ދުނިޔޭގެ އެންމެ މަޝްހޫރު ލަވަކިޔާ ގުރޫޕު ކަމުގައިވާ ދެކުނު ކޮރެޔާގެ ކޭޕޮޕް ގުރޫޕް ބީޓީއެސްއަށް އިތުރު ދެ ގިނަސް ވާރލްޑް ރެކޯޑެއް ލިބިއްޖެއެވެ.

ބީޓީއެސްގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ލަވަ ''ޑައިނަމައިޓް'' އިތުރު ދެ ދުނިޔޭގެ ރިކޯޑު ލިބި ބީޓީއަށް ދުނިޔޭގެ ރެކޯޑު ލިބުނު އަދަދު 20 ވީއެވެ.

ޑައިނަމައިޓްއަށް މިފަހަރު ލިބުނު ދެ ގިނަސް ވާރލްޑް ރެކޯޑަކީ ޔޫއެސް ހޮޓް 100 ގެ ޗާޓުގެ އެއްވަނައިގައި އެންމެ ގިނަ ހަފުތާ ވަންދެން އޮތް ކޭޕޮޕް ލަވައިގެ ރެކޯޑާއި ބިލްބޯޑު ޗާޓުގެ އެއްވަނައިގައި އެންމެ ގިނަ ދުވަހު އޮތް ލަވައިގެ ރެކޯޑެވެ.

ބީޓީއެސްގެ ''ޑައިނަމައިޓް'' ލަވަ ރިލީޒް ކުރިތާ 8 މަސް ފާއިތުވެގެން ދިޔައިރު ވެސް މި ލަވައަށް އޮތް ތަރުހީބާައި މަގުބޫލުކަމަށް ކުޑަ ވެސް ބަދަލެއް ނާންނަކަން ދޭހަކޮށްދެނީ މި ޗާޓު ތަކުންނެވެ.

މިދިޔަ އަހަރު އޯގަސްޓް މަހު ރިލީޒް ކުރެވުނު މި ލަވަ ބިލްބޯޑު ހޮޓް 100 ގެ އެއްވަނައިގައި އޮތުމަށް ފަހު ބިލްބޯޑް ގުލޯބަލް 200 އާއި ބިލްބޯޑް ގުލޯބަލް އެކްސެލް ޔޫއެސް ޗާޓުގެ ވެސް އެއްވަނައިގައި އެތައް ދުވަހެއް ވަންދެން ރަސްކަން ކޮށްފައިވެއެވެ.

ދެކުނު ކޮރެޔާގައި އެންމެ ގިނަ ދުވަހަށް ހިނގި ލަވައެއްގެ ގޮތުގައި ވެސް ''ޑައިނަމައިޓް'' ވަނީ ހޮވިފައެވެ. 32 ހަފުތާ ވަންދެން ޗާޓުގެ އެއްވަނައިގައި އޮތް މި ލަވަ އެއްވަނަ ހޯދާފައިވަނީ ޕީއެސްވައިގެ ''ގަންގްނަމް ސްޓައިލް'' އާއި ވާދަކޮށެވެ.

''ޑައިނަމައިޓް'' މި ލަވައަކީ ބީޓީއެސްއަށް ވެސް ވަރަށް ހާއްސަ ލަވައެކެވެ. މިހާރު ގިނަ ހަފުލާތަކުގައި ވެސް ބީޓީއެސް އިން ކިޔަނީ މި ލަވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    މަ މި ބޯކަހަނީ މިއުޒިކް ގްރޫޕަކަށް "ދެ ދުނިޔޭގެ" ރެކޯޑެއް މި ރޯދަމަހު ހެދިގެން. އެއީ އަނެއްކާ ކޮން އެއްޗެއްބާ!

    20
    13
  2. ނޫނާ

    💜💜💜💜💜💜💜

    6
    1
  3. ކޭ-ޕޯޕް ފޭން

    ލޯބި ކުދިންކޮޅެށް. ❤❤❤💜💜💜💜💜💜💜💜💜

  4. ނނ

    ބިގް ޕްރައުޑް އޮފް މައި ބޯއީސް 💜 ސަރަންގްހޭ 🥺💜

  5. އާމީ

    💜💜💜