އިނގިރޭސި ވިލާތުގެ ވޭލްސްގައި މާގިނައިން އެނާޖީ ޑްރިންކް ބުއި ޒުވާނަކު އިއްޔެ މަރުވެއްޖެއެވެ.

މަރުވެފައި ވަނީ އުމުރުން 21 އަހަރުގެ ކޮލެޖު ދަރިވަރެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަނީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި 500 އެމްއެލްގެ އެނާޖީ ޑްރިންކް ބޮއެފައެވެ. އެ ޒުވާނާ 58 ދުވަސް ހޮސްޕިޓަލްގައި ހިތްދަތި ހާލުގައި އެނދުމަތިވެގެން އޮންނަން ޖެހުނެވެ. އޭނާ އެޑްމިޓް ކުރީ ނޭވާ ކުރުވުމާއި ހަށިގަނޑު އާދަޔާއި ހިލާފަށް ހިކި އަނަރޫފަވުމުގެ ސަބަބުންނެވެ.

އޭނާ އަށް ފަރުވާ ކުރި ޑޮކްޓަރުން ވަނީ ފުރާނަ ސަލާމަތްކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެނާޖީ ޑްރިންކް ބޭނުން ކުރުމުގެ ސަބަބުން އޭނާގެ ހާލު ގޯސްވެ ގުނަވަންތަކަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ. އެގޮތުން އޭނާގެ ހިތާއި ކިޑްނީ ވަނީ ފެއިލްވެފައެވެ.

އެނާޖީ ޑްރިންކް ބޭނުން ކުރުމަކީ ހަށިގަނޑުގައި ހަކުރު ގިނަވެ ބައެއް ފަހަރު ހަށިގަނޑު ވަރަށް ބޮޑަށް ފަލަވާން މެދުވެރިވާ ކަމެކެވެ.

އަދި އެނާޖީ ޑްރިންކް ބޭނުން ކުރުމުން ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެއެެވެ. އޭގެ ތެރޭގައި ކާހިތް ނުވުމާއި ގުނަވަންތަކަށް ދާއިމީ ގޮތުން ލިބޭ ގެއްލުން ހިމެނެެވެ.

އަދި އަނގައިގެ ރަހަލާ ޓޭސްޓް ބަޑްސް އަށް ވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރެއެެވެ. މީގެ އިތުރުން މާގިނައިން ކެވުމާއި އެއްގޮތަކަށް ވެސް ރަނގަޅު ކާނާ ނުކެވުމުގެ އިތުރުން ނިންޖަށް އަސަރުކުރުން ހިމެނެެއެވެ. އެގޮތުން ނިދުމަށް އުނދަގޫވުމުގެ އިތުރުން އެންޒައިޓީ އާއި ޑިޕްރެޝަަން އަށް މަގުފަހިވުން ފަދަ ކަންކަން ފާހަގަކުރެވެއެވެ. އެނާޖީ ޑްރިންކް ބޭނުންކުރުމަކީ މީހާ އަށް ދިގު މުއްދަތުގައި ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ދޮޅު އަހަރުތެރޭ 500 އެމް އެލް؟ އެވަރު އެތިކޮޅެއް ބޮވުނީމަ މިވަރުވީ؟

    11
    1