އެމެރިކާގެ އަންހެނަކަށް ފެނުނު އޭނާގެ ފިރިމީހާގެ ފޮޓޯއެެއްގެ މައްސަލައިގައި ފިރިމީހާ ދޫކޮށްލައި، ކައިވެނި ނިމުމަކަށް ގެނެސްފިއެވެ.

ޓޭލާ ނަަމަކަށް ކިޔާ އަންހެނަކު ކިޔައިދިން ގޮތުގައި އޭނާގެ ކައިވެނި ރޫޅާލަން ނިންމީ މީހަކު ހަދާނެ އެންމެ ހެއްވާ، އެންމެ ތާކުންތާކު ނުޖެހޭ ދޮގު ފިރިމީހާ ހެދުމުންނެވެ.

"އަހަރެންނަށް ފެނުނީ އަހަރެންގެ ފިރިމީހާ ނައިޓްކްލަބެއްގައި ވަރަށް ގިނަ އަންހެނުންތަކާއިއެކު ތިއްބާ ނަގާފައިވާ ފޮޓޯއެއް. ފޮޓޯ ފެނުނީ ނައިޓްކްލަބްގެ ފޭސްބުކް ޕޭޖުން. ފޮޓޯގައި ފިރިމީހާގެ ކައިވެނީގެ އަނގޮޓިއެއް ފެންނާކަށް ނެތް. އެހިސާބުން އަހަރެން އެކަމާއި ގުޅޭ ގޮތުން ފިރިމީހާ އާއި ސުވާލު ކުރިން." ޓޭލާ ބުންޏެވެ.

ޓޭލާ ބުނީ ފިރިމީހާ އާއި ސުވާލު ކުރުމުން "ނައިޓް ކްލަބްގެ މީހުން އެވަނީ ފޮޓޯޝޮޕުން އަނގޮޓި ފޮހެލުމަށް ފަހު ފޮޓޯ އަޕްލޯޑް ކޮށްފައި." ކަމަށް ބުނެ ފިރިމީހާ ދޮގު ހެދި ކަމަށެވެ. "އަހަރެންނަށް ގަބޫލެއް ނުކުރެވުނު އެހައި ތާކުންތާކު ނުޖެހޭ ދޮގެއް އަހަރެންގެ ފިރިމީހާ ހެދުން. އެހެންވެ އަހަރެން ނިންމީ ވަރިވާން." ޓޭލާ ބުންޏެވެ.

ޓޭލާގެ ނިންމުން ބަދަލުކުރެވޭތޯ ފިރިމީހާ ފަހުން ބުނީ އަތް ދޮންނަން ވެގެން އަނގޮޓި ނެގުމަށް ފަހު އަލުން އަނގޮޓި ނޭޅި ނައިޓް ކްލަބަށް ދެވުނީ ކަމަށެވެ. ނަމަވެސް އެވާހަކަ ޓޭލާ ގަބޫލެއް ނުކުރިއެވެ.

ޓޭލާގެ ވާހަކަ މީސް މީޑިއާގައި ހިއްސާ ކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ ޓޭލާ އަށް ހިތްވަރުދީ އޭނާގެ ނިންމުމަށް ސާބަސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ތިނިމުނީނުން ތިކަން.