ކުރީގެ ހޮލީވުޑު އެކްޓަރ މަކޯލީ ކަލްކިންއަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ. މަކޯލީއަކީ އޭނާގެ ޅަ އުމުރުގައި އެތައް ގިނަ ރޯލުތަކެއް ކުޅެ ގިނަ ބައެއްގެ ލޯބި ލިބުނު އެކްޓަރެކެވެ.

ފިލުމު ''ހޯމް އަލޯން'' ގެ ކެވިންގެ ރޯލު އަދާކޮށްފައިވާ އެކްޓަރ މަކޯލީއަށް ދަރިއަކު ލިބިފައިވަނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ. ނަމަވެސް ދަރިފުޅުގެ ނަމާއި އެކު އެ ޚަބަރު ހިއްސާ ކޮށްފައިވަނީ ދާދި ފަހުންނެވެ.

މަކޯލީއާއި އޭނާގެ ލޯބިވެރިޔާ ބުރެންޑާ ސޯންގްއަށް ލިބުނު ފިރިހެން ދަރިފުޅަށް ކިޔާފައިވާ ނަމަކީ ބަކޯޓާއެވެ.

މަކޯލީއާއި ބުރެންޑާއަކީ ވެސް ޅަ އުމުރުގައި އެކްޓިންގެ ދާއިރާއާއި ގުޅުނު ދެ ފަންނާނުންނެވެ. މަކޯލީ ކުޑައިރު ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި ''ހޯމް އަލޯން''، ''މައި ގަރލް''، ''ރިޗީ ރިޗް'' ފަދަ ފިލުމުތައް ހިމެނެއެވެ.

މަކޯލީގެ ލޯބިވެރިޔާ ބެންޑްރާ ސޯންގް ކުޑައިރު ކުޅެފައިވާަ ފިލުމުތަކުގެ ތެރޭގައި ހިމެނެނީ ''ދަ ސުއިޓް ލައިފް އޮފް ޒެކް އެންޑް ކޯޑީ'' ހިމެނެއެވެ.

މަކޯލީއާއި ބެންޑްރާ ފުރަތަމަ ފަހަރަށް އެކުގައި ފެނިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ''ޗޭންގްލޭންޑް'' ގެ ޝޫޓިންގެ ތެރެއިންނެވެ. މި ދެ ފަންނާނުންގެ ލޯބީގެ ގުޅުމާއި ބެހޭގޮތުން އަރާފައިވާ އަޑުތަަކަށް އިންކާރު ކުރި ނަމަވެސް ދަރިފުޅު ބަކޯޓާ ލިބުމާައި އެކު ސަޕޯޓަރުންނަށް އެކަން ޔަގީންވެގެން ދިޔައެެވެ.

ކުޑައިރު އެތައް ފިލުމު ކުޅުމަށްފަހު މަކޯލީ ވަނީ އެކްޓިންގެ ދާއިރާ ދޫކޮށްލާފައެވެ. އެކްޓިންއާއި ދުރަށް ގޮސްފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހުމުންނެވެ. ނަމަވެސް އެކަމުން ސަލާމަތްވެ އަލުން އެކްޓިންގެ ދާއިރާއިން ކުރިއަށް ދިޔުމަށް މަކޯލީ ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަމް

    ދަރިއެއްތަ ނޫނީ ނަސަބާމެދު ތުހުމަތުވާ ކުއްޖެއްތަ؟ މި ސާދާ ސުވާލުގެ ޖަވާބު ހުރިހާ ބޭކަލުންވެސް އަމިއްލަ ނަފްސާމެދު ސުވާލުކޮއްލާ... މިކަހަލަ މީހުންގެ ޚަބަރުތޯ ރަނގަޅީ....

    8
    3