މީގެ ހަ މަސް ކުރިން އެންމެ ފުރަތަމަ އުޅެން ޖެހުނީ ބަނޑުގައި ރިއްސާތީއެވެ. ބަނޑުގައި މާބޮޑަށް ރިއްސައިގެން ކެތްނުވެގެން އުޅުމުން ފުރަތަމަ ހިތައް އެރީ އެއީ އެސިޑިޓީގެ ސަބަބުން ދިމާވާކަމެއް ކަމަށެވެ. އެކަމަށް ގޭގައި ތަފާތު ބާވަތްތައް ބޭނުން ކުރިއެވެ.

ނަމަވެސް ކުއްލިއަކަށް ޗަމްޕަ ލާލް ނަމަކަށް ކިޔާ މި މީހާއަށް ބަދަލު އަންނަން ފެށުމުން މިއީ އާދައިގެ ކަމެއް ނޫންކަން އޭނާއަށް އެނގިގެން ދިޔައެވެ. ޗަމްޕަގެ ބަނޑު ބޮޑުވެ ހީވަނީ ވިހަން ތައްޔާރުވެފައި އިން މީހެއް ހެންނެވެ.

އުމުރުން 62 އަހަރުގެ ޗަމްޕަ އެންމެ ފަހުން ނިންމީ ޑޮކްޓަރަށް ދެއްކުމަށެވެ. އޭނާ ޑޮކްޓަރަށް ދެއްކީ އިންޑިއާގެ ދިއްލީގައި ހުންނަ ސިރް ގަންގާ ރަމް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް އޭނާ ދެއްކުމާއެކު ޑޮކްޓަރުން ބޮޑު އޮޕަރޭޝަނެއް ކުރިއެވެ.

އޭނާގެ ބަނޑުގައި އޮތް ޓިއުމަރުގެ ބަރުދަން 12 ކިލޯއަށް އަރައެވެ. ޑޮކްޓަރުންނާއި ހަވާލާދީ އިންޑިއާ ނޫސްތައް ބުނާގޮތުގައި، އޭނާ ޑޮކްޓަރަށް ނުދައްކާ ގިނަ ދުވަސްވި ނަމަ ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނޯންނާނެ ކަމަށެވެ. އަދި އެ ޓިއުމަރު ދިޔައީ އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ދެމުން ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެހެންވެ އޭނާގެ އޮޕަރޭޝަން ކުރަންވެސް ޖެހުނީ ހަށިގަނޑުގެ ގިނަ ގުނަވަންތަކެއް އޮޕަރޭޝަންކޮށް ނަގައިގެންކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މިހާރު ޗަމްޕަގެ ހާލު އަންނަނީ މަޑު މަޑުން ރަނގަޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު