ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނި އެޕަލް އިން ނެރެފައިވާ އެޕަލް ޕެންސިލް އަކީ ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެފަދަ ޕެންސިލްތަކުގެ ތެރެއިން ޓެކްނޮލޮޖީގެ ގޮތުން އެންމެ އުހުގައި ގުނާލެވޭ އެއް ޕެންސިލް އެވެ. މިހާތަނަށް އެޕަލް އިން އެޕަލް ޕެންސިލްގެ 2 ޕެން އެއް ބާޒާރަށް ވަނީ ނެރެފައެވެ. އެންމެ ފަހުން އެ ކުންފުނިން އެޕަލް ޕެންސިލް އެއް ނެރެފައި ވަނީ 2018 ވަނަ އަހަރުގައި އެވެ. މިހާރު މިވަނީ އެޕަލް އިން އަންނަ ހަފްތާގައިވެސް އެޕަލް ޕެންސިލެއް ދައްކާލަން އުޅޭކަމުގެ އަޑުތައް ފެތުރިފަ އެވެ.

2018 ވަނަ އަހަރު އެޕަލް އިން އެންމެ ފަހުން އެޕަލް ޕެންސިން ނެރުނީ އައިޕެޑް ޕްރޯ 2018 އާއި އެކުގައި އެވެ. އެޕަލް އިން މިހާރުވެސް ފަސްޓް ޖެނެރޭޝަންގެ އެޕަލް ޕެންސިލްވެސް ނެރެއެވެ. އެއީ ބައެއް އައިޕެޑް ތަކަށް ފަހުގެ އެޕަލް ޕެންސިލް ބޭނުން ނުކުރެވޭތީ އެވެ. 9.7 އިންޗް އައިޕެޑް އާއި އައިޕެޑް މިނީ ގައި ސެކަންޑް ޖެނެރޭޝަންގެ ޕެންސިލް މަސައްކަތެއް ނުކުރެއެވެ.

އެޕަލް ޕެންސިލް 3 އާއި ގުޅޭގޮތުން އިންޓަނެޓުގައި ލީކުކޮށްލާފައިވާ ބައެއް މައުލޫމާތުތަކުގެ ތެރޭގައި އެ ޕެންސިލް ހަމައެކަނި ބޭނުންކުރެވޭނީ މިއަހަރު ނެރޭ އައިޕެޑް ތަކުގައި އެކަންޏެވެ. އަދި ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ މި ޕެންސިލް ބާޒާރަށް ނެރޭނީ ވަރަށް ލިމިޓް ކޮށްގެން ކަމަށެވެ. މި ޕެންސިލް ގިނައިން އުފައްދާނީވެސް 3 ވަނަ ކުއާޓަރުގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ވެއިބޯގައި ލީކުކޮށްލާފައިވާ ލިޔުމަކުން ހާމަވާގޮތުގައި އެޕަލް އިން މިއަހަރު ނެރޭ އެޕަލް ޕެންސިލް 3 ނެރޭނީ "ސްޕްރިންގް ލޯޑެޑް" ގެ ނަމުގައި މިމަހުގެ 20 ވަނަ ދުވަހު އެ ކުންފުނިން ބާއްވާ ރަސްމިއްޔާތުގައި އެވެ. މި ރަސްމިއްޔާތުގައި އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް ދައްކާލާނެ އެވެ. އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އެޕަލް ހެޑްކުއާޓާގެ ޕާކުގައި ބާއްވާ މި ރަސްމިއްޔާތުގައި އޮންލައިންކޮށް ބޭނުން ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެ އެވެ.

އެޕަލް އިން މިމަހު ބާއްވާ ރަސްމިއްޔާތުގައި އެ ކުންފުނިން އެންމެ ފަހުން އުފައްދާފައިވާ އައިޕެޑް އަދި އެއާޕޮޑްސް ދައްކާލާނެ އެވެ. މިމަހު ދައްކާލާނީ އައިޕެޑް ޕްރޯ އާއި އައިޕެޑް މިނީ އަދި އެއާޕޮޑްސް ލައިންސްއެވެ.

ކިޔުންތެރިންގެ ހިޔާލު