ބަތަލާ މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް އުޅެނީ މިހާރު ކައިވެނިކޮށްގެންނެވެ. އެ ކައިވެންޏަށް މިހާރު އަހަރެއްް ވެއްޖެ އެވެ. ދެ މީހުން އުޅެނީ ވަރަށް ލޯބިންނެވެ. އެކުގައި ވަގުތު ހޭދަކުރެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ އެކި އެކި ކަންކަން މީސް މީޑިއާގައި ހިއްސާ ކުރެއެވެ.
އެނގޭ ހެއްޔެވެ؟. އައްޒަ މީގެ ކުރިންވެސް މުއާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އެކަން ބައެއް މީހުންނަށް ނޭނގުން ވަރަށް ގާތެވެ.
އެކަމަކު މި ދެމީހުން ރައްޓެހި ވިއެވެ. އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު މި ލިބުނީ ބައިސްކޯފުން ކުރިއަށްގެންދާ ތުންތުން މަތިން ޕްރޮގްރާމްގައި ވާހަކަދައްކަމުންނެވެ.
އެ ޝޯގައި އައްޒަ އާއި މީރާ މުހައްމަދު މާޖިދު ގެސްޓުންގެ ގޮތުގައި ބައިވެރިވިއިރު، ހޯސްޓެއްގެ ގޮތުގައި ފެނިގެން ގޮސްފައި ވަނީ ޝަހުފާ ޝާކިރު (ޝަހޫ) އެވެ.
ޝަހޫ ވަނީ އެ ޝޯގައި ކުރިއަށްގެންދިޔަ ޓްރުތް އޯ ޑެއާ ސެގްމެންޓްގައި ވަރަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. އޭގެން ގިނަކަންކަން މި ތަރިން ހާމަ ކުރަން ބޭނުން ނުވެއެވެ. އެހެންވެ ގިނައިން އެ މީހުންނަށް ޖެހެނީ ޑެއާ އެވެ.
އެހެން ނަމަވެސް ޝަހޫ އައްޒަ ކައިރިން، އޭނާއާ މުއާ ރުޅިވި ސަބަބު ހާމަ ކުރަން އެދުމުން އެކަން ވަރަށް ތަފްސީލުކޮށް އައްޒަ ކިޔާދިނެވެ.
އައްޒަ ބުނީ، އޭނާއަށް އެއިރު މުއާ އުޅުނު ލައިފް ސްޓައިލް ނުވަތަ އުޅުނު ގޮތަކީ ރަނގަޅު ގޮތް ކަމަށް އޭނާއަށް ނުފެންނާތީ ކަމަށެވެ.
"އެއިރު މުއާ އުޅުނު ލައިފް ސްޓައިލް ނުވަތަ އުޅުނު ގޮތަކީ ރަނގަޅު ގޮތް ކަމަށް އައްޒައަކަަށް ނުފެނޭ، ބުނިން ދިޒް އިޒް ހައު އިޓްސް ގޮއިންގް ޓުބީ ވީކާންޓް ވޯކް އައުޓްއޭ، ދެން ރައްޓެހިވެގެން އުޅޭކަށެއް"، އައްޒަ ބުންޏެވެ.
އައްޒަ ބުނިގޮތުގައި، އެއިރު އޭނާ މުއާ އާ ރައްޓެހިވެގެން އުޅުނީ ވަަރަށް ބޭނުން ވެގެންނެވެ.
"ހީކޭމް ބެކް ހުރިކާ ކަމެއް ހުއްޓާލައިގެން، ހުރިހާ ޗޭންޖެސް އައި ނީޑެޑް ވާ ދެއާ". އައްޒަ ބުންޏެވެ.
އައްޒަ އާއި މުއާ ކައިވެނިކޮށްފައި ވަނީ، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.
މި މީހުން ތުއި ކަމުންވެސް ޝޯއެއް ބަލާހިތްނުވޭ.
އޯ ! ދިސް އައި ލައިކް ޔޫ
އައްޒަ ކާޑޭޝަން ގެ ވާހަކަ ދޯ .....
ވަކިވީ ދެމީ ހުންވެސް ވަގު ބިޓުން ގެންގުޅޭތީ
މީތިން ފޮޑިއެއް ޖެހިޔަސް ނޫހުގަ ޖަހާތީ ހަމަ ހެވެނީ. މީދެން ކޮން ބައެއް؟
އެކުދިން ކަށިމަތީގައި އުގުޅާފައި އެހުރީ ތަވާގައި ހުރި ކޮކިން އޮއިލްތަ؟ ހާދަ ދަޅައެއް އެބަ އަޅައޭ!
މަސްތުވާ ތަކެތި ދެއްތޯ މައްސަލަޔަކީ.
އަސްލު ހަގީގަތަކީ އަދިއަދަށް ދާންދެންވެސް އައްޒަގެ މަންމަ ގަބޫލެއްނޫން މުއާ އައްޒައާއި އިނާކައް..ކެކެކެ