ކޯވިޑް 19 އިން ރަނގަޅުވުމަށްފަހު ބަތަލާ ބޫމީ ޕެޑްނަކަރގެ މިސްރާބު ހުރީ މުޅިން އެހެން ދިމާއަކަށެވެ. އިންޑިޔާގައި ކޮރޯނާ ވައިރަސްގެ ދެވަނަ ރާޅުގައި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ އިތުރަށް ސިއްހީ ދާއިރާއަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމުގައި ވެސް އެހީތެރިވުމަށް ވަނީ ނިންމާފައެވެ.

އެހީއަށް އެދިފައިވާ ފަރާތްތަކުގެ ނަންބަރުތައް ރަނގަޅުތޯ ބަލަމުން ދާ ކަމަށާއި އޭގެތެރޭގައި ފޭކް ނަންބަރުތައް ވެސް ހުރެދާނެ ކަމަށާއި އެފަދަ ނަންބަރެއްކަން އެނގޭ ފަރާތްތަކުން އެ މަޢުލޫމާތު ބޫމީއާއި ހިއްސާ ކުރުމަށް ވެސް އެދިފައިވެެއެވެ. އެއިރުން އެފަދަ ނަންބަރުތައް ރިމޫވް ކުރާނެ ކަމަށް ވެސް ބޫމީ ފާހަގަކޮށްފައިވެއެވެ.

މިކަމުގައި ބޫމީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މި ވައިރަސްގެ ސަބަބުން ދިމާވެދާނެ ކަންތައްތަކަށާއި މިހާރު ވެސް މިކަމުގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އޭނާގެ ފަރާތުން ކުޑަ ނަމަވެސް އެހީއެއް ވެދިނުން ކަމަށް ވެސް ބޫމީ ބުނެފައިވެއެވެ.

އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ މި ޕޯސްޓުގައި ބޫމީ އެދިފައިވަނީ އެންމެން ވެސް ހިތްވަރު އެލުވާނުލާ ހިތްމަތާއި އެކު މަސައްކަތް ކުރުމަށެވެ. ވަރަށް މުހިންމުވެއްޖެ ނަަމަ ބޫމީއަށް މެސެޖު ކުރުމަށާއި އަދި އެމީހަކާއި ބޭނުންވާ އެހީގެ މައުލޫމާތު ތެދުވެރިކަމާއި އެކު ސާފުކޮށް ކިޔައިދިނުމަށް ވެސް އެދިފައިވެއެވެ.

ބޭކާރު ގޮތުގައި މި ދުވަސްވަރު ބޫމީއަށް އެއްވެސް މީހަކު މެސެޖު ނުކުރުމަށާއި އެއީ މެސެޖުތައް ގިނަ ކަމުން މުހިންމު މެސެޖެއް އަޅައިނުލައި ދޫކޮށްލެވިދާނެތީ ކަމަށް އޭނާ ބުންޏެވެ. އަދި އެހީއެއް ލިބުމަށް ފަހު އެކަން ފުރިހަމަވެއްޖެކަން އަންގައިލުމަށް ވެސް ބޫމީ އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކޮބާ ރާއްޖޭގެ މަހުޖަނުން

  2. އެމަންޖެ

    ބޫމީ އަކީ މަހުޖަނެއްތަ...؟؟؟ ރާއްޖެއަކު ނޫޅޭނެ މަހުޖަނުނެއް ނިކަމެތިން އުޅެނީ ނޫނީ މީހުން ފެލައިގެން އުޅޭ މީހުން އުޅެނީ.