ބޮލީވުޑު އަދި ހޮލީވުޑުގައި ވެސް ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސްގެ އެލްއޭގައި ހުންނަ ގެއަކީ ވަރަށް އަގުބޮޑު ގެއެކެވެ.

ޕްރިޔަންކާއާއި ނިކްގެ މި ގެ ހުންނަނީ އެލްއޭގައި އެންސިނާ ސަރަހައްދުގައި، ނިކްގެ ބޭބެ ޖޯއެ ޖޯނަސްގެ ގެއާއި ވަރަށް ކައިރީގައެވެ. އެހެންކަމުން ނިކްއާއި ޖޯއެ އަކީ އަވައްޓެރިންނެވެ.

މި ހިތްގައިމު ގެއަކީ ވަރަށް ބޮޑު އަދި އެހާމެ އަގުބޮޑު ގެއެކެވެ. މި ގޭގައި 7 ކޮޓަރިއާއި 11 ފާހާނާއާއި ޕޫލަކާއި ޕަޓިއޯއަކާއި، ބޮޑު ހުސްބިމެއް އޮވެއެވެ. މީގެ އިތުރުން މި ގޭގައި އެލްއޭގެ ޝަޤާފީ އެތެރެ އަދި ބޭރުގެ ސިޓިން ރޫމު ހުރެއެވެ.

ޒަމާނީ ފެންވަރަށް ހަދާފައިވާ މި ގެ ފަރުމާ ކުރެވިފައިވަނީ އާރތު ޓޯންސް ކުލައިންނެވެ. މި ހިތްގައިމު ގެއަކީ ލޯބިވާ ފަރާތްތަކާއި އެކު ވަގުތު ހޭދަކޮށްލުމަށް އެންމެ ހިތްފަސޭހަ ގެއެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އެތައް ބައިވަރު ކުޑަދޮރެއް ހުންނަ މިގޭގެ ކުޑަދޮރުން ފެންނަ މަންޒަރުތައް ވަރަށް ވެސް ހިތްގައިމެވެ. ސީލިންގއާއި ހަމައިން އެންމެ ތިރިއަށް ވެސް ކުޑަދޮރު ހުންނައިރު ސީދާ އިރުގެ އަލިކަން މިގެއަށް ލިބެއެވެ.

ޕްރިޔަންކާއާއި ނިކްގެ މި ގޭގައި ތަނަވަސް ބެލްކަންޏެއް ވެސް ހުރެއެވެ. ނިއު ޔޯކުގެ މަގުތައް ރީތިކޮށް ފެންނަ މި ބެލްކަނިންގެ މި ގޭގެ ރީތިކަމާއި ފުރިހަމަކަން އިތުރަށް ދައްކުވައިދެއެވެ.

ޕްރިޔަންކާއަކީ އެކްޓު ކުރުމުގެ އިތުރުން، ޝޯތައް ވެސް ހުށަހަޅައިދޭ ފަންނާނެކެވެ. ލިޔުންތެރިއެކެވެ. ވިޔަފާރިވެރިއެކެވެ.