ރާއްޖޭގެ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. މީގެ ކުރިން އެކުގައި އެތައް ވަގުތެއް ހޭދަކުރިއެވެ. އަދި އެކުގައި ތަންތަނަށް ގޮސް ހެދިއެވެ. އެހާވެސް ގާތްކޮށް އުޅެފައި ދެ މީހުންގެ ގުޅުމަށް ހުރަސް އެޅީ އިސްމާއިލް ޖުމާހް (ޖުމާ)އެވެ.

ޖުމާ އަކީ އައްޒަގެ ކުރީގެ ފިރިމީހާ އެވެ. މި ދެމަފިރިންގެ ފިރިހެން ދަރިޔަކު ހުރެއެެވެ.

ޖުމާ އާ އަައްޒަ ވަކިވެ، ފަހުން ޖުމާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ މީރާ އާއެވެ. އެހެން ނަމަވެސް އެ ދެމީހުންވެސް ވަނީ ވަކިވެފައެވެ.

ބައިސްކޯފްގެ ތުންތުންމަތިން ޕްރޮގްރާމްގައި ވާހަކަދައްކަމުން އައްޒަ ބުނީ ޖުމާ އައުމުގެ ކުރިން އޭނާ އާއި މީރާއަކީ ގާތް އެކުވެރިން ކަމަށެވެ.

އެހެން ނަމަވެސް މީރާ އާއި ޖުމާ އިންއަ ރިލޭޝަންޝިޕް ވި ހިސާބުން އޭނާއާ މީރާއާ ދުރުވި ކަމަށް އައްޒަ ބުންޏެވެ.

"ތުންތުން މަތިން މި އަޑު އިވެނީ މީރާ އަށް އުނދަގޫވެޔޭ،، ދެން އަސްލުގައި ޖުމާވެސް މޫވް އޮން ކުރީމަ އަސްލު އައްޒަ ބޭނުން ނުވީ. އެއްވެސް އައްޒަގެ ނަން އައިސްގެން އެ ދެ މީހުންގެ ދޭތެރޭގައި މައްސަލައެއް ނޫނިއްޔާ އެދޭތެރޭގެ އެއްވެސް ވަރަކަށް އައްޒަގެ ނަން ބޭނުން ކުރަން".

އައްޒަ ބުނީ، އެކަން ކުރީ ކޮންމެހެން މީރާ ދެކެ ރުޅިން ނޫން ކަމަށާއި، އެއީ މީރާއަށް ކޮންފޯޓް ޒޯން ދޭން ވެގެން ކުރި ކަމެއް ކަމަށް އައްޒަ ބުންޏެވެ.

އައްޒަ ވަނީ، އެއީ ހަަސަދަ ނުވަތަ ޖޭ ވެގެގެންވެސް ނޫޅޭ ކަމަށް ބުނެފައެވެ.

މީރާވެސް ބުނީ އައްޒަ އާއި އޭނާއާ މެދު އެއްވެސް ކަހަލަ ރުޅިވެރިކަމެއް އެއިރުވެސް ނެތް ކަމަށެވެ.

"އައިޑޯންޓް ލައިކް ޓު ކީޕް އެކަހަލަ ގްރަޖްއެއް އެެއްޗެއް،". މީރާ ބުންޏެވެ.

އައްޒަގެ ވާހަކައިން އެނގޭ ގޮތުގައި، މީރާ އާއި އޭނާ އާ ދެ މީހުންގެ ގުޅުމަށް ބުރޫއެރީ މީރާގެ ދިރިއުޅުމަށް ޖުމާއައުމުންނެވެ. އެހެން ނަމަވެސް އެކަން ކުރީ ރަނގަޅު ބޭނުމެއްގައި ކަން އައްޒަގެ ވާހަކަތަކުން އެނގެ އެވެ.

އައްޒަ އާއި މީރާގެ ގުޅުން ރަނގަޅު ކަމަށް ވަރަށް ބޮޑަށް އެ ޝޯވ އިން ހާމަވެގެން ދިޔަ އެވެ. އެ ޝޯގައި އައްޒަ އާއި މީރާ ހީ ސަމާސަކޮށް ސަކަރާތް ޖަހާ ހަދާފައި ވެއެވެ.