އެމެރިކާގެ އެރިޒޯނާގެ ދެމަފިރިންނަށް ހުކުރު ދުވަހުގެ ރޭ ފަތިހު އެމީހުންގެ 15 މަސްވީ ދަރިފުޅު ނިދާ ކޮޓަރިން އެލާމެއްގެ އަޑު އިވުނެވެ. ކްރިސް އާއި ނިނާ އަވަހަށް ގޮސް އެމީހުންގެ ދަރިފުޅު ކޯލީ ނިދާ ކޮޓަރި ބެލިއެވެ.

ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އަމިއްލައަށް އެނދުން ނުފެބޭނެ އަދި އަމިއްލަ އަށް ކޮޓަރީގެ ދޮރު ވެސް ނުހުޅުވޭ ވަރުގެ ތުއްތު ދަރިފުޅު ނިދާ ކޮޓަރިއަކު ނެތެވެ.

"އަހަރެމެންނަށް ލިބުނީ ޝޮކެއް. އަހަރެމެން ހިތައް އެރި ކިހިނެއް ބާއޭ ދަރިފުޅު އެނދުން ފައިބައިގެން ކޮޓަރިން ނިކުމެގެން ދާނީ." ކްރިސް ބުންޏެވެ.

ނަސީބު ރަނގަޅު ކަމުން ގިނައިރުތަކެއް ނުވެ ވަނީ ދަރިފުޅު ގޭތެރެއިން ފެނިފައެވެ.

އެހައި ހިސާބުން ކްރިސް އާއި ނިނާ ވަނީ ދަރިފުޅު ކޮޓަރިން ނިކުތީ ކިހިނެއްތޯ ބަލަން ތަޙްޤީޤު ފަށާފައެވެ.

ދަރިފުޅުގެ ކޮޓަރީގައި ހަރުކޮށްފައި ހުރި ކެމެރާ އިން ރެކޯޑް ކުރެވިފައި ހުރި ވީޑިއޯ ބެލުމުން ކްރިސް އާއި ނިނާ އަށް އަދި ލިބުނީ މާބޮޑު ހައިރާން ކަމެކެވެ. ދަރިފުޅު އެނދުން ފައިބަންށާއި ކޮޓަރީގެ ދޮރު ހުޅުވަން އެހީތެރިވެދިނީ ގޭގައި ގެންގުޅޭ ދެކުއްތާ އެވެ.

މިއީ ދަރިފުޅު ކޮޓަރިން ނިކުންނަން ދެކުއްތާ އެހީތެރިވެދިން ފުރަތަމަ ފަހަރެވެ. ކިމް އާއި ނިނާ މިހާރު ނިންމާފައި ވަނީ ކުއްތާތަކަށް ދަރިފުޅުގެ ކޮޓަރިއަށް ނުވަދެވޭނެ ގޮތެއް ހަދާށެވެ. އެއީ ދެމަފިރިން ނިދާފައި ތިއްބާ ދަރިފުޅަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަމީރީ

    އަމިއްލަ ޔައް އެކަމު އެދުން ފާބާގެން ދިޔައީ

  2. ީހިދަަަ

    ޯދކކކ

  3. ހުމުދު

    ކުޑަ ދަރިފުޅު އެއުމުރުގަވެސް އެކަނިބާއްވާ ތީ އިންސާނީ ހައްގުތަކާހެދި ނޭވާނުލެވިގެން އުޅޭ މީހުންދޯ

  4. ާއަަލިި

    ނަަދޮގެއްވަަނު