ބޮލީވުޑް ފޭނުންނަށް ލިބުނު ސިހުމަކަށް ވެގެން ދިޔައީ ޕްރޮޑިއުސާ ކަރަން ޖޯހަރްގެ ދޯސްތާނާ ދެ ވަނަ ފިލްމުން ކާތިކް އާރްޔަން ވަކި ކުރުމުގެ ހަބަރު އިވުމުންނެވެ. 20 ވަރަކަށް ދުވަސް ވަންދެން ޝޫޓިންގްގައި ކާތިކް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ލިބެމުންދިޔަ ރިޕޯޓުތަކަށް ބަލައި ދަރްމާ ޕްރޮޑަކްޝަނުން ވަނީ ރަސްމީކޮށް އާރްޔަން އަކީ ޑޯސްޓާނާގެ ތަރިޔެއް ނޫންކަން ހާމަ ކޮށްފައެވެ.

ޕްރޮފެޝަނަލް މިންގަނޑުތަކަށް ބެލުމާއި އެކު، އެ ޕްރޮޑަކްޝަނުން ނިންމާފައިވަނީ އަލުން އެ ފިލްމް ކުޅެން ކަމަށް ދަރްމާ ޕްރޮޑަކްޝަނުން ބުނެފިއެވެ.

ދޯސްތާނާ ދެ އިއުލާން ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. ނަމަވެސް، ކަންދިމާކުރި ގޮތުން ޝޫޓިންގް ނެގުން ވަނީ ލަސްވެފައެވެ. ކާތިކް އާރްޔަން ވަކިކުރެވިފައިވަނީ ހަމަ އެކަނި ޑޯސްޓާނާ ދެ ފިލްމްއަކުން ނޫނެވެ. އިތުރު ފިލްމެއް އެކްޓަރ ކާތިކް އާއި އެކު މަސައްކަތް ނުކުރާނެ ކަމަށް ކަރަން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އެތައް ބަޔެއްގެ ފާޑުކިޔުންތައް ކަރަންއަށް އަމާޒުވެ ޓްވިޓާގައި ހިޓް ވެއްޖެއެވެ. ގިނަ ބަޔަކު ވަނީ ސުޝާންތް އާއި ކާތިކް އަޅާ ކިޔާފައެވެ. އެގޮތުން ބަޔެއް މީހުން ބުނެފައިވަނީ ކާތިކް ބުރަކޮށް މަސައްކަތް ކުރަމުން ދަނިކޮށް ކަރަން އޭނާގެ ފިލްމީ ދާއިރާ ފުނޑު ކޮށްލަން އުޅެނީ ކަމަށެވެ. ކާތިކް ވަނީ މިދިޔަ އަހަރު ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

މި އަހަރު ނޮވެމްބަރ ގައި ނެރެން ހަމަޖެހިފައިވާ ބިރުވެރި އަދި މަޖާ ފިލްމް ބޫލް ބުލައިޔާ 2 އިން ކާތިކް ފެނިގެން ދާނެއެވެ. އޭގެ އިތުރުން ދެން ނެރެން ހަމަޖެހިފައިވާ އެކްޝަން މޫވީ 'ދަމަކާ' އިން ފެނިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު