ޖުވޭ މިއަދު މިގެނެސްދެނީ ވަރަށް ޚާއްޞަ ޑިޝްއެއް ހަދާނެގޮތެވެ. އެގޮތުން މިއަދު މިގެނެސްދެނީ ފިޝް އިންގާލިކް ސޯސް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި

500 ގ. ރޯމަސް ( ކޮށާފައިހުރި)

250 ގ. ޓޮމާޓޯ ( ކޮށާފައި)

5 ލޮނުމެދު

2 /1 އިންޗި އިނގުރު ކޮޅެއް

1 ސައިސަމުސާ ދިރި

7 ހިކިމިރުސް

4 މޭޒުމަތީ ސަމުސާ ވިނިގަރ

2 /1 ސައިސަމުސާ ރީނދޫ

ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ދިރި ، ލޮނުމެދު، އިނގުރު، މިރުސް، އެއްކޮށް ގްރައިންޑަރުން ޕޭސްޓަށް ހަދާލުމަށްފަހު ހުރިހާބާވަތް އެއްކޮށްފައި މަޑުގިނީގައި މަތިޖަހައިގެން މަސް ރޯފިލަންދެން ކައްކާށެވެ.