މޯލްޑިވިއަން އައިޑަލްގެ އަޑުތައް ގަދަވަމުންދާއިރު މީސްމީޑިޔާގައިވެސް މޯލްޑިވިއަން އައިޑަލްގެ ބައިވެރިންނާއި ޖަޖުންނާއި ހޯސްޓުންގެ ޕޯސްޓްތަށް ދަނީ ގިނަވަމުންނެވެ. ޚާއްސަކޮށް އެބުނާ ޓުވިޓަރުގައެވެ.

މޯލްޑިވިއަން އައިޑަލްގެ ފޭސްބުކް ޕޭޖް ގަނާ ކުރާ ޕުލެޓްފޯމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރިޔަސް ޓުވިޓަރގައި ކަންވާގޮތް ވަރަށް ތަފާތެވެ. މަޖާނެގުމުގައި އެންމެން އުޅޭއިރު މިތަނުގައި ބަލަނީ މީހުނަށް ތައުރީފް ކުރެވެތޯއެވެ. ނުވަތަ އަމިއްލަޔަށް މަޖާ ކަމެއްކޮށް އެކަމެއް ހިއްސާކޮށްލެވޭތޯއެވެ. މިގޮތަށް ޒާރާ ކޮށްފައިވާ ޓްވީޓަކަށް ބަލާލަމާ ހިގާށެވެ.

ޒާރާގެ ޓުވީޓުގައި އޮތީ މުސާ ވަސީމްގެ ވާހަކައެވެ. އެއްކަލަ އެންމެންގެ ފެވްރިޓް މޫސާ ވަސީމެވެ. އެކަމަކު ޕޯސްޓްގައި އޮތީ މޫސާ ވަސީމް އަތަށް ފޯނުދީފައި ދުރަށް ނުދިއުމަށް ބުނެފައެވެ. އެއީ މޫސާ ވަސީމްގެ "މެމޮރީ ފުލްކުރުމުގެ" ޓެކްނީކް މޮޅުކަމުންނެވެ. މޫސާ ވަސީމް އަތަށް މީހެއްގެ ފޯނު އަރައިފިނަމަ ނިކަން ގިނަ ސެލްފީ ނަގާނެއެވެ. މިއީ މީގެ ކުރިން ބައެއް މީހުން ކޮށްފައިވާ ޕޯސްޓްތަކުންވެސް އެނގޭ ކަމެކެވެ.

މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއްގެ އޮޑިޝަންނަށް މިހާރު ޓީވީއިން ދައްކާފައިވާއިރު އެންމެންވެސް އިންތިޒާރު ކުރަމުންދަނީ ދެން އަންނަ އެޕިސޯޑަކަށެވެ. ދެ އެޕިސޯޑް ދޭތެރޭގައި މޯލްޑިވިއަން އައިޑަލް މަތިން ހަދާން ނުނެތޭ މައިގަނޑު އެއްސަބަބަކީ ޓުއިޓަރގައި އެވެރިން ކުރަމުން އަންނަ ޕޯސްޓްތަކެވެ.