މާސްގައި އިންސާނުން އާބާދު ކުރުމަކީ ސައިންސްވެރިން ހާއްސަކޮށް ނާސާގެ ވަރަށް ބޮޑު އުއްމީދެކެވެ. އެއުއްމީދު ހާސިލް ވާނެކަމުގެ ހެކިތައް ވެސް މިހާތަނަށް ވަނީ ފެނިފައެވެ. މާސްގައި އިންސާނުން ދިރިއުޅުމަށް ކުރަމުންދާ އުއްމީދަށް އަނެއްކާވެސް މިވަނީ ބޮޅެއް އިތުރުވެފައެވެ.

އެއީ މާސް އަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއްކަމަށާއި އިންސާނުން މާސްގައި ދިރިއުޅޭނެ ދުވަސް ލަސްތަކެއް ނުވެ ފެންނާނެ ކަމަށް ނާސާގެ ޗީފް ސައިންސްވެރިޔާ ވިދާޅުވުމުންނެވެ.

ފާއިތުވި އަހަރުތަކުގައި މާސް އިން ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލި ދެދިރާސާ އަކާއި ހަވަލާދީ ޖިމް ގްރީން "ޔޫއެސްއޭ ޓްޑޭ" ގައި ވިދާޅުވީ މާސްގައި އިންސާނުންގެ މުސްތަގުލް އޮތްކަން އެއީ ޔަގީންކަމާއި އެކު ބުނަން އެނގޭ އެއްޗެއް ކަމަށެވެ.

ލިބިފައިވާ ހުރި މައުލޫމާތައް ބިނާކޮށް ގްރީން ވިދާޅުވަނީ 2040 ވަނަ އަހަރު އިންސާނުންނަށް މާސްއަށް ދެވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް އެހިސާބަށް ދިއުމަށް އިތުރު ވަރަށް ގިނަ ކަންކަން ކުރަން ޖެހެއެވެ.

އެންމެ މުހިންމު ކަމަކީ މާސް އަކީ އިންސާނުންނަށް ރައްކާތެރިތަނެއްކަން ކަށަވަރު ކުރުމެވެ. އެކަން 2020 ވަނަ އަހަރު ޔަގީން ކުރެވޭނެ ކަމަށް ގްރީން އުއްމީދު ކުރެއެވެ.

ދެވަނަ ކަމަކީ މާސް އަށް ދެވޭނެ އެންމެ ފުރިހަމަ އުޅަނދެއް ތައްޔާރު ކުރުމެވެ. ހާއްސަކޮށް ގިނަ ތަކެތި އުފުލޭ އުޅަނދެއް ބޭނުންވެއެވެ.

މިހާރު އިންސާނުންގެ އަތުގައި ގާބިލްކަން ހުރީ އެއްޓަނުގެ މުދާ މާސް އަށް ފޮނުވޭ ވަރުގެ އުޅަނދެއް ހަދާށެވެ. ނަމަވެސް އިންސާނުން މާސްއަށް ފޮނުވާނަމަ 10 ޓަނުގެ މުދާ އުފުލޭ ވަރުގެ އުޅަނދެއް ކޮންމެހެން ވެސް ބޭނުންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަރިޔަބު

    މާސްގަ ފުރަތަމަ ރުއްގަސްހައްދާ އެހެންނޫނީ އިންސާނުންނަލަށް ނޫޅެވޭނެ. ދެން މަގުތަކާ ކަރަންޓާ ނަރުދަމާ ހަދާ

  2. ހުސޭނުބޭ

    އިންސާނުން މާސްގައި އުޅޭތާ ކިތަންމެ ދުވަކެވެ. ރަށްރަށުގައި މާސް ކިޔާ ގޯތިގެދޮރު ހުންނާނެއެވެ. އެ ގޭގޭގައި މީހުން އުޅޭނެއެވެ.

  3. ކޮއިމަލާ

    ތިޔަތަނުގެ ރައީސަކަށް ޔާނު ހަމަޖައްސަންފެނޭ، އެއްލަކިން ވެރިކަންކޮށްލަން ޔާނުއާއި މާސްހަވާލުކުރާތި .. ދެން އެތަނުންތެޔޮވަޅުހޯދައިގެން ރަންވަޅުވެސްހޯދައިގެން ސަލާމަތީމަޖިލީހާއި ދާއިމީމެންބަރުކަންވެސް ކޮށްލަކޮށްލާ ތިބެދާނެ ދެއްތޯ ؟

    • ހެހެ

      ކަލޯ ޖަރީމާ. ރައީސް ދޯ ވެރިކަމެއް ނުކުރެވިގެން އުޅުއްވަނީ

  4. ނާސާ

    މާސް ޗޮކުލެޓް ވަރަށް އަގުބޮދުވާނެ