އެތައް ބަޔަކު އަގުބޮޑެތި ފޯންތައް ގަތުމަށް ވަރަށް ބުރަ މަސައްކަތް ކުރެއެވެ. އެތައް ފައިސާއެއް އެއް ކުރެއެެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތައް ނިސްބަތްވާ މީހަކަށް މި ވަނީ އޭނާ ގެއަށް ބޭނުންވާ ސާމާނު ގަންނަން އޯޑަރު ކޮށްގެން އަގުބޮޑު ފޯނެއް ލިބިފައެވެ. އޭނާއަށް ލިބިފައި ވަނީ އައިފޯނެކެވެ.

މިއީ ގަބޫލުކުރަން ދަތިހާދިސާ އެއް ނަމަވެސް، ނިކް ޖޭމްސް ނަަމަކަށް ކިޔާ ޓްވިކެންހަމްއަށް ނިސްބަތްވާ މީހަކަށް މި ވަނީ އޭނާ ގަތް ގެއަށް ބޭނުންވާ ސާމާނުތަކުގެ ތެރެއިން އާ އައިފޯނެއް ލިބިފައެވެ.

އޭނާ އެ ތަކެތި އޯޑަރު ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ޓެސްކޯ ކުންފުނީގެ ބްރާންޗަކަށެވެ.

އުމުރުން 50 އަހަރުގެ އެ މީހާ ކައިރީގައި އެ ސުޕާމާކެޓުން ވަނީ އޭނާގެ އެ ކޮތަޅު ބެލުމަށް އެދުނީ ސަޕްރައިޒެއް އޭގެ ތެރޭގައި އޮތް ކަމަށް ބުނެއެވެ. އޭނާ ހީކުރީ އެ ކޮތަޅު ތެރޭގައި އޮންނަނީ ބިހެއް ނޫނީ އެ ޒާތުގެ އެއްޗެއް ކަމަށެވެ. ނަމަވެސް އެ ކޮތަޅު ތެރެއިން އޭނާއަށް ފޯނު ފެނުމުން ލިބުނީ ހައިރާން ކަމެކެވެ.

އޭނާ އޯޑަރު ކުރީ އާފަލަށެވެ. އާފަލާއެކު އޭނާއަށް ލިބުނީ އައިފޯން އެސްއީ ފޯނެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާއަށް އެ ފޯނު ލިބުނީ އެތަނުން ކުރިއަށްގެންދާ ޕްރޮމޯޝަނެއްގެ ދަށުންނެވެ. މި ޕްރޮމޯޝަންގައި ޓެސްކޯ މޯބައިލްއިން ހިލޭ އައިފޯނާއި، އެއާޕޯޑްސް އަދި ސެމްސަންގް ޑިވައިސްތައް ދަނީ ލިބެމުންނެވެ.

އެ އައިފޯނާއެކު އޭނާއަށް ނޯޓެއްވެސް ލިބުނެވެ. އޭގައި ލިިޔެފައި ވަނީ އޯޑަރު ކުރީ އާފަލަށް ހެއްޔެވެ؟ ފަހަރެއްގައި އައިފޯން އެސްއީއެއް އޮވެެދާނެ ކަމަށެވެ.

އޭނާ ވަނީ އެ އުފާވެރި ވަގުތުކޮޅުގެ ވާހަކަ މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި ޓެސްކޯ އަށާއި، ޓެސްކޯ މޯބައިލްއަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    މިހާރު މިމޫސުމުގަ އާފަލުގަސްގަހުގަ ތިކަހަލަފޯނު އަޅަނީކަމަށްވެސްވެދާނެ ؟ ތިޔަ އީފަހުޒަމާނުގެކަމެ އްކަމަށްވެދާނެ !!
    އާފަލުކޭހަކަށް އޯޑަރުދެވުނުނަމަ ތިމީހާ އަށް ރަނގަޅުވީސް !!

    5
    1