އެކްޓަރ ޓައިގަރ ޝްރޯފްއާއި އޭނާގެ ލޯބިވެރިޔާކަމަށް އަޑު އަރާފައިވާ ބަތަލާ ދިޝާ ޕަޓާނީ މުމްބާއީ ފުރަބަންދު ކުރުމުން ރާއްޖެ އައިސްފިއެވެ.

މިއަދު ހެނދުނު މުމްބާއީ އެއާޕޯޓުން ޓައިގަރއާއި ދިޝާ ފުރުމަށް ތައްޔާރުވެގެން ތިބި ނަމަވެސް އެމީހުންގެ ގުޅުން ހާމަނުކުރާ ފަދައިން ޗުއްޓީ ހޭދަކުރުމަށް ދާ މަންޒިލެއް ވެސް ހާމައެއް ނުކުރެއެވެ. ގިނަ ބަޔަކަށް ހީވެފައި އޮތީ މި ދެ ލޯބިވެރިން މަންޒިލަކަށް ވާނީ ދިވެހިރާއްޖެ ކަމަށެވެ.

''ހެވަން'' ލިޔެފައިވާ ވީޑިއޯއެއް ދިޝާގެ އިންސްޓަގުރާމު ސްޓޯރީގައި ހިއްސާކޮށް ދައްކުވައިދީފައިވަނީ ރާއްޖޭގެ ހިތްގައިމު މޫދު ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ހިތްގައިމު ގޮނޑުދޮށާއި ރިސޯޓުގެ ރީތިކަމެވެ.

މީގެ ފަސް ދުވަސްކުރިން ދިޝާ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ފޮޓޯއިން ވެސް ދިޝާ ރާއްޖެ އަންނަން ބޭނުންވެފައިވާ މިންވަރު ދޭހަކޮށްދެއެވެ. ރާއްޖޭގެ ގޮނޑުދޮށުގައި ނަގާފައިވާ ފައިތިލައިގެ ފޮޓޯއެއް ހިއްސާކޮށް ދިޝާ ބުނެފައިވަނީ ހަނދާންވަނީ ކަމަށެވެ.

މުމްބާއީ ފުރަބަންދު ކުރުމާއި ގުޅިގެން ބޮލީވުޑު ގިނަ ފަންނާނުންނެއް ވަނީ މުމްބާއީ ދޫކޮށް އެހެން އަވަށްތަކަށާއި އެހެން ގައުމުތަކަށް ދަތުރުކޮށްފައެވެ. އޭގެ ތެރޭގައި ދީޕިކާ ޕާޑުކޯންއާއި ރަންވީރު ސިންގް، ސާރާ ޢަލީ ޚާން، ތާޕްސީ ޕަންނޫ، ޖާންވީ ކަޕޫރު، ރިތޭޝް ދޭޝްމުކް ހިނެމެއެވެ.

ޝްރައްދާ ކަޕޫރާއި، ޖާންވީ ކަޕޫރާއި ސާރާ ޢަލީ ޚާން ވަނީ ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު އެނބުރި އިންޑިޔާއަށް އެނބުރި ގޮސްފިއެވެ.

ފަހަކަށް އައިސް ރާއްޖެއަށް އަންނަ ބޮލީވުޑު ތަރިންގެ އަދަދު ވަނީ މަތިވެފައެވެ. ރާއްޖެއިން އެނބުރި ދިޔުމަށް ފަހުގައި ވެސް ރާއްޖޭގެ ހަނދާން ތަކާއި ދުރުނުވެވޭ ފަންނާނުން ވެސް ގިނައެވެ.