ފުރަބަންދުގެ ފަހުން ރާއްޖެ ބޯޑަރ ހުޅުވާލުމާއި އެކު މަޝްހޫރު އެތައް ފަންނާނުންނެއް ރާއްޖެއަށް ޗުއްޓީހޭދަ ކޮށްލުމަށް ޒިޔާރަތް ކޮށްފައިވެއެވެ. އެގޮތުން، ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަންބީރް ކަޕޫރާއި އާލިއާ ބަޓް ވެސް ޗުއްޓީ ހޭދަ ކޮށްލަން ދަތުރު ކުރާނެ މަންޒިލެއްގެ ގޮތުގައި އިހްތިޔާރު ކުރީ ރާއްޖެއެވެ.

މަހަރަޝްތްރާ ފުރަބަންދުކޮށް، އިންޑިއާއިން އެތައް ބަޔަކު ކޮވިޑަށް ފައްސިވެ، ދުވާލެެއްގެ މައްޗަށް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑުގައި މަރުވެއެވެ. ހޮސްޕިޓަލުތައް ފުރި، އޮކްސިޖެން އާއި ވެންޓިލޭޓަރުގެ ފަރުވާ ދިނުމަށް އެގައުމުގައި ހުރަސްތަކެއް އެބަހުއްޓެވެ. ކޮވިޑު ފެސިލިޓީ ތަކުގެ ދަތިކަން ދިމާވެ ސުކޫލު ތަކުގައި ފެސިލިޓީ ހަދަން ނިންމާފައިވާ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައި ވަނިކޮށް މަޝްހޫރު އެކްޓްރެސް އާލިއާ ބަޓް އާއި ފިލްމީ އުދަރެހުގައި ފިޔަ ޖަހަމުން އަންނަ ރަންބިރް ކަޕޫރުގެ ދަތުރު ފެށީ ގައުމު ދޫކޮށް ރާއްޖެއަށް ޗުއްޓީ ހޭދަ ކޮށްލުމަށެވެ.

ބޮލީވުޑްގެ މަޝްހޫރު އެތައް ފަންނާނުންނަކަށް ވެސް ވަނީ ކޮވިޑް ޖެހިފައެވެ. ކަން މިހެން ހުރި އިރު، އާލިއާ ބަޓް އާއި ރަންބީރް ކަޕޫރު ރާއްޖެއަށް ޗުއްޓީ ހޭދަ ކޮށްލަން އައުމުން އެތައް ބަޔެއްގެ ފާޑު ކިޔުން އަމާޒު ވެފައެވެ. ގިނަ ބަޔަކު ބުނަމުން ދަނީ ދެމީހުން އެކުގައި ރާއްޖެ އައީ ކޮރޯނާވައިރަހަށް ފިލަން ވެގެން ކަމަށެވެ.

ފުރަބަންދަށް ފަހު ސަރާ އަލީ ހާން އާއި ޓައިގާ ޝްރޮފް އަދި ޝްރަދާ ކަޕޫރު ވެސް ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަ ކޮށްލުމަށް ޒިޔާރާތް ކޮށްފައެވެ.