ބޮލީވުޑް އަކީ އެ ދާއިރާއަކުން ކުރިއަށް ދާން ވަރަށް މަސައްކަތް ކުރަން ޖެހޭ ވާދަވެރި ދާއިރާއެކެވެ. އެ ދާއިރާ އިތުރަށް އުނދަނގޫވާ އަނެއް ސަބަބަކީ އެތައް ޒަމާނަކަށް ފަހު ވެސް ބޮލީވުޑްގައި ގެންގުޅޭ ތަފާތުކުރުންތަކާއި، ޖިންސީ ފުރަައްސާރަ ފަދަ ކަންކަމަށް ނިމެއް ނައުމެވެ. މީގެ ކުރިން "މީ ޓޫ" މޫވްމެންޓުގެ ނަމުގައި ބޮލީވުޑް އާއި މަޝްހޫރު އެކި މީހުންގެ ފަރާތުން ފުރައްސާރަ އާއި ދިމާވި މީހުން ވަނީ އެކަން ފާޅުކަން ބޮޑުކޮށް ހިއްސާކޮށްފައެވެ.

މީޓޫ މޫވްމެންޓް ނިމުނު ނަމަވެސް އަދި ވެސް އެކަހަލަ ނެއެއްގާނީ އަމަލުތައް ހިންގާ އެތައް ބަަޔަކު ބޮލީވުޑްގައި އެބަތިއްބެވެ.

އެގޮތުން ބަތަލާ ޕްރާޗީ ދޭސާއި ވަނީ ބޮޑު ފިލްމަކުން ޖާގަދޭނެ ކަމަށް ބުނެ ބޮލީވުޑްގެ ތަރިއަކު އޭނާ އަށް ޖިންސީ ފުރައްސާ ކުރަން އުޅުނު ކަމަށް ބުނެފައެވެ. އަދި ތަކުރާރުކޮށް ޖިންސީ އަމަލުތައް ހިންގުމަށް އޭނާގެ ކިބައިން އެދިފައިވާ ކަމަށްވެސް ބުންޏެވެ.

އަދި އެކަހަލަ ހުށަހެޅުމަކަށް ބޯ ނުލަނބާނެ ކަމަށް ބުނުމުން ތަކުރާރުކޮށް އޭނާ އަށް ގުޅާ ފުރައްސާރަ ކުރިކަމަށް ޕްރާޗީ ބުނެއެވެ. ޕްރާޗީ އަކީ އިންޑިއާގެ ކުޑަ ސްކްރީނުގައި ބޮޑު މަގްބޫލުކަމެއް ހޯދުމަށް ފަހު ބޮލީވުޑަށް ދިޔަ ފަންނާނެކެވެ. އޭނާގެ އެތައް ހާސް ފޭނުންނެއް އިންޑިއާގެ އެކި ކަންކޮޅުތަަކުގައި އެބަ ތިއްބެެވެ. ޕްރާޗީގެ އެކްޓިން އަށް ވެސް އެތައް ބައެއްގެ ތައުރީފު ލިބެއެެވެ. އެހެންނަމަވެސް އޭނާ އަކީ ބޮލީވުޑްގެ މަޝްހޫރު އާއިލާއެއްގެ މީހަކަށް ނުވެފައި އޭނާ އަކީ ދާއިރާގެ މަޝްހޫރު މީހުންނާއި ގާތް ގުޅުމެއް ބާއްވާ މީހަކަށް ނުވުމުން އޭނާ އަށް ދާއިރާގައި ކުރިއަށް ދާން އުނދަގޫވާކަން ޕްރާޗީ ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު