2017 ވަނަ އަހަރު ދައުލަތު މީޑިއާ (ޕީއެސްއެމް)އިން ގެނެސްދިން ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް" ސީޒަން ދެއަކުން އެންމެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެއް ލަވަކިއުންތެރިއަކީ އިބްރާހިމް ވަހީދު އާންމު ނަމުން ނަމަ "ބޮޑުބެ" އެވެ. ގަދަ ފަހަކާއި ހަމައަށް ހިިތްވަރުން ވާސިލުވުމަށް ފަހު ކަޓައިގެން ޝޯވ ދޫކޮށް ދިޔައީ އެންމެން ހެއްވާލާފައެވެ. އެއީ އެ ޝޯވގެ އޮޑިޝަނަށް ދިއުމުން ޖަޖް ކުޑައިއްބެ ބުނިި ފަދަ "ސަޅި" މީހެކެވެ. ލަވަކިއުމަށް ކުޅަދާނަ ރަން އަޑެއްގެ ވެރިއެކެވެ. އަދި އެހާމެ މޮޅު ގިޓަރިސްޓެއްވެސް މެއެވެ.

ބޮޑުބެ އެންމެ ފުރަތަމަ ލަވަ އާއި މިއުޒިކުގެ ދާއިރާއަށް ވަދެގެން އައީ އޭނާގެ ސްކޫލް ދައުރުގައެވެ. ކިޔެވުމަށްޓަކައި އުފަން ރަށް ށ.ކޮމަންޑޫ ދޫކޮށް އެއަތޮޅު ނިލަންދުއަށް ބަދަލުވެގެން އުޅުނު ދުވަސްވަރު، އެންމެ ފުރަތަމަ އޭނާ ލަވައެއް ރެކޯޑުކުރުމުގެ ފުރުސަތު ލިބުނެވެ. ފުރަތަމަ އަމިއްލައަށް ލަވަކިއަން ފެށި ނަމަވެސް މި ދާއިރާއަށް ބޮޑުބެ ވައްދައިދިނީ ރަހުމަތްތެރިއެކެވެ. އަދިވެސް އޭނާ އެކަންް ހިތުގެ އެންމެ ފުންމިނުން ގަބޫލުކޮށް މިކަމަށް ފެށުމަށް އެންމެ ބޮޑަށް އެހީވެ އެއްބާރުލުންދިން އިބްރާހިމް ޝިމާލް (ޝިމައްޓެެ)އަށް ޝުކުރު އަދާކުރެއެވެ.

"ޝިމައްޓެ އެންމެ ފުރަތަމަ ޗާންސް ހޯދައިދިނީ ލަވަ ރެކޯޑުކުރަން. ވަރަށް މަސައްކަތް ކޮށްދިން އޭރު މި ދާއިރާއަށް ވަންނަން. ޝިމައްޓެ ޗާންސް ހޯދައިދިނީ ކައުންސިލް އިންތިހާބަކަށް ލަވައެއް ރެކޯޑުކުރަން. އެއީ މިކަމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް، އޭރު ޝިމައްޓެ ކަހަލަ މީހަކު އެހީވާން ހުރީމަ" ޝިމައްޓެގެ އެހީތެރިކަން ފާހަގަކޮށް ބޮޑުބެ ބުންޏެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ބޮޑުބެ ވަގުތު އަށް އިންޓަވިއު ދެނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭނާ ފުރަތަމަ ލަވައެއް ކިޔާ ރެކޯޑު ކުރީ ހަނދާން ވާގޮތުންނަމަ 2014 ވަނަ އަހަރު ކަމަށް ބޮޑުބެ ބުންޏެވެ. އޭރުވެސް އެ ލަވަ އަޑު އެހި މީހުން ދިނީ ރަނގަޅު "ފީޑްބެކްް"ތަކެކެވެެ. ނަމަވެސް ރަނގަޅުކުރަންް މުހިންމު ބައިވަރު ކަންތައްތަކެއްވެސް އެންމެ ފުރަތަމަ ލަވަ ރެކޯޑު ކުރި އިރު ހުރިކަން ބޮޑުބެ ފާހަގަކުރިއެވެ. އެ ލަވައަށް ފަހު ލަވަކިއުމަކީ އޭނާއަށް ކުރެވިދާނެ ކަމެެއްކަން ބޮޑުބެއަށް އިހްސާސްކުރެވުނެވެ.

އައިޑަލް އިން ބޮޑުބެެ އަލްވަދާއު ކިއީ ގަދަ ފަހަކާއި ހަމައިންނެވެ. އެހިސާބުން އެންމެންގެ ހިތުގައި އުފެދުނު އެންމެ ބޮޑު ސުވާލަކީ "އަދިވެސް މި ދާއިރާއިން ބޮޑުބެ ފެންނާނެތޯ"އެވެ. ފުރަތަމަ ސީޒަނުންވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނު ގިނަ ލަވަކިއުންތެރިންތަކެއް އައިޑަލް އިން ވަކިވުމަށް ފަހު ދާއިރާއިންވެސް ގެއްލިގެން ދިޔައެވެ. މިގޮތަށް ބޮޑުބެއަށް ވެދާނެ ކަމާމެެދު އޭރު ހިތްތަކުގައި ސުވާލު އުފެެދުނެވެ. އެހެން ނަމަވެސް ބޮޑުބެެއަށް އައިޑަލް ވީ ނިމުމަކަށް ނޫނެެވެ. އެެއީ ދާއިރާގެ ފެށުމެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ތެރެއިން ބޮޑުބެ - ފޮޓޯ: ޕީއެސްއެމް

އައިޑަލް އިން ކެޓިތާ މާ ގިނަ ދުވަހެއް ނުވެ ބޮޑުބެގެ އަޑު އަހާލުމަށް ކެތް މަދުވެފައި ތިބި އޭޭނާގެ ސަޕޯޓަރުންނަށް ދިނީ ''ވަރުގަދަ ސަޕްރައިޒް"އެކެވެ. އެއީ ރާއްޖޭގެެ އެންމެ އެކްޓިވް އަދި އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ "ހަބޭސް"ބޮޑުބެރު ގްރޫޕާ ބޮޑުބެ ގުޅުނު ވާހަކައެވެެ. އެހިސާބުން ބޮޑުބެގެ އަޑު ނުކެނޑޭނެކަން އެނގުނެވެ.

އޭނާ ބުނި ގޮތުގައި އެންމެ ފުރަތަމަ ލަވަކިޔަން ފެށި ހިސާބުންވެސް ހަބޭސް ބޮޑުބެރު ގްރޫޕަށް ވަނުމަކީ އޭނާގެ ހުވަފެނެކެވެ. ހަބޭސް އަށް ވަންނަން ފުރުސަތު ލިބުނީ އައިޑަލް އިން ވަކިވުމާއި އެކު ކަމަށާއި، އެއީ ރަނގަޅު ފެށުމެއް ކަމުގެ ފެހި ސިގުނަލު އެހިިސާބުން ވެސް ލިބުނު ކަމަށް ބޮޑުބެ ބުންޏެވެ. ބޮޑުބެ ހަބޭސް ބޮޑުބެރު ގްރޫޕާ ގުޅުނީ 2017 ވަނަ އަހަރުގެ މޭ މަހުގެ ކުރީކޮޅުގައެވެ. ހަބޭސް ބޮޑުބެރު ބޭންޑްގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ހަބޭސް ފިއުޝަންގެ އެއް ލީޑް ވޯކަލިސްޓަކީ ބޮޑުބެ އެވެ.

އޭނާ ބުނި ގޮތުގައި މިދާއިރާއިން ކުރިއަށް ދިއުމަށް އާއިލާއިންނާއި އަނބިމީހާގެ ފަރާތުންވެސް ވަރަށް ބޮޑު ހިތްވަރެއް ލިބެއެވެ. އެންމެންގެ ތެރެއިންވެެސް ބޮޑުބެ ފާހަގަކުރި ގޮތުގައި އެންމެ ބޮޑަށް ހިތަވަރު ދީ، އޭނާ އަށް މިކަން ވާނެކަމަށް އުންމީދުކުރީ މަންމައެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަންމަ މި ދުނިޔެ އާއި އަލްވަދާއު ކިއުންވީ އޭނާގެ ހަޔާތުގައި މިހާތަނަށް ދިމާވި އެންމެ ބޮޑު ހިތާމައަށެވެ. މަންމަ އަކީ އަބަދުވެސް ހަޔާތުގެ އެންމެ މުހިންމު އަދި އެންމެ ލޯބިވާ ފަރާތް ކަމަށާއި، މަންމަ ވަކިވެ ދިޔައަސް މަންމަ އެދޭ ފަދަ ކާމިޔާބު މީހަކަށް ވުމަށް ގަދައަޅާ މަސައްކަތްކުރާކަމަށް އޭނާ ބުންޏެވެ.

ބޮޑުބެ އާއި އޭނާގެ މަންމަ އަދި އަނބިމީހާ

މި ދާއިރާއަށް ނިކުންނަން ބޭނުންނާ ފަރާތްތަކަށް ހާއްސަ މެސެޖެއް އޭނާ ދިނެވެ. ބޮޑުބެ ބުނި ގޮތުގައި ތަންތަނުގައި ފިލައި ތިބެެގެން ލަވަކިއުމަކީ ކުރިއެރޭނެ އަދި ދާއިރާއިން ފުރުސަތުތައްވެސް ލިބޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކުރިއަރަން ބޭނުން ނަމަ "ލަދުން ނުތިބެ" ފުރުސަތުތައް ހޯދައިގެން ހުނަރު ދައްކައިފި ނަމަ މިއީ ކުރިއަރަން އުނދަގޫ ދާއިރާއެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ތިބޭނެެތާ ވަރަށް ލަދުން ފިލާ ތިބެ ލަވަކިޔާ ކުދިން. އެހެން ހަދައިގެން ކުރިއެރުމެއް ނުލިބޭނެ. ކުރިއެރުން ހޯދަން ބޭނުމިއްޔާ ޖެހޭނީ ހަމަ ފުރުސަތުތައް ހޯދަން. އޭރުން އުނދަގުލެއް ނުވާނެ ކުރިއަށް ދާކަށްވެސް. މިއީ ކެރިއްޖިއްޔާ ހަމަ ކުރިއަށް ދާން ވަރަށް ސަޅި ދާއިރާއެއް. ޓެލެންޓު ހުރިއްޔާ ކޮންމެެ މީހަކަށްވެސް ވާނެ މިކަން" ބޮޑުބެ ބުންޏެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކުރޭ

    ބޮޑުބެ ހަމަ ތީ ލަވަކިއުމުގަ އެންމެ ތަފާތު އެކަކު. ރަން އަޑެއްގެ ވެރިއެއް. ހަމަ ސާބަސް!

    3
    3
  2. މަތިކޮމަންޑޫ

    ތީ ވަރައް ފޮނި ގޮލައެއް

    6
    3
  3. ޗިއްޕެ

    މަސްހޫރު ކަމުންގޮސް އެއްވެސް މީހަކަށް ނޭނގޭ މީހުން ގިނައިން އުޅެނީ....

    11
    1
  4. އަލިބެއްޔާ

    ބޭކާރު މީހުންގެ ވާހަކަ ނުގެންނަން ވެއްޖެ އެއްނު.. ރަމަޟާން މަހެއްގަ ހެޔޮ ޢަމަލަކަށް މަގުފަހިވާ ލިޔުމެއް ގެންނަން ވެއްޖެ އެއްނު..

    6
    2
  5. އަލި

    ކިތަންމެ ބޮޑު އަޑެއް އޮތަސް ކައްވަޅުގަ އޮންނަން ޖެހޭނީ އެކަނި.. މަޝްހޫރުކަމުގެ އެއްވެސް ފައިދާއެއް ނެތް

  6. މަނީމަނީ

    ޙަރާމް ކަމެއްކުރާ މީހަކު ތާކު ހުރެއްޖެނަމަ އެއީދެން ވަރައްމޮޅު ކަމަކައްހަދައި ނޫސްތަކުގަ ލިޔާނެ...

    6
    1