ރޯދަ ވީއްލަން ބޭނުން ވާނެ ކާބޯތަކެތި ތައްޔާރުކުރަން އަނބިކަނބަލުންނާ އެކު އުޅުއްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ބަދިގެއަށް ވަންނަ ކަމަށް ވިދާޅުވެއްޖެއެެވެ.

"ވަގުތު ބަދިގެ" ޕްރޮގްރާމްގައި ބައިވެރިވަޑައިގެން ޖާބިރު ވިދާޅުވީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި އެކު ރޯދަ ވީއްލާ އެއްޗެހި ތައްޔާރު ކުރުމުގައި އޭނާ ވެސް އުޅުއްވާ ކަމަށެވެ. އެ ގޮތުން ބާޒާރު ކޮށްދީ ކަންތައް ކުރައްވާ ކަމަށާއި، ބަޖީޔާ ފަދަ ހެދިކާ ހައްދަވާއިރު މަސްހުނިގަނޑު ތައްޔާރުކުރުމުގައި އަތް ގާތް ކޮށްދޭ ކަމަށް ވިދާޅުވިއެވެ.

"ދިޔާނާ ބަޖިޔާ ހައްދުވާނެ. ދެން މަސްހުނި ގަނޑުވެސް. އަޅުގަނޑު ވެސް އުޅެން އެ ކަމުގައި ދިޔާނާއާއެކު، ދެ މީހުން އުޅެނީ، އެހެން އަތް ގާތް ކޮށްދީ ބާޒާރުކޮށްދީ ވެސް އުޅެން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު "ވަގުތު ބަދިގެ" ޕްރޮގްރާމްގައި ބައިވެވެވަޑައިގަތުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޖާބިރު ވިދާޅުވި ގޮތުގައި އޭނާއަށް އެންމެ މީރު ކެއުމަކީ ދިޔާނާ ތައްޔާރު ކުރާ ބަޖިޔަލެވެ. އެހެން ވިޔަސް ހެދިކާއަށް ވުރެ ބޮޑަށް ރޯދަ ވީއްލާ ވަގުތު ކައި އުޅެނީ ރޮށްޓާއި ރިހަ ކަމަށް ޖާބިރު ވިދާޅުވިއެވެ. އާންމުކޮށް ޖާބިރު ކައި އުޅެނީ އިޓަލީގެ ކެއުންތައް ކަމުގައިވީ ނަމަވެސް ރޯދަ މަހު ކައި އުޅެނީ ދިވެހިވަންތަ ކެއުން ކަމަށް ވިދާޅުވިއެވެ.

އަނބިކަނބަލުން ދިޔާނާ ސައީދަށް ތައުރީފް ކުރެއްވުމަކީ ޖާބިރު އާއްމުކޮށް ކުރައްވާ ކަމަކެެވެ.

އެ ގޮތުން ދިޔާނާއާ އެކުގައި ވަގުތު ހޭދަކުރެއްވުމުގައި މީޑިއާ ކުރިމަތީގައި ވެސް ޖާބިރު ވިދާޅުވާ ބަސްފުޅުތަކުން، ދިޔާނާ އާއި މެދު ޖާބިރުގެ ހިތުގައި އޮތް ލޯބި ކިތަންމެހާވެސް ރަނގަޅަކަށް ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖުހާ

  ކޮންމެ ރޯދަމަހެއްގަ ޖާބެ އޮންނަނީ ބަދިގޭގަ.

  14
 2. ހުސޭނުބޭ

  ބަދިގެ ލޮލުންވެސް ނުދެކޭ މީހާ ރޯދަމަސް އަންނައިރަށް ބަދިގެޔަށް ތި ވަންނަނީ ކޮންމެވެސް އެހެން ބޭނުމަކޫ! ދިޔާނާ ބުނީ ތިމަން ކައްކާ އެއްޗެތި ރޯދަވީއްލަން ނަގަން ބަލާއިރު ނުހުރެޔޭ! ޖާބެޔަށް އެނގޭ ދޯ ދިޔާނާ ކައްކާ އެއްޗެއްސަށް ވާ ގޮތް!

  14
  2
 3. Anonymous

  ކޯޓަށް ތިވާހަކަ ސާބިތުކުރެވުނުތޯ... ހަމަ އަހާލީ.. ޖާބިރުވީމަ

  14
  1
 4. އަހްމަދު

  😭

 5. ސީދި ބޮއްކުރާއި ބޭ

  މީނަ ރޯދަމަހު ބަދިގެ އަށް ވަންނާތީވެ ވަރަށް އުނދަ ގޫ ވޭ

  10
  1
 6. Anonymous

  ކަޕްލްސް ގޯލްސް 3>

  6
  1
 7. ޙފ

  ރޯދަ ނޫން މަސްމަހު ވަންނަނީ ކޮންތާކަށް..؟..

  2
  1
 8. ދިޔާނާނާހުވަފެން

  ޖާބެއަށް އެންމެ މީރީ ދިޔާނާގެ ބަޖިޔާއޭ ބުނީމަ ތިއީ އަސްލު ހަގީގީ ލޯބިކަން އެގިއްޖެ