ރޭގަނޑުގެ ނިދިން މަހުރޫމު ކޮށްލާ ހަވީރުގެ ހަމަ ހިމޭންކަން ނަގާލާ ގަޔަށް ކަށިހަރަމުން އަދި ހަށިގަނޑުން ލޭ ބޮމުން ދާ ފުރޭތަ އަކީ އެންމެންނަށް ވެސް އެނގޭނެ ފަދައިން މަދިރިއެވެ. ބަލިތައް ފަތުރަން އެންމެ ބޮޑު ރޯލެއް އަދާ ކުރަމުންދާ މަދިރި މިވަނީ ވަކްސިން އުފުއްލަމުން ގެންދާ ކައްޓަކަށް ބަދަލުވެފައެވެ.

މީގެ 11 އަހަރު ކުރީގައި ޖަޕާނުގެ ދިރާސާކުރާ ގްރޫޕަކުން ބަލި ފެތުރުމުގެ ބަދަލުގައި ވެކްސިން ފަތުރާ މަދިރިއެއް ވަނީ އުފައްދާފައެވެ. މިހާރު މަދިރި އާންމުކޮށް ދަތް އަޅާއިރު އެމީހުން ކޮންމެވެސް ވަރަކަށް ކުޅު ހަށިގަނޑު ތެރެއަށް ފޮނުވާލައެވެ. މީގެ ސަބަބުން ލޭ ގަނޑު ވުމުން ސަލާމަތްކޮށްދެއެވެ.

މި ދިރާސާ ކުރާ މީހުން ވަނީ ޕްރޮޓީން އެއް މަދިރީގެ ކުޅާ އެއްވާ ގޮތަށް އެންޓިޖެން އެއް އެއްކޮށްފައެވެ.

މިހެން މިކަން އޮތް ކަމުގައި ވީ ނަމަވެސް ޖަރާސީމު ނައްތާލެވޭ ވަރަށް ދިފާއިީ ނިޒާމު ވަރުގަދަ ވާނެ ކަމެއް ދިރާސާ ކުރާ ފަރާތްތަކަށް ކަށަވަރެއް ނުވެއެވެ. މިގޮތުން އެމީހުންގެ ތަހުލިލު ތަކުގައި 1500 މީދާ ބޭނުން ކޮށްގެން ހެދި ދިރާސާގައި އަދަދު ހުރީ ހައިރާން ކުރުވާ ވަރުގައެވެ. އެހެން ދިރާސާ އަކުން ދައްކާގޮތުގައި މެލޭރިއާ ފަތުރާ މަދިރި މަރުވާ އަދަދު 100 ގުނަ އިތުރު ކަމުގައެވެ

ސައިންސްވެރިން ދަނީ ދިރޭ ސޫފިތަކުގެ ޑީއެންއޭ ބަލި ތަކާއި ދެކޮޅަށް ހަނގުރާމަ ކުރެވޭނެ ރަނގަޅުު ގޮތްތަކާއިމެދު ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރަމުންނެވެ. މިގޮތުން ސައިންސްވެރިން ދަނީ އިންސާނުންގެ ހަށިގަނޑުުގައި ހުންނަ ޖަރާސީމު ނައްތާލާ ކަހަލަ މަދިރި އެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މަދިރި ފަދަ އުދުހޭ ވެކްސިން އަށް ހައްލެއް ހޯދައިދެވިދާނެ ކަަމަށް ދިރާސާ ކުރާ މީހުން ބުނެފައިވެއެވެ.