މާރިޗް 30 ގައި ނެރުމަށް ހަމަޖެހިފައިވާ ބާޢީ ދޭއް ގެ ތިންވަނަ ބައެއްވެސް ނެރޭކަމަށް އެފިލްމްގެ ޕުރަޑިއުސަރ ސާޖިދް ނަޑިއަޑްވާލާ ބުނެފިއެވެ.

ސާޖިދް ބުނެފައިވަނީ މިފިލްމްގެ ސޫޓިން މި ޑިސެންބަރުމަހު ފަށާނެ ކަމަށާއި ސޫޓިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަވަށްޓެރި ޗައިނާގަޔާއި އިންޑިޔާގައިކަމަށެވެ.

ބާޢީ 3 ކުންވެސް ލީޑް ފިރިހެނެއްގެ ރޯލު ކުޅޭނީ ބާޢީ 2 ގައިވެސް އެރޯލް ކުޅުނު ޓައިގަރއެވެ. އެހެންނަމަވެސް އަންހެން ލީޑް އެކްޓަރއަކީ ކާކުކަމެއް އަދި ނޭންގެއެވެ. ބާޢީ 2 ގެ އަންހެން އެކްޓަރަކީ ޓައިގަރގެ ލޯބިވެރިޔާކަމުގައި ގިނަ ބަޔަކު ބުނަމުންދާ ދިޝާއެވެ.

2016 ވަނަ އަހަރު ސިނަމާއަށްއައި ބާޢީ މިފިލްމް ވެގެން ގޮސްފައިވަނީ ބޮޑު ހިޓަކަށެވެ. އިންޑިޔާގެ ގިނަ އަވަށްތަކުގައި މިފިލްމް ދެއްކި އިރު، ދިވެހިންގެ ތެރޭގައިވެސް މިފިލްމް ވެގެން ގޮސްފައިވަނީ މަޤްބޫލު ފިލްމަކަށެވެ.

ބާޢީ 2 ގެ ޓްރެއިލާރ މިއަދު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، މިފިލްމުގައި މާދުރީ ދިކްޝިކްގެ " އޭކް ދޯ ތީން" ގެ ރީކުރިއޭޝަންއަށް ހިމަނާފައިވާތީ ގިނަބަޔަކު ތިބީ އެކަމުގެ އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެންފުޅު

    ބާޢީ 3 ރާއްޖޭގައި ނެރެފި މި ވަގުތުވީ ޖަލުފުލުގައި