މައްސަރު ކަންތަކާއި ލައިގަތުމުން އަޅާ ވޭން އެންމެ ރަނގަޅަށް ދަންނާނެ ބަޔަކީ އަންހެނުންނެވެ. އުމުރުގެ ވަކި ދައުރެއްގައި ކޮންމެ މަހެއްގައި ހެން އަންހެނުންނަށް ކުރިމަތިވާ މިކަންތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް މީގެ ކުރީން ކުރެވުނު ދިރާސާތަކުންވެސް ޔަޤީންވާ ކަމަކީ މިއީ ހިތްވަރުގަދަ، ކެތްތެރި ބަޔަކަށް ނޫނީ ކުރިމަތި ލެވޭވަރަށްވުރެ ބޮޑު އިމްތިޙާނެއް ކަމެވެ.

މައްސަރު ކަންތައް ދިމާވުމުން އަންހެނާއަށް އަޅާ ވޭން ދެނެގަތުމަށް ކުރެވުނު ދިރާސާތަކުގެ ތެރެއިން މިއީ ފާހަގަކޮށްލެވޭ ދިރާސާއެކެވެ. ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ތަޖުރިބާކާރުން ކުރިޔަށްގެންދިޔަ މި ދިރާސާއިން ހާމަވެފައި ވަނީ، މިކަންތައް ދިމާވުމުން އިޙްސާސް ކުރެވޭ ތަދު، ހާޓް އެޓޭކެއް ޖެހުމުން އިޙްސާސްވާ ތަދަށްވުރެވެސް ގަދަ ކަމެވެ.

ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކުރިޔަށްގެންދިޔަ މިދިރާސާގެ އިސް ތަޖުރިބާކާރު، ޕްރޮފެސަރ ޖޯން ގުއިލެބާޑް ވިދާޅުވީ އެތަދަކީ ހަޤީޤަތުގައި ފިރިހެނަކަށް ތަސައްވުރު ކުރެވޭ ވަރުގެ ތަދެއްވެސް ނޫންކަން ދިރާސާއިން ހާމަވެގެންދާ ކަމަށެވެ. ނަމަވެސް މައްސަރު ކަންތައް ދިމާވުމުން އަންހެނުންނަށް އިހްސާސް ކުރެވޭ ތަދު ކަނޑުވަން ޑޮކްޓަރުން މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި، އެއީ މާބޮޑު ކަމެއްގެ ގޮތުގައި ޑޮކްޓަރުން ނުދެކޭ ކަމަށް ވެސް މިދިރާސާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ފިރިހެނެއްގެ ބަނޑުގައި ރިއްސައިގެން ފަރުވާދޭން އެވްރެޖްކޮށް ނަގަނީ 49 މިނެޓް ކަމަށާއި، ނަމަވެސް މި ޙާލަތުގައި އަންހެނެއްގެ ބަނޑުގައި ރިއްސާތާ 65 މިނެޓް އެވްރެޖްކޮށް ވާއިރު ވެސް ފަރުވާ ނުދެވޭ ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

މައްސަރު ކަންތައް ދިމާވުމުން އިހްސާސް ކުރެވޭ ތަދުގެ ވާހަކަ ގިނަ ފަހަރަށް އޮންނަނީ ސިއްރު ކުރެވިފައި ކަމަށާއި ނަމަވެސް އެއީ އެ ވާހަކަ ނުދައްކައި ދޫކޮށްލާ ވަރަށް ވުރެ މާވޭންދެނިވި ތަދެއް ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލލ

    ތިކަމުންވެސް ބަޔެއް މީހުންގެ ދަރަޖަމަތިވެރިވާނެ ﷲ ގެ ހަޒުރަތުގައި، !

  2. ސސ

    މައްސަރުގެ ދުވަސްވަރުގައި ތަދުވާކަން އެއީ އެންމެންވެދް ދަންނަ ބޮޑު ހަޤީގަތެއް !

    5
    3
    • ހޫ

      ބައެއް މީހުން ނުދަނޭ. އޯވަރިއެކްޓް ކުރަނީކަމަށް ބުނެހަދާ މަޖަލަކަށް އެބަހަދާ.

  3. މަރީ

    އަސްލުވެސް މީ ވޭން ހުރި ކަމެއް. މީހަކާ ނީންނަ އިރު އަދި ވަކިން ވޭނުގަ އުޅެން ޖެހުނީ. އެކަމާ ހެދި މީހާ ހުންނަނީ ނަފްސާނީ ވެސް ވެފަ