ފަހު ޓޮމާޓޯ ކޮޅާއި ތެއްލިމިރުސް ކޮޅު އެޅުމަށް ފަހު ލޮނު ކޮޅެއް އަޅާފައި މަޑު ގިނީގައި ކައްކާލާށެވެ. އަދި ކެކުމުން ހިކަނދިފަތް ކޮޅު ވެސް އަޅާލާފައި ކައްކާލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު