ރާއްޖޭގެ މަޝްހޫރު ބަތަލާ މަރިޔަމް އައްޒައަކީ ހިތްހެޔޮ، މީހުންނާ ގުޅޭ މިޒާޖެއްގެ މީހެކެވެ. އައްޒަގެ މީސްމީޑިއާ ވެސް ފުރިފައި ވަނީ ފައްސި ޚިޔާލުތަކާއި ރީތި މެސެޖުތަކުންނެވެ. އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ފާޑު ކިޔާ މީހުންނާ ދުރުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭތޯއެވެ. އައްޒަގެ ޚާއްސަ އަނެއްކަމަކީ އޭނާގެ ރަހުމަތްތެރިންނެވެ.
އައްޒައަކީ އޭނާގެ ރަހުމަތްތެރިންނަށް ވަރަށް ރަނގަޅަށް ކަންތައް ކުރާ މީހެއްކަން އޭނާގެ މީސްމީޑިއާ ފޮލޯކުރާ މީހުންނަށް އެނގޭނެއެވެ. އަދި އޭނާގެ ރަހުމަތްތެރިންނަކީ ވެސް އޭނާ އަށް އެހާާމެ ރަނގަޅު ބައެކެވެ. އައްޒަ އަކީ އޭނާގެ އެކުވެރިންނާއެކު ހޭދަ ކުރާ ވަގުތުތައް ދައްކައިދޭ ރީތި ފަރި ފޮޓޯތައް މީސްމީޑިއާގައި ހިއްސަކުރާ ފަރާތެއްވެސްމެއެެވެ. އައްޒަގެ މި ފަޅިއަކީ ފޭނުންނަށް ވަރަށް ކަމުދާ ފަޅިއެކެވެ.
މިފަހަރު އައްޒަގެ ހިތުގައި އޮތް ލޯބި އެ މީހަކަށްޓަކައި ބަންޑުންކޮށްލި މީހަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ލިއުޝާ (ލިއު)އެވެ. އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ލިއު އަކީ އޭނާގެ ހަޔާތުގެ އެންމެ ފުރިހަމަ ބައި ކަމަށެވެ.
އައްޒަ ވަނީ ލިއު ދެކެ އޭނާ ވަރަށް ލޯބިވާކަން އެ ޕޯސްޓުގައި ހާމަކޮށްފައެވެ. ލިއު އަށް ފުރުނީ 30 އަހަރެވެ.
" ޓީމަށް މަރުޚަބާ ލޯބީ. 30 އަހަރުފުރުން އުފަލުގައި ޝައުގުވެރިގޮތަކަށް ފާހަގަކޮށްލަން ހިނގާ. އެދެނީ އަބަދުވެސް އުހުގައި އަލިގަދަކޮށް ފިޔަޖެހުން. އަދި ކުރިން ނުވިދާހާ ގަދައަށް ވިދުން. އަހަރެން ވަރަށް ލޯބިވޭ. ހަޔާތުގެ އެންމެ ފުރިހަމަ ބައިގެ ގޮތުގައި ހުންނާތީ ޝުކުރިއްޔާ." އައްޒަ ބުންޏެވެ.
ލިއުގެ އުފަންދުވަހު އަޅާފައިވާ ކޭކަކީ ވަރަށް ހިތްގައިމު ފިޔާތޮށިކުލައިގެ ކޭކެކެވެ. އެ ކޭކުގެ މަތީގައި ވަނީ ފިޔާތޮށި ފިނިފެންމާތަކެއް ޖަހާފައެވެ. އަދި ކޭކުގެ ވަށައިގެން މަޝްހޫރު ބްރޭންޑުތަކުގެ ކަޕްކޭކްތަކާއި، އެކި ބްރޭންޑުތަކުގެ ހަދިޔާތައް ވެސް ފެންނަން ހުއްޓެވެ.
ރުފިޔާ ހުރިއްޔާ ކޮންމެ މީހަކަށްވެސް ވާނެ...
މި އަދުގެ މުސްލިމުންގެ ހާލަތަކީ ޔަހޫދީންނާ ނަސާރާ އިން ގޮތަށް ބާޠްޑޭވެސް ފާހަގަކުރާނީ ކަ އިވެނި ޕާޓީވެސް ބާ އްވަނީ އެމީހުން ގޮތަށް... އެމީހުންގެ ހެދުން ލަ އިގެން ނޫންތޯ މި އުޅެނީވެސް. އަހަރުމެންނެކޭ ޢައއ އިރު މުސްލިމުންނެކޭ ބޭރުފުށުން ބަލާބެލުމަށް ޖަހާނީ އެއ އްވަ އްތަރު...ދަ އްކާ ވާހަކަތަކުގާ ތަ އުހީދާ ފުށޫ އަރާ އެތަށް ކަލިމަތަކެ އް ކިޔޭ. ގިނަ މީހުންގެ ހާލު.. މުށަކުން މުށަކަށް ކަ އިވަތަކުން ކަ އިވަތަކަށް އެމީހުންގެ ފިޔަވަޅުތަކަށް ތަބާވަމުންގޮސް.. . ހިތާމަ އިގެ ކޮޅެ އް ނެތް. ފަހު ޒަމާން ބޭކަލުންނޭ ހޭ އަރަންވީ...
ދެން މިކަހަލަ ހެޔޮ ނަސޭހަތެ އް ދިނަސް ބަ އެއއއ އް މީހުންނަށް ވާނީ ފާޑުކިޔާ މަލާމާތްކުރީ ކަމުގާ...
އދީނާ ދުރުކަމުން ނަސޭހަތެ އް ދިނަސް ބަ އެއއ އް މީހުން ސޭކުވާނެ.. އެދެން ހަ އްދުފަހަނަ އެޅީ ..
ތީ އަމިއްލަ ތަނަވަސްކަން ދެއްކެންވެކެން ކުރާކަންކަން ، ތިކަން ހާމަނުކޮށްވެސް ތިކަންކުރެވިދާނެ
ކޮންމެ އުފަންދުވަހަކައް އަތުރާ ހުސްކޮތަޅުތަކެއް ،😂
ދެއްކުން ތެރިކަން ތިއީ .... މަށަށް ވަރަށް ފާހަގަވޭ އައްޒަ ނިކަން ދެއްކުންތެރިކަމުގެ ބައި ބޮޑުކަން
ޙުސް ކޮތަޅު