މިއަދު ވެސް ގިނަ ބައެއްގެ މަގުބޫލު ފިލުމެއް ކަމަށްވާ ''އާޝިގީ'' ގެ ބަތަލާ އަނޫ އަގަރުވާލުގެ ދިރިއުޅުން ބަދަލުކޮށްލި ހިތްދަތި އެކްސިޑެންޓްގެ ވާހަކަ އޭނާ ހިއްސާ ކޮށްފިއެވެ.

އިޖުތިމާޢީ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި އަނޫގެ ދިރިއުޅުން އެންމެ ފުރަތަމަ ބަދަލުވެގެން ދިޔައީ ފިލުމު އާޝިގީއަށް ފަހުގައެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން އަނޫ ވަނީ އެކްޓިންއާއި މޮޑެލް ކުރުމުގެ ދާއިރާ ދޫކޮށްލާފައެވެ.

އޭގެފަހުން އަނޫއާއި ކުރިމަތިވި އެކްސިޑެންޓަކީ އޭނާަ މަރުގެ ތުންފަތް މައްޗަށް ވެއްޓިގެން ދިޔަ އެކްސިޑެންޓެކެވެ. 1999 ވަނަ އަހަރު ހިނގި މި ހިތްދަތި އެކްސިޑެންޓްގެ ވާހަކަ އަނޫ ދައްކާފައި ވަނީ ދިން އިންޓަވިއުއެއްގައެވެ.

ވިއްސާރަ ރެއެއްގައި އަނޫ ދުއްވަމުން ދިޔަ ކާރުން ވި އެކްސިޑެންޓެއްގެ ސަބަބުން އަނޫ 29 ދުވަހު ކޯމާގައި އޮތް ކަމަށާއި އޭގެ ފަހުން ހުރިހާ ކަމެއް ހަނދާން ނެތުނު ކަމަށާއި ހަނދާން ހުރީ ހަމައެކަނި އެކްސިޑެންޓުގެ ކުރިން މަސައްކަތް ކުރަމުން އައި އާޝަރަމްގައި އަނޫއާއި މުޚާތަބު ކުރާ ނަން ކަމަށް ވެސް އަނޫ ބުނެފައިވެއެވެ.

މޭކަޕް ކުރުން ވެސް ހަނދާން ނެތުނު ކަމަށާއި އޭގެ ސަބަބުން މީސް މީޑީޔާގައި އަނޫގެ މޭކަޕް ކުރި އަދި ނުކުރާ ފޮޓޯތަކަށް އަޅައި ކިޔުން އޮތް ކަމަށާއި، އެ ހުރިހާ ކަންތައްތަކެއް ވެގެން ދަނީ ކިހިނެއް ކަމެއް ނޭނގިފައި އަނޫ ހުންނަން ޖެހުނު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި އެކްސިޑެންޓުގެ ސަބަބުން ދިމާވި ކަންތައްތަކެއްގެ ސަބަބުން 2001 ވަނަ އަހަރު އަނޫގެ ބޯ ބާލަން ޖެހުނު ކަމަށާއި އެކަމުން އެއްކޮށް ރަނގަޅުވުމުން ''މައިންޑް އެންޑް ހިޔުމަން ސައިކޮލޮޖީ'' ދަސްކުރި ކަމަށް ވެސް އިންޓަވިއުގައި އަނޫ ބުނެފައިވެއެވެ.