ބަތަލާ ސާރާ ޢަލީ ޚާނާއި އޭނާގެ މަންމަ އަމްރިތާ ސިންގް މި އަހަރު ދެވަނަ ފަހަރަށް ރާއްޖެ އައިސްފިއެވެ. މުމްބާއީ ފުރަބަންދު ކޮށްފައިވާ މި ދުވަސްވަރު ސާރާއާއި އަމްރިތާ ރާއްޖެ އައިސްފައިވަނީ މިއަދު އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ވެސް ސާރާއާއި އޭނާގެ މަންމައާއި އިބްރާހިމް ރާއްޖެ އައެވެ. ސާރާމެން ޖެނުއަރީ މަހު ޗުއްޓީ ހޭދަ ކޮށްފައިވަނީ ޕެރަޑައިޒް އައިލެންޑް ރިސޯޓުގައެވެ. ނަމަވެސް މި ފަހަރު ރާއްޖެ އައިސްފައިވަނީ ސާރާއާއި އަމްރިތާއެވެ.

މި އަހަރު ފުރަތަމަ ރާއްޖެ އައިސް ސާރާ ނަގާފައިވާ ފޮޓޯތައް ވަނީ ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފައެވެ. ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކާައި ''ފްލޯޓިން ބްރޭކްފާސްޓް'' އާއި މީގެ އިތުރުން ވެސް ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ އެތައް ފޮޓޯތަކެއް ސާރާ ވަނީ މީސް މީޑިޔާގައި ހިއްސާ ކޮށްފައެވެ.

ފިލުމު އަތުރަންގީ ރޭގެ ބަތަލާ ސާރާ ޢަލީ ޚާނާއި އޭނާގެ މަންމަ އަމްރިތާއާއި ކޮއްކޮ އިބްރާހިމްއާއި އެކު މިދިޔަ ހަފުތާ ވެސް ވަނީ ކަޝްމީރުގައި ޗުއްޓީ ހޭދަކޮށްފައެވެ. ކަޝްމީރު ދަތުރު ނިންމާލާ މާގިނަ ދުވަހެއް ނުވެ ސާރާ އަނެއްކާ ވެސް ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައުމުން ދޭހަވަނީ އިންޑިޔާ ފުރަބަންދު ކުރި ނަމަވެސް ސާރާގެ ޗުއްޓީ ތަކަށް ނިމުމެއް ނެތް ކަމެވެ.

ސާރާގެ ފިލުމީ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ފެންނާނީ ފިލުމު ''އަތުރަންގީ ރޭ'' އިން އަކްޝޭ ކުމާރާއި ދަނުޝްއާއި އެކުގައެވެ. މި ފިލުމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޯގަސްޓު މަހުގެ 6 ވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިހާރު އެބަ ހީވެ މިމީހުން މި އަންނަނީ ހިލޭއޭ

  2. އަންނި

    އައިވިލް އޯލްވޭސް ލަވްޔޫ ސާރާ.

  3. އައްމަޑޭ

    ސާރާ ދެން ރާއްޖޭމީ ހަކާ އިންނަންވީ. އޭރަށް ދެން ރަނގަޅުވާނީ!!