ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެންމެ ދުޅަހެޔޮ އަދި އަމިއްލަ ނަފްސަށް އެންމެ އިތުބާރު ބޮޑު ލީޑަރަކީ ޢުމަރު ނަޞީރު ކަމުގައި ވާނެއެވެ. އުމުރުން 54 އަހަރުގެ އުމަރު ނަސީރަކީ އަލްމަރްހޫމް ބޮޑިބަތް ދޮންކަލޭފާނާއި އަލްފާޞިލާ ހުސްނާ އާދަމް އަށް ލިބިވަޑައިގެންނެވި 3 ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. ކައިވެނި ބައްލަވައިގެން އުޅުއްވާތާ 25 އަހަރު ވީއިރު އުމަރު ވަނީ އޭނާގެ ހަޔާތުގެ ފުރަތަމަ ގުމްރީ އައިސް އަތުގައި ހިފި ގޮތުގެ ވާހަކައާއި ސިޔާސީ ހަރަކާތަށް ވަދެވުނު ގޮތް "ވަގުތު" އާއި ހިއްސާކުރައްވާފައެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ އެކަކަށް އުމަރު ވާއިރު، މި ދެކަންތައްވެސް ފެށިގެން އަންނަނީ ބާސްކެޓް ކުޅުމުގެ ތެރެއިންނެވެ.
ހަޔާތުގެ ބައިވެރިޔާއާއި ދިމާވި ގޮތް
ހަޔާތުގެ ބައިވެރިޔާ އާއިއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން އަންނައިރު، އެގުމްރީއާއި ދިމާވީވެސް ބާސްކެޓް ކޯޓު ތެރެއިން ކަމަށްވެއެވެ. އޭރު އުމަރު ގެންދިޔައީ ކޯޗުކަން ކުރަމުންނެވެ. ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި މިހާރު ހުރި އެ ކަނބުލެއަކީވެސް ބާސްކެޓް ކުޅުންތެރިއެކެވެ. މިހާރު ފިރިމީހާ ކީ ނަމަވެސް ކުރިން އުމަރަށް ކޯޗުކީ ދަރިވަރެވެ. ބާސްކެޓް ކުޅުމަށް ލޯބިކުރާ އުމަރުގެ ސަމާލުކަން އެކުޅުންތެރިއާއަށް ހުއްޓުނެވެ. އުމަރުގެ ހިތް އެ ކުއްޖާއަށް ދެވުނުއެވެ. އެ ލޯބި ކާމިޔާބު ކުރުމަށް އުމަރު އިސްވެ، ލޯބި ހުށަހެޅިއެވެ. އަދި ދެމީހުން ޑޭޓް ކުރަން ފެށިއެވެ.
"އޭނައާއި ދިމާވީ ބާސްކެޓްކޯޓުން. އޭނައަކީ ބާސްކެޓް ކުޅުންތެރިއެއް. އަޅުގަނޑަކީ ކޯޗު. ކޯޗު ރައްޓެހިވީ އޭނަ ކައިރީ އުޅުނު ކުއްޖަކާ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި ޑޭޓް ކުރަން ފެށުމުން އެކުއްޖާގެ އާއިލާއިން ފުރަތަމަ ނުރުހުންވި ކަމަށްވެއެވެ. އެހެންނަމަވެސް އެ ލޯބި ކާމިޔާބުކޮށް އެ ކުއްޖާއާއި އުމަރު ކައިވެނި ކުރިއެވެ. ކައިވެންޏަށް 25 އަހަރު ވެފައިވާއިރު މިހާރު އުމަރުގެ ހަތަރު ކުދިން ތިބެއެވެ. އެންމެ ދޮށީ ކުއްޖާއަށް 23 އަހަރު ފުރިނުއިރު އެންމެ ހަގު ކުއްޖާއަށްވީ 11 އަހަރެވެ. މިއީ އުމަރުގެ ޒަވާދީ ހަޔާތް ފެށިގެން އައިގޮތެވެ.
ސިޔާސީ ހަރަކާތްތައް ފެށިގެން އައިގޮތް
މިހާ ހިސާބުން އުފެދޭ ސުވާލަކީ ސިޔާސީ ދާއިރާއަށް ބާސްކެޓް ކުޅުމުގެ ތެރެއިން އުމަރަށް ވަޑައިގެންނެވުނީ ކިހެނެއް ހެއްޔެވެ؟
އުމަރު ވިދާޅުވާ ގޮތުން ސިޔާސީ ދާއިރާއަކީ މީހުން ވަންނަ ދާއިރާއެއް ނޫނެވެ. އެއީ އެކަމުގެ ތެރެއަށް ވަދެވިފަ ހުއްޓާ އެނގޭ ދާއިރާއެއް ކަމަށް އޭނާ ސިފަކުރައްވައެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް ދިމާވާ އެކި އެކި ކަންކަމާއި ވަކާލާތުކުރުމުގެ ތެރެއިން ގޮސް ސިޔާސީ ދާއިރާއަށް ކޮންމެވެސް ސިފައެއްގައި ވަދެވިފައި ހުއްޓާ ފެންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އުމަރަށްވެސް ސިޔާސީ ދާއިރާއަށް ވަދެވުނީ މިކަހަލަ ގޮތަކަށެވެ. އެއީ ބާސްކެޓް ބޯޅަ އެސޯސިއޭޝަންއެއް އުފެދިގެން އައި ދުވަސްވަރެވެ. އޭރު އެ އެސޯސިއޭޝަންގެ ރައީސް އާއި ހިންގާ ކޮމިޓީއަށް މެމްބަރުން އައްޔަން ކުރަނީ ސަރުކާރުންނެވެ. އޭރެއްގެ ވެރިންނަށް ފެންނަ ބަޔަކު އެ މަގާމްތަކަށް އައްޔަން ކުރާ ކަމަށްވެއެވެ.
މި އުސޫލާއި ހިތް ނުތަނަވަސްވެ، އުމަރާއި އޭނާއާއި އެކު ބާސްކެޓް ކުޅެން އުޅުނު ކުދިން ވަކާލާތުކުރަން ފެށީ އެސޯސިއޭޝަންގެ މަގާމުތަކަށް އިންތިހާބެއްގެ ތެރެއިން މެމްބަރުން އައްޔަން ކުރުމަށެވެ.
"ބާސްކެޓް ބޯޅަ އެސޯސިއޭޝަން އުފެއްދީ އަޅުގަނޑުމެން. އެހެންނަމަވެސް އުފެއްދިތަނުން ވީ ގޮތަކީ ސަރުކާރުން އައްޔަން ކުރާ މީހަކަށް ވެއްޖެ އެ އެސޯސިއޭޝަންގެ ރައީސްއާ ހިންގާ ކޮމިޓީ. ދެން ކުޅުންތެރިން ކިހާ ހިންހަމަ ނުޖެހޭނެ. އެހެންވެ އަޅުގަނޑުމެން ވަކާލާތު ކުރަން ފެށީ އިންތިހާބަކުން މަގާމްތަކަށް މެމްބަރުން އައްޔަން ކުރުމަށް. މި ބަހުސްތަކުގެ ތެރެއިން އަޅުގަނޑަށް ސިޔާސީ ދާއިރާއަށް ވަދެވުނީ" އުމަރު ވިދާޅުވިއެވެ.
އުމަރު ކިޔައިދިން ގޮތުގައި މި ބަހުސްހޫނުވެ، ބާސްކެޓް ބޯޅަ ބޯއިކޮޓްވެސް ކޮށްފައިވެއެވެ. އަދި އޭރުގެ ސްޕޯޓް މިނިސްޓަރަކަށް ހުންނެވި ޒާހިރު ހުސައިންނާއި ބައްދަލުކޮށް ވާހަކަދައްކާފައިވާ ކަމަށާއި، މިނިސްޓަރަށް އެކި ގޮތްގޮތުން ޕްރެޝަރު ކޮށްގެން އެ އުސޫލު ބަދަލުކުރި ކަމަށްވެއެވެ. މިއީ އުމަރު އެންމެ ލޯބި ކުރާ ކުޅިވަރު ކަމަށްވާ ބާސްކެޓް ބޯޅަ ކުޅުމުގެ ތެރެއިން ސިޔާސީ ދާއިރާއަށް ވަދެވުނު ގޮތެވެ.
ސިޔާސީ ދާއިރާގައި ކުރެވުނު ބައެއް މަސައްކަތްތައް
ބާސްކެޓް އެސޯސިއޭޝަން މައްސަލައިގެ ތެރެއިން ސިޔާސީ ދާއިރާއަށް ވަދެވުމަށްފަހު 2001 ވަނަ އަހަރު އުމަރު ކުރިމަތިލީ މާލެގެ މެމްބަރުކަމަށެވެ. އޭރު އެ ގޮޑި ހުސްވީ ވެލާނާގެ ތަޅުދަނޑިއެއް ނެގި ކަމަށް ބުނާ މައްސަލާގައި ރައީސް މުހައްމަދު ނަޝީދު ޖަލަށްލުމާއި ގުޅިންނެވެ. އެ ގޮޑި ހުސްވުމާއި އެކު އެ ގޮޑިއަށް ވާދަކުރީ އުމަރުއާއި އަބްދުﷲ ކަމާލުއްދީންއެވެ. އެ އިންތިހާބުގައި އުމަރަށް ނާކާމިޔާބުވީ ބޮޑު ތަފާތަކުންނެވެ. އިންތިހާބުވި ކަމާލުއްދީންއަށް 2500 ވޯޓު ލިބުނު އިރު އުމަރަށް ލިބުނީ 600 ވޯޓެވެ. އެހެންނަމަވެސް އެ ނާކާމިޔާބީއަކީ ސިޔާސީ ދާއިރާއަށް އެޅުނު އެންމެ ފުރަތަމަ ފިޔަވަޅު ކަމުގައި އުމަރު ސިފަކުރެއްވިއެވެ. އަދި އޭރު ހުރީ ސިޔާސީ ކަންކަމުގެ ތެރެއަށް ރަނގަޅަށް ވަދެވިފައި ކަމަށް އުމަރު ވިދާޅުވިއެވެ.
މާގިނަ އަހަރުތަކެއް ނުވަނީސް ދެން އުމަރު ފެއްޓެވީ އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތެވެ. ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުއްދަ ލިބުމާއި އެކު އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ނަމުގައި 2 ޖޫން 2005 ގައި ސިޔާސީ ޕާޓީއެއް ރަޖިސްޓާރ ކުރެއްވިއެވެ. އަދި 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި 802 177 މީހުން ބައިވެރިވެފައިވާއިރު އުމަރަށް ލިބިވަޑައިގަތީ 2572 ވޯޓެއްވެ. އެއީ ވޯޓުދިން މީހުންގެ 1.40 އިންސައްތަ މީހުންނެވެ. އެހެންނަމަވެސް އެއީ ލިބުނު ނާކާމިޔާބީއެއް ކަމަކަށް އުމަރު ނުދެކެއެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގައި ވާދަކުރީ ގައުމުގައި ހުރި މައްސަލަތައް ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށެވެ. އަދި އިންތިހާބަށް ވާދަކުރަން ނިންމީ ނުހޮވޭނެ ކަމުގެ ޔަގީންކަން އޮވެ ކަމަށް ވިދާޅުވިއެވެ.
"2008ގަ ވާދަކުރިއިރު އެނގޭ އަޅުގަނޑެއް ނުހޮވޭނެކަން. އެކަމަކު އަޅުގަނޑަކީ އަސްލުގައި އިޝޫ ކެންޑިޑޭޓެއް. މާނައަކީ ރާއްޖޭގައި ހުރި މައްސަލަތަކުގެ ތެރެއިން އަޅުގަނޑު ނަގާ މައްސަލައެއް ނެޝެނަލް ޕްލެޓްފޯމްއަކަށް ލާން އަޅުގަނޑު މަސައްކަތްކުރީ. ރިޔާސީ ކެންޑިޑޭޓަކަށް ވުމުން އޭރު އަޅުގަނޑަށް ލިބުނު ވަރަށް ގިނަ ފުރުސަތުތައް. ދައުލަތުގެ މީޑިއާއިންވެސް އަދި އެހެނިހެން މީޑިޔާތަކުންވެސް. 2008 ވަނަ އަހަރު ވާދަކުރި މަގްސަދު ކާމިޔާބުވި" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، އޭނާ ދައްކާ ވާހަކަތަކަށް ބަދަލެއް އަދި ނާންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ހަމަ ދައްކާނީ އެވާހަކަތައް ކަމަށެވެ. އެ ވާހަކަތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވާހަކައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ވާހަކައަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް އުމަރު ގެންގުޅުއްވާ ވިސްނުމެވެ. އަދި އިސްލާމީ ޝަރިއްޔަތުގައިވާ ގޮތުގެ މަތިން ފަހަތަށް ގިސޯސް ހިފަން ފަސްނުޖެހޭނެ ކަމަށް ބުނާ ވާހަކަތަކެވެ.
އިންތިހާބުން ނާކާމިޔާބު ވުމާއި އެކު ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އައިޑީޕީގެ ކުލަވަރު ފަނޑުވަން ފެށިއެވެ. އަދި 2010 ވަނަ އަހަރު އައިޑީޕީ ދޫކުރައްވާ އުމަރު ވަނީ ޑީއާރްޕީއާ ގުޅިވަޑައިގަނެފައެވެ. އޭނާ ވަނީ އެ ޕާޓީގެ ނައިބު ރައީސްކަން ކުރައްވާފައެވެ.
ޑީއާރްޕީ ދެބަޔަކަށް ބެހުނު އިރު އުމަރަކީ ޕީޕީއެމް އުފެއްދުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރެއްވި ބޭފުޅެކެވެ. އެޕާޓީ އުފެއްދުމަށްފަހު ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވިއެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެވެ. އެ ނަތީޖާއާއެކު ޕާޓީ ތެރޭގައި ހިނގި ހަމަނުޖެހުންތަކާއި އެކު 2013 ގެ އިންތިހާބުގައި ދެން އޭނާ ތާއިދުކުރައްވަން ފެއްޓެވީ ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްއަށެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އުމަރު ކެމްޕޭނު ކޮށްދެއްވީ ޔާމީނަށެވެ.
އެއަށް ފަހު ޔާމީންގެ ފުރަތަމަ ހޯމް މިނިސްޓަރުކަމުގެ މަގާމު ފުރުއްވި އުމަރު، މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ދުވަސްތަކެއް ވަންދެން "އެކަހެރި'' ވެވަޑައިގެން ހުންނެވުމަށް ފަހު 2017 ވަނަ އަހަރު ޖޭޕީއާ ގުޅިވަޑައިގެންނެވި އެވެ. ޖޭޕީއާ ގުޅިވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުމަރު ޖޭޕީން ވަކިވެވަޑައިގެންނެވި އެވެ. އެހެންނަމަވެސް އެ އިންތިހާބަކު ވާދަކުރައްވާފައެއް ނުވެއެވެ.
މިހާރު އުމަރު ގެންދަވަނީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތައްޔާރުވަމުނެވެ. އެކަމަކު ވާދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުވަތަ ދާދި ފަހުން އުމަރު އިސްވެ ހުންނަވާ އުފެއްދެވި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)، ޕާޓީއަކަށް ބަދަލުކޮށް އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަމެއް އަދި ނުނިންމަވާ ކަމަށް އުމަރު ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ ޕީޕީއެމްގެ ކެންޑިޑޭޓެއް ފެންނާނެ ކަމަކަށް ނުބެލެވޭ، އެހެންވެ އެ އިންތިޚާބުގައި އެންމެ ބޮޑު އެޑްވާންޓޭޖެއް އޮތީ އަޅުގަނޑަށް، އެކަމަކު ވާދަކުރާނީ އަމިއްލަ ގޮތުންތޯ، ޕާޓީއަކުންތޯ، މިހާރު އުފައްދާފަ މި އޮތް ޑީއެންއޭ ޕާޓީއަކަށް ބަދަލުކޮށްގެންތޯ، ނުނިންމަން އަދި، ގައިމު ވެސް ވާދަކުރާނަން، އިންޝާﷲ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ކޮންމެ ނާކާމިޔާބަކީ ތިމާއަށް ލިބޭ އިބްރަތްތެރި ފިލާވަޅެއް ކަމަށެވެ. އެހެންނަމަވެސް ލިބޭ ނާކާމިޔާބަށް މާޔޫސްވެ، ފަހަތަށް ޖެހުމަކީ ސިޔާސީ ހަރަކާތްތަކުގައި "ފިނޑިވުން" ކަމަށް ސިފަކުރެއްވިއެވެ. 2008 ވަނަ އަހަރާއި ހިލާފަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން އުމަރު ނިންމީ ވަރަށް އުންމީދާއި ޔަގީންކަމާއި އެކުގައެވެ.
ތައުލީމީ ހަޔާތް
އުމަރު ނަޞީރު ތަޢުލީމް ހާސިލް ކުރެއްވީ އާލިޔާ ސްކޫލް އިންނާއި އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް އިންނާއި ސްރީލަންކާގެ ރޯޔަލް އިންސްޓިޓިއުޓް އިންނެވެ. އަދި މިލިޓަރީ ތަމްރީން ހޯއްދެވީ ގިރިފުށީ ޓްރޭނިންގް ކޭމްޕް ގައި އިގިރޭސި ސިފައިންގެ އެހީގައެވެ. އަދި ފުލުހުންގެ ތަމްރީން ހޯއްދެވީ ޖަޕާނުންނާއި އިގިރޭސި ވިލާތުގެ ވެސްޓް ޔޯކްޝަޔަރ ޕޮލިސް ޓްރޭނިންގް ސެންޓަރު ގައެވެ.
ތަޢުލީމީ ދައުރު ނިންމެވުމަށްފަހު ޤާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރުގެ ޚިދުމަތަށް ނެރުއްވެވިއެވެ. ޚިދުމަތަށް ނުކުތުމަށް ސަރުކާރުން ހަމަޖެއްސެވީ ސިފައިންގެ މީހެއްގެ ގޮތުގައެވެ. ތަމްރީން ނުހައްދަވާ ސިފައިންގެ އާދައިގެ މީހެއްގެ ގޮތުގައި ހުންނަވަނިކޮށް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާ ގުޅިގެން ސްރީލަންކާގެ ބާޢީންގެ ބަޔަކު ދިވެހިރާއްޖެ އަށް ދިން ހަމަލާގައި ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރައްވާ ނޮވެމްބަރު 3 ގެ މެޑެލް ޢުމަރު ނަޞީރު އަށްލިބިލެއްވިއެވެ.
މިލިޓަރީ ތަމްރީން ތަކުގައި ވަރަށް މަތީ ވަނަ ހާސިލް ކުރެއްވިއެވެ. މީގެ ތެރޭގައި އިގިރޭސި ސިފައިން ރާއްޖޭގެ ސިފައިންނަށް ހިންގި ފުރަތަމަ ތަމްރީން ކޯހުގައި ސިފައިންގެ އެންމެ ދުޅަހެޔޮ މީހަކަށް ސިފައިންގެ ވެރިޔާ ދެއްވާ އިނާމް ހާސިލް ކުރެއްވިއެވެ. ތަފާތު ތިން މިލިޓަރީ ތަމްރީން ކޯސް ފުރިހަމަ ކުރެއްވެވިއެވެ.
އުމަރުގެ ނަން ޔަގީނުން ވެސް ސިޔާސީ ދާއިރާ އިން ފަހަތަކަށް ނުދިޔައެވެ. ވަރަށް އާދައިގެ ގޮތަކަށް ފެށި ސިޔާސީ މަސައްކަތުގައި މިހާރު ވަނީ އެންމެ މައްޗާއި ހަމައަށް ގޮސްފައެވެ.
ނުހޮވޭނެ...
އުމަރަކީ ސިޔާސީ ދާއިރާގައި މިވަގުތުހުރި ފަސްބައި އެންމެސާފު ލީޑަރު. އުމަރާއެކު މަސައްކަތް ކުރެވޭނީ އުމަރު ފަދައިން އަބަދުވެސް ހަމައާއި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމަށް ޝައުގުވެރިކަން ހުންނަ ބަޔަކަށް. އެނޫން ބަޔަކަށް އުމަރަށް ވުރެ ކަޓު ކަޑަ މީހަކު މިއުޑުދަށަކުވެސް ނުހުންނާނެ.
ޢުމަރު އަލްހާން މީ ދެން ސިޔަސީ ލީޑަރުންތަ.. ލޮލް..
ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން ރައީސް އިބޫ އައުޓް އުމަރު ނަސީރު އިން
ސިންގައްޕޫ ރުން ހެދި މާސްޓާ ރސް ކޮބައިތޯ!
ބޮޑުކާށި ދޮންބެމަތިން ވަރަށް ހަނދާންވޭ އުމަރު އުޅޭގޮތުން
މިގައުމުގަ ގިނަ ރަށްޔަތުން ބޭނުމެއްނުވޭ ރަޖަމުކުރުމާ އަތްކެނޑުމާ ބޯކެނޑުން މިތާ ބާއްވާކަށް
ކީރިތި ޤުރުއާނުގައި ނައްޞު ކުރައްވާފައިވާ އިސްލާމްދީނުގެ ހައްދުތަކަށް އިންކާރުކުރުމަކީ އިސްލާމްދީނުން ބޭރުވާފަދަ ޢަމަލެކެވެ. މިއީ މުސްލިމުން އިއްތިފާޤުވެފައިވާ މަައްސަަަލައެކެވެ.
ކީިރިތި ޤުރުއާނުގައި ބަޔާންވެފައިވާ ޙައްދުތަކަށް އިންކާރުކުރުމީ އިންސާނާ އިސްލާމްދީނުން ބޭރުވާފަަދަ ޢަމަލެކެވެ.މިއީ މުސްލިމުން އިއްތިފާޤުވެފައިވާ މައްސަަަލައެކެވެ.
ޙަޤީޤަތަކީ ޤުމަރަު ނަޞީރަކީ މިވަގުތުގެ ޙާލަތަށްބަލައި ރައީސްކަމަށް ވަރަށް އެކަށީގެންވާ ބޭފުޅެކެވެ. ސަބަބަކީ ކޮންމެ ވެރިކަމެއްގެނެސްވެސް މަސްތުވާތަކެތީގެ ވަބާ ގައި ގިނަ ޒުވާނުންތަކެއް ނހަލާކުވާންފެށުމުން އެކަން ކޮންޓުރޯލް ނުވުމުން ދެން ރުޅިއަންނަނީ ސަރުކާރު ދެކެއެވެ. ފާޙިސް ޢަމަލުތަކާ މާރާމާރީތައް ގިނަވަ އޮބިނޯތުމުން ދެން ރުޅިއަންނަނީ ސަރުކާރު ދެކެއެވެ. ކޮރަޕްޝަނާ ފަސާދަ ގިނަވުމުން ދެން ރުޅިއަންނަނީ އިދިކޮޅާ އެއްކޮޅުވެސް ރުޅިއަންނަނީ ސަރުކާރުހިންގާ މީހާ ދެކެއެވެ. އެހެންކަމުން މިފަދަ ކަންކަމަށް ޙައްލެއް ގެނެވޭނެ މީހަކަށް މިވަގުތު ސިޔާސީ ދާއިރާގައި ހުރި މީހަކީ ޢުމަރު ނަޞީރުކަމަށް ފެނެއެވެ.
އަހަރެމެން ވ ކުޑަ އިރު ވެސް އުމަރު ސްޓަރ ސިނަމާ ކައިރި ކުރިން އޮންނަ ބާސްކެޓް ކޯޓަށް ކުޅެން އަންނަ ތަން ފެނޭ! އޭރު އޭ ވ ރީތި ބޮޑު ޒުވާނެއް ! މިހާރުވެސް އުމަރު ޒުވާން ކަމަށް ފެންނަނީ! މާ ބޮޑު ބަދަލެއް ނެތް އައިސްފަކާ! އޭ 1988 ހިސާބު! އަހރެމެންނަށް 45 ވެއްޖެ އެހެންވެ ހީކުރިން އުމަރު ކިތައްމެ ޒުވާން ކޮށް ހުއްޓަސް މަދުވެގެން 58 ވަރު ވެދާނެ ކަމަށް! އޯކޭ ދެން!
ޙައްލަކީ އުމަރު.. އަހަންނަށް ޔަޤީންވާ ކަމަކީ ޕީ.ޕީ.އެމް 2023 ކާމިޔާބު ކުރަން ބޭނުން ނަމަ.. ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި އުމަރު ކުރިޔަށް ނެރެން.. ޤައުމަށް ބޭނުންވަނީ ބަދަލެއް.. އެހެން ގޮތަކަށް ބުނާނަމަ ލާދީނީ ފިކުރާ ދުރު، ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްފަ ދައްކާނެ ވެރިއެއް.. އިންޑިއާ، ޗައިނާގެ ގޮނޑިކޮއްކޮ ސަރުކާރެއް މިތާ އޮންނާކަށް އެއްވެސް ރައްޔިތަކު ބޭނުމެއްނުވޭ..
އިސްލާމީވަންތަކަން ދިރުވަން އެދޭ ބޭފުޅެއް ކީއްވެގެންބާ އެންމެކުޑަމިނުން ތުނބުޅި ނުބަހަށްޓަނީ! އުމަރު އެއުޅުއްވަނީ އިސްލާމްދީނޭ ކިއުއްވައިގެން ވެރިކަން ބޭނުންވެން! ރާމާމަކުނާ ކިބުލުގެ ވާހަކައިން އިބްރަތް ހާސިލްކުރަމާ
ޢަޅުގަނޑުގެ ވޯޓްއުމަރަށް
އުމަރު ހިތުގަ ކިތަންމެ ބޮޑަކައް އިސްލާމްދީނާ ފާހިސް ކަންކަމާ ޑްރަގްސް އާއި މާރާމާރީއަށް ވަކާލާތު ކުރެއްވިޔަސް އެކަންކަން ފާހަގަ ކުރެވެނީ ރައްޔިތުންގެ ތާއީދާއި ލޯބިހޯދުމަށް ގެންގުޅުއްވާ ކަންކަން ކަމުގައި،
އުރުން 60 ވާންކައިރިވާއިރުވެސް ރައީސް މައުމޫނުފަދައިން އަމިއްލަ ބިއުޓީ ކަންކަމައް ތިޔަހުރިހާ ކަމަކަށްވުރެ ލޯބިހުރިކަން އުމަރު ފެންނަ ކޮންމެފަހަރަކު އެބަސިފަވެއެވެ،
އަދި އެހެންނޫނަސް އަބަދުވެސް ކޮންމެވެސް މަސްހޫރު އެއްފަރާތެއްގެ ފޮޓޯފްރޭމަކަށް ވަދެގެން ސިޔާސީ ދާއިރާއިން ކާމިޔާބު ހޯދަން މަސައްކަތް ކުރާ މީހެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވެއެވެ،
އަޅުގަނޑު ގަބޫލުކުރާ ކޮންމެ ލީޑަރެއްގެ ގައިގަވެސް އެމީހެއްގެ އަމިއްލަވަންތަކަމެއް ހުރެއެވެ،
ނަމަވެސް އުމަރުގެ އެސިފަ ނުފެނެއެވެ.
2013 ގަވެސް ބަހުސްތަކުގައި މީހުންނާ ޒާތީގޮތުން ޖައްސާލާ ސީޔާސީ ވުމައްވުރެ ޒާތީވެ އުމަރުބުނާއެއްޗެއްގެ އަގުބޮޑުވާނެކަމައް ދެއްކުން ވަރައް ފާހަގަ ކުރެވުނެވެ.
ކުރުކޮށް ބުނާނީ ހަމަ ރައީސް ނަސީދައްވެސް ބުނާހެންނެވެ. ވެރިކަމަކައް ކުފޫހަމައެއް ނޫނެވެ،
އެކަމަކު އިދިކޮޅުން ވެރިންނައް ޕްރެސަރު ކުރުމައް ވަރައް ކަމުދެއެވެ.
މައްސަަލައަކީ ބާސްކެޓްކުޅެންގޮސް ދަޅަށް ދެރީމަ ދަޅު ނުދީ ފިލާތީ...
ހައްލަކީ އުމަރު މަގޭވޯޓު އުމަރަށް ވެރިކަމަށްއައިމަތާ ގޮތް އެގޭނީ ހީވޭ މިހާރަށްވުރެ ރަގަޅު ވާނެހެން އިންޟާﷲ