ބޮލީވުޑްގެ މަޝްހޫރު އެތައް ފިލްމެއް ކުޅެފައިވާ ޝްރަދާގެ ކަޕޫރުގެ މޫނު މައްޗަށް އައި ބަދަލަށް އެތައް ބައެއްގެ ހައިރާންކަން ލިބިއްޖެއެވެ.

އިންޑިއާގެ ފިލްމީ ތަރި ޝްރަދާއަކީ ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން މި އަހަރު ތަކުރާރުކޮށް އެންމެ ގިނަ އިން ރާއްޖެ އައި ހަމައެކަނި ފަންނާނެވެ. މިފަހުން ޗުއްޓީ ނިންމާލާފައި އިންޑިއާ އަށް ދިޔައިރު މުޅި މީހާ ހުރީ ވަރަށް ބޮޑަށް އަނދައިފައެވެ. ހާއްސަކޮށް އޭނާގެ މުޅި މޫނަށް އައި ބަދަލު ފާހަގަކޮށްލެވެއެވެ. އެހެންވެ މިއައި ބަދަލާއެކު އެތައް ބަޔަކު އަންނަނީ ޝްރަދާ އަށް އެތައް ސުވާލެއް ކުރިމަތިކުރަމުންނެވެ.

އެއް ބަޔަކު ކުރަމުން އަންނަ ސުވާލަކީ ޝްރަދާ ފިލްމު ޝޫޓިންއަކަށް ތައްޔާރުވަނީތޯއެވެ. އަނެއް ބަޔަކު ބުނަމުން ދަނީ އެއީ މޭކަޕް ނުކުރާ އިރު ނަގާފައިވާ ފޮޓޯއެއްތޯއެވެ. މޭކަޕް ނުކޮށް ހުރެ ނަގާފައި ހުންނަ ފޮޓޯތައް އާންމު ކުރަނީ ކީއްވެތޯ ވެސް އެކަކު އެހިއެވެ.

ބޮލީވުޑްގެ ކުޅަދާނަ ތަރިންގެ ތެރޭގައި ހިމެނޭ ޝްރަދާ އަށް މިހާ ބޮޑު ބަދަލެއް ކުއްލިއަކަށް އައުމުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އަނެއް ބަޔަކު ޝްރަދާ ދިފާއު ކުރަމުންދާ އިރު، އެމީހުންނަށް ވެގެން އުޅޭ ގޮތް ވަރަށް ބޮޑަށް ސާފެވެ.

އެތަނުން އެކަކު ބުނީ ޝްރަދާ ހުރީ ވަރަށް ބޮޑަށް "ޓޭން"ވެފައި ކަމަށާއި އެއީ އޭނާ ރާއްޖެއަށް ދިޔުމުން ވެފައިވާ ގޮތެއް ކަމަށް ބުނެފައިވެއެވެ. އަދި ރާއްޖޭގައި ޓޭންވުމަކީ ވަރަށް އާންމު ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ. ޓޭންވުމޭ އެއް ބުނަނީ ވަރަށް ގިނަ އިން އަވީގައި އުޅުމުގެ ސަބަބުން ހަންގަނޑު ކަޅުވުމަށެވެ.

ޝްރަދާ އެންމެ ފަހުން ރާއްޖެ އައީ މިދިޔަ މާޗު މަހުގެ މެދު ތެރޭގައެވެ. ޝްރަދާ އެފަހަރު އައީ އޭނާގެ ބައްޕަ އެކްޓަރ ޝަކްތީ ކަޕޫރާއި މަންމަ ޝިވާންގީއާ ވެސް އެކުގައެވެ. އެމީހުން އެ ފަހަރު ތިބީ ރެގިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުގައެވެ.

ޝްރަދާ ކަޕޫރު ވަނީ މިދިޔަ ފެބްރުއަރީ މަހު ވެސް ރާއްޖެ އައިސްފައެވެ. ޝްރަދާގެ ބޭބެ ޕްރިޔާންކްގެ ކައިވެނި ހަފުލާއެއް ބޭއްވުމަށް ރާއްޖެ އައިސް ޝްރަދާ ވަނީ އޭނާގެ އުފަންދުވަސް ވެސް ރާއްޖޭގައި ފާހަގަ ކޮށްފައެވެ. މި ދަތުރުގައި ޝްރަދާގެ ލޯބިވެރިޔާ ކަމަށް އަޑު އަރާފައިވާ ރޯހަން ޝްރަޝްތާ ވެސް ބައިވެރިވެފައިވެއެވެ.

ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން އާންމުންގެ ސަމާލުކަން ހޯދާފައިވާ ޝްރަދާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އާޝިގީ 2"، "ބާގީ"، "ބާގީ 3"، "ސާހޯ"، "ސްޓްރީޓް ޑާންސާ"، "އޭބީސީޑީ 2" "އޭކް ވިލިއަން" ފަދަ ފިލްމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަ

    އަސްލު ރާއްޖެއައީމަ އެއިނގެނީ މިމީހުންގެ އަސްލުކުލަ.. ފާޑުފާޑުގެ އެއްޗެހި ކާއްތާގެން ދޮންކޭލަކަށްވުރެ މިމީހުންދޮންވެފަތިބެނީ.. އެކަމް އަސްލު މިތިބެނީ ކަޅުހިންޏެއްހެން..

    16
    3
  2. ސައްތާރު

    ޢަސްލު ކުލަ ތިއައީ

    14
    3
  3. އައްޗި

    އައްޗި މިއަށް ވުރެ މާ ރީތި ރާއްޖޭ ކުދިން