ކެލިފޯނިއާގެ އަންހެނަކު އޭނާގެ ތިން ދަރިން މޫދަށް ގަންބާ މަރާލިކަމަށް އެއްބެސްވެ ކަންތައް ވީގޮތް ހާމަ ކޮށްފިއެވެ.

އޭނާ ބުނީ އެކުދިން ގެންބީ އެކުދިންގެ ބައްޕަ ކުރަމުންދިޔަ އަނިޔާ ތަކުން ކުދިން ސަލާމަތްކޮށް، ރައްކާތެރި ކުރުމުގެ ގޮތުން ކަމަށެވެ.

އުމުރު ދުވަހު ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެން ދާނެތީ އެކަމުން ސަލާމަތް ކުރުމުގެ ގޮތުން އެއް އަހަރު ނުފުރޭ ތުއްތު ކުއްޖަކާއި، ދެ އަހަރާއި ތިން އަހަރުގެ އަންހެން ދަރިން ވެސް ވަނީ ގަންބާލައިފައެެވެ.

ޖަލުގައި ދިން ޓީވީ އިންޓަވިއު އެއްގައި ލިލިއާނާ ކަރިލޯ (ކުދިންގެ މަންމަ) ބުނީ އޭނާ ބޭނުންވީ އެކުދިންގެ ބައްޕަ ކައިރިން ކުދިން ސަލާމަތް ކުރަން ކަމަށެވެ.

ކެރިލޯ ބުނެފައިވަނީ އެކުދިންގެ ބައްޕަ ދަނީ ކުދިންނަށް ޖިންސީ ގޮތުން ވަރަށް އަނިޔާކުރަމުން ކަމަށެވެ. މިކަން ދޮގުކޮށް އެކުދިންގެ ބައްޕަ، އެރިކް ޑެންޓޮން ބުނީ އެކުދިންގެ މަންމަ ކައިރި ކުދިން ތިބެ ބޮޑުވުމަކީ އެކުދިންނަށް ރައްކާތެރި މާހައުލެއް ނޫން ކަމަށެވެ. ލޮސް އެންޖެލްސްގައި ތިން ކުދިން މަރާލި ކަމުގެ ދައުވާ ކެރިލޯގެ މައްޗަށް އުފުލި ނަމަވެސް، އަދި އެކަމާއި ގުޅިގެން ހުކުމް ކޮށްފައެއް ނުވެއެވެ. މައްސަލައިގެ ތަހުގީގް އަދިވެސް ދަނީ ކުރިޔަށެވެ.

ކަރިލޯ ދިން އިންޓަވިއުގައި ބުނީ އޭނާ އެކުދިން ދެކެ އިންތިހާޔަށް ލޯބިވާ ކަމަށާއި، ކުދިން ގެންބީވެސް ވަރަށް ލޯބިން ބައްދާލާ، ދޮނެއް ދިނުމަށް ފަހު ކަމަށެވެ. 'ޖަލަށް ދާން ޖެހޭނެ ކަންވެސް އިނގެ، އިނގޭ އުމުރު ދުވަހު ވެސް ޖަލުގައި އޮންނަން ޖެހިދާނެކަން. ހަމަ ބޭނުންވީ ކުދިންނަށް ލިބެމުން ދިޔަ އަނިޔާ ހުއްޓުމަކަށް ގެންނަން. އެކަމަކު އަހަރެން ނިންމީ އުމުރު ދުވަހު އެ ތުއްތު ކުދިންނަށް އަނިޔާވިޔަ ނުދެން" ކުދިންގެ މަންމަ ދިން ބަޔާނުގައި ބުނެފައިވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައިހާނާ އަލީ

    ކުދިންރައްކާތެރިކުރަން މީނަ މިދަސްކުރީ އަދިމާމޮޅުއުކުޅެއް. އަހަންނަށްކަމުނުދިޔައީ މިޚަބަރުޝާއިއުކުރީމާ. ސަބަބަކީ ދިވެހިންތިގޮތަށް ކުދިންރައްކާތެރިކުރަން އުޅެ ފާނެތީ.

    • މީ

      ސޭޑް