ބޮލީވުޑު ފަންނާނުންގެ ތެރެއިން އަތް ދަބަހުގެ އެންމެ އަގުބޮޑު އަދި މަޝްހޫރު ބުރޭންޑުތަކުގެ ދަބަސް ބޭނުންކުރާ އެއް ފަންނާނަކީ ދީޕިކާ ޕާޑުކޯންއެވެ. ލުއިސް ވުއިޓަން، ގުޗީ، ބަރބެރީ، ހެމްސް ކެލީ ބުރޭންޑުގެ ޑިޒައިނަރ ދަބަސްތަކަކީ ދިޕިކާ އާއްމުކޮށް ގެންގުޅޭ އަތްދަބަސް ތަކެވެ.

މަހަރާޝްތުރާ ފުރަބަންދު ކުރުމާއި ގުޅިގެން މުމްބާއީ ދޫކޮށް ބެންގަލޫރަށް ދިޔުމަށް މީގެ ދެ ދުވަސްކުރިން ފިރިމީހާ ރަންވީރު ސިންގްއާއި އެކު އެއާޕޯޓުގައި ދީޕިކާ ހިފައިގެން ހުރި ފެންޑީގެ ރޫމީ ޓޮޓެ ބަހަކީ ވަރަށް އަގުބޮޑު ދަބަހެކެވެ.

ރަންވީރުއާއި ދީޕިކާ އެއާޕޯޓުން ފެނިފައިވަނީ އެއްވައްތަރެއްގެ ހެދުމުގައެވެ. ޑެނިމް ޖެކެޓާއި ހުދު ކުލައިގެ ގަމީހަކާއި ޖީންސެއްގައެވެ.

މި ދަބަހަކީ އިޓަލީގެ މަޝްހޫރު ބުރޭންޑެއް ކަމަށްވާ ފެންޑީގެ ސަންޝައިން ލެދަރ ޓޮޓެ ދަބަހެކެވެ. ފަރ ފެޗް. ކޮމްގައި މި ދަބަހުގެ އަގަކީ 2610 ޑޮލަރެވެ. މި ދަބަހުގެ އަގަށް އިންޑިޔާގައި އަލަށް ލޯންޗު ކުރުމަށް ތައްޔާރުވެފައިވާ ރޯޔަލް އެންފީލްޑް ކުލެސިކް ސައިކަލެއް ގަނެވޭނެއެވެ.

މި ސައިކަލުގެ އިތުރަށް ޑައުން ޕޭމަންޓަކާއި ނުލައި މި ދަބަހުގެ އަގަށް ގެއެއް ގަނެވޭނެ ކަމަށް ވެސް އިންޑިޔާގެ ބައެއް ނޫސްތަކުގައިވެއެވެ.

ދީޕިކާއާއި ރަންވީރަކީ ދެ މީހުންގެ ވެސް އާއިލާއާއި އެކު ވަގުތު ހޭދަ ކުރުމަށް ލޯބިކުރާ ދެ ފަންނާނުންނެވެ.

ދީޕިކާގެ ފިލުމީ މަސައްކަތަށް ބަލާއިރު އެންމެ ފަހުން އޭނާ ހިއްސާކޮށްފައިވަނީ ''ޕީކޫ'' ގެ ކޯ ސްޓަރ އަމީތާބު ބައްޗަންއާއި އެކު ''ދަ އިންޓާން'' ގެ ރިމޭކަށް ހަދާ ފިލުމުގައި މަސައްކަތް ފަށަން އުޅޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    ރާއްޖޭގައޭ އެއްޗެހި އަގުބޮޑީ ، މާލޭ ފިހާރަޔަކުން ގަންނަ އެއްޗެއް ދެން ހުންނަ ފިހާރައިގަ ހުރެދާނެ 15 ރުފިޔާ ތަފާތު.

  2. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ތިދެން ކޯޗެ.....އަގު ބޮޑޮ ވެގެން ގެންގުޅެނީ ކަޓު ފޯނު.....