ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން އަކީ ދިވެހިންގެ މެދުގައި މަގުބޫލު މޮޑެލްއެކެވެ. ޓިކްޓޮކެއް ކުޅުނަސް، އުފަންދުވަސް ފާހަގަކުރިއަސް ނުވިތާކަށް ފޮޓޯ ޝޫޓެއް ޖެއްސިޔަސް ކައިޒީން އަަށް އާއްމުންގެ ސަމާލުކަން ނުލިބި އެއް ނުދެއެވެ. ދިވެހިންގެ ސަމާލުކަމާއި ކުޅެލަން އޭނާ މޮޅެވެ. އިސްޓަގްރާމަށް އޭނާ ހިއްސާ ކުރާ ފޮޓޯތަކަކީ ވެސް އެހާމެ ޝައުގުވެރި ފޮޓޯތަކެކެވެ.

ރީތި ތަންތަނުގައި ފޮޓޯ ނެގުމާއި އެކި ކޮންސެޕްޓުތަކަށް ފޮޓޯ ނެގުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ތަފާތު ޕޯޒްތަކުގައި އެކި ލޮކޭޝަންތަކުން ގެނެސްދޭ ހިތްގައިމު ފޮޓޯތަކުގައި އޭނާ ފެންނަނީ އާއްމުކޮށް ބޮޑީކޮން ހެދުންތަކެވެ. އޭނާގެ ހެދުންތަކުގެ ތެރޭގައި އެންމެ އާއްމީ މިޑީ އާއި ޖަމްޕްސޫޓް ކަހަލަ ހެދުންތަކެވެ.

މިފަހަރުވެސް އޭނާގެ އިންސްޓަގްރާމުން ފެނިގެން ދިޔައީ ފަރި ފޮޓޯއެކެވެ. އެ ފޮޓޯގައި އޭނާ ލާފައި ހުރީ ފްލޮރިސެންޓް ގުރާފެހި ކުލައިގެ މިޑީއެކެވެ. އަތްދިގު އެ ހެދުމުގައި ކައިޒީން ހުރީ ޗާލު މޭކަޕެއް ކޮށް، އާދައިގެ ގޮތަކަށް ކުރުކޮށް އިސްތަށިގަނޑު ސްޓައިލްކޮށްގެންނެވެ. އެ ފޮޓޯ ނަގާފައި ވަނީ ރަތް ސޯފާ އެއްކައިރީގައެވެ. ފޮޓޯ އަށް ވުރެ ބޮޑު ސަމާލުކަމެއް ހުއްޓެނީ ފޮޓޯގެ ކެޕްޝަންއަށެވެ. އެ ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައި ވަނީ ލޯތްބަކީ އުމުރު ދަންނަ އެއްޗެއް ނޫން ކަމަށެވެ.

 

View this post on Instagram

 

A post shared by KAIZEEN (@kai_zeen)

ބްރުޖް ޚަލީފާގައި ކައިޒީން އޭނާގެ އުފަންދުވަސް ފާހަގަ ކުރި ކުރުމަށް ވެސް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. އޭނާގެ މަންމަ ވެސް އުފަންދުވަސް ފާހަގަ ކުރުމުގައި ބައިވެރިވި އިރު އިޒީންގެ އުފަންދުވަސް ފާހަގަ ކުރުމުގައި އޭނާގެ މަންމަގެ އިތުރުން އާއިލާގެ މެމްބަރުން ބައިވެރިވިއެވެ.

އިންސްޓްގްރާމްގައި ކައިޒީން ފޮލޯ ކުރާ މީހުންގެ އަދަދު އެއްލައްކަ ސައުވީސް ހާހަށް އަރައެވެ. އޭނާ އަކީ އެންމެ ގިނަ ފޮލޯވާސް ތިބި ދިވެހިންގެ ތެރެއިން އެކެކެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބޯޖަލީލު

    ނަރަކަ އުތުރި އަރަނީ

    47
    5
  2. ރަދީފް

    އަހަރުމެންނަށް މުހިންމެެއް ނޫން.ދެން ބުނާނެ މި ހަބަރަށް ކޮމެންޓް ވެސް ކުރީއޭ.ކޮމެންޓްކުރީ މުހިންމު ނުވާ ވާހަކަ ބުނަން.ވ.ވެދުން

    49
    3
    • މއ

      ސަމާލުކަން ހުއްޓުވަންބޭނުންވާތަންތަން ބޮޑުކޮށް ދައްކައިގެން އެހުންނަނީ ތިޔަބުނާ މންޖެގެ ލޯބި ގައިމުވެސް ދަންނާނެ ލާރިއާ ދުނިޔޭގެ ޒީނަތްތެރިކަން އެދިމާއަށް ތިޔަ ލޯބި ވ ފަސޭހައިން ދާނެ

      2
      1
  3. ބަޑި

    ލޯތްބަކީ ބަޑިދިނުން

    34
    4
  4. ހުސޭނުބޭ

    މި ބޭކާރު ވާހަކަތަކުގެ ބަދަލުގައި މި ރޯދަމަހު އާޔަތުލް ކުރުސި ލިޔެދީބަލަ!

    64
    4
  5. ދަމާ ސޯލިހް

    އެކަމް ލޯތްބައް އިނގޭނެ ފައިސާ. ކިއުޓް

    44
    3
  6. ޖަނާ

    ލޮލް

    23
    2
  7. ޟަހީ

    މަރު ދަންނަ އުމުރެއް ވެސް ނޯވޭ މަންޖޭ

    60
    5
  8. އައްޑޫ މީހާ

    އަހަރުމެން އާންމުކޮށް ކައި ހަދަނީ ފުޑް ކަހަލަ އެއްޗެއް ދެން ކައި ފޮޑިއެއް ޖެހިޔަސް މާބޮޑުކަމަކަށް ހަދަނީ ނޫސްތަކުން އާންމުން ނޫޅޭ ކައި އަކާހެދި މާވަރަކުން ފުޑް ކަހަލައެއްޗިއްސަކީ ވަކި އުމުރަކަށް އޮތް އެއްޗެއްނުން

    37
    3
    • ގައުމީ

      ހައްހަހަ...

      4
      1
  9. ކަމަނަ

    ސަޕޯޓެއް ނުކުރަން ތާއިދެއް ވެސް ނުކުރަން .. ސަބަބަކީ އިސްލާމް ދީނުގަ ހަރާމް ގޮތްތަކަށް ވާތީ .. ނަސޭހަތް ތެރިވަން .. ސަލާމަތްވޭ އަވަސްވޭ ..

    47
    4
  10. އަފީ

    އޮރިޔާން ދައްކައިގެން މަސްހޫރުވުމުން ލިބޭ ފައިދާއެއްނެތް. ގިޔާމަތުގައި އޮތީ އަނގުރު އަލިފާން.

    15
    1
  11. ކޯޗް

    މީނާގެ މައްޗަށް ވެސް ބަޔަކު ކަށުނަމާދު ކުރާނެ.

    6
    1
    • ސަދާ

      ކިތައްމެ ފާފައެއް ކު ރިޔަސް މަ ރުވީ މުސްލިމެއްގެ ގޮތުގައި ކަމަށް ހީކު ރެވެންޏާވެސް ކަށު ނަމާދު ކު ރާނެތާ. ދަންޖެހިފަ ހުއްޓާ ފެންނަ މީހާގެ މައްޗަށްވެސް ކަށު ނަމާދު ކު ރަނީ އޭނާ ދަންޖެހިފައި ކަމެއް ނުވަތަ ދަންޖައްސާފަ ކަމެއް ޔަގީން ނުވާތީ ކަމަށްވަނީ.

  12. ބުރުގާ

    ކައިޒީން ފެންނައިރައް މަގޭ ހިތް "ޗަސް"ލާފަ ފަޅައިގެން ދޭ.

    4
    2
  13. ރޯ

    މީ ނޫސްވެރިކަންތަ؟ ކަލޭމެން ނުބުންޏަސް އެނގޭނެ އޭނާގެ ކެޕްޝަނުން. އޭނަޔާ ސުވާލުކޮށް އެބުނާ އެއްޗެއް ސާފުކޮށްދޭނެކަމަށް މަ ހީކުރީ

  14. މަރީ

    މަރަކީވެސް ވަކި އުމުރަކަށް އޮތްއެއްޗެއް ނޫން..

    8
    1
  15. ދެލޯ

    ކައިޒީންގެ ނަޒަރުގައި ލޯތްބަކީ ފައިސާ. ފައިސާ ދެންޏާ ލޯބި.

    5
    1
  16. ކުޅިމަޖާ

    ކައިޒީން އަށް ގިނަމީހުން ފޮލޯކުރަނީ އޭނަގެ އޮރިޔާން ބަލަން އެހެން ކަމަކު ނޫން