ސެނެޓައިޒާއަކީ އަހަރުމެންގެ ތެރޭގައި ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އަތުގައި ހުންނަ ޖަރާސީމު ނައްތާލަން ބޭނުން ކުރާ އެއްޗެކެވެ. އެކަމަކު، މިއީ ހަމައެކަނި އަތުގައި ހުންނަ ޖަރާސީމް ނައްތާލަން ބޭނުން ކުރާ އެއްޗެއް ނޫން ކަން ވަނީ ހާމަވެފައެވެ.

ހަގީގަތަކީ އަހަރުމެން ބޭނުން ކުރާ އަންނައުނުގައި ވެސް ޖަރާސީމް އުފެދެއެވެ. އެގޮތުން 90 އިންސައްތަ މީހުން އުޅެނި ޖަރާސީމު އުފެދިފައި ހުންނަ ތަންތަނުގެ ތެރޭގައެވެ. އަންނައުނުގައި އުފެދޭ ޖަރާސީމުގެ ތެރޭގައި ދެ އިންސައްތަ ޖަރާސީމަކީ ގެއްލުން ހުރި ޖަރާސީމެވެ.

އަންނައުނު ދޮންނަން ގެންގުޅޭ ދޮންކުނޑި ފަހަރެއްގައި އޭގައި ހުންނަ މިލަ އަޑި ސާފުކޮށްދީފާނެއެވެ. ކިތަންމެ ވަަރަކަށް އަދި ރީއްޗައް ދޮވުނު ކަމުގައި ވީނަމަވެސް ބައެއް ކަހަލަ ޖަރާސީމު އަންނައުނުތަކުން އެއްކޮށް ސާފު ނުކުރެވޭނެކަން ގަބޫލު ކުރަން ވާނެއެވެ.

ގަބޫލު ކުރަންވީ ކަމަކީ ސެނެޓައިޒާއަކީ ހަމަ އެކަނި އަތުގައި ހުންނަ ޖަރާސީމު ނައްތާލަން ބޭނުން ކުރާ އެއްޗެއް ނޫން ކަމަށާއި ސެނެޓައިޒާއަކީ އަންނައުނުގައި ހުންނަ ޖަރާސީމު ވެސް ނައްތާލަން އެހީވާ އެއްޗެއް ކަމުގައެވެ. މިހެން މިކަންތައް އޮތް ކަމުގައި ވީނަމަވެސް ބޭނުން ކުރަން ޖެހެނީ ސެނެޓައިޒާގެ ކޮން ވައްތަރެއްކަން ވެސް ދެނެގަންނަން ޖެހެެއެވެ.

އެގޮތުން ޑެޓޯލްއަކީ ޖަރާސީމު ނައްތާލުމުގައި ބޭނުން ކުރެވިދާނެ އެންމެ އިތުބާރު ހުރި އެއްޗެެވެ،

އަންނައުނު ދޮންނަން ބޭނުން ކުރާ ސެނެޓައިޒާ އަކީ އެއްވެސް ވަރަކަށް ބްލީޗް ބޭނުން ކޮށްގެން ތައްޔާރު ކުރެވިފައިވާ އެއްޗެއް ނޫނެވެ. އެގޮތުން އަންނައުނު ތަކުގެ ކޮލިޓީއަށް އެއްވެސް ވަރެއްގެ ގެއްލުމެއް ނުލިބޭނެއެވެ.

ސިއްހަތަކީ ކޮންމެ މީހަކު ވެސް ހާއްސަ އިސްކަމެއް ދީގެން ބަލާ ކަންތައްތަކެވެ. ހާއްސަކޮށް އަހަރުމެންނާ ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެންގެން ވަރަށް ބޮޑަށް ބަލަންޖެހޭ ކަންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    އަދި މި އިނގުނީ މިހާރު މުސްކުޅިވަނީ މިޔޮއްގެން ތޭންކްސް ފާތުން.

  2. ކާފަ

    މިގޭ ޙަސީނާ މުޅިގައިގައި ކާއްތަނީ ސެނިޓައިޒަރ... ހީވަނީ ތެޔޮބޮއްުޔެއްހެން..