ޖޯޑަންގައި ފިރިހެނަކު އޭނާގެ އަނބިމީހާ ވަރިކޮށްފިއެވެ. ވަރިކޮށްފައިވަނީ އަރަބިންގެ ސަގާފީ 'މަންސަފް' ކެއުމާއި ގުޅޭ ގޮތުން ހިނގި ދެބަސްވުމުގެ ތެރެއިންނެވެ.

އެންމެ ބޮޑު އެއް މީސް މީޑިއާ ޕްލެޓްފޯމު ތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކްގައި ފިރިހެން މީހާ ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވަރިކުރީ ފިރިހެން މީހާގެ އާއިލާއަށް މަންސަފް ކެއުން ނުދީ އަންހެން ކުއްޖާގެ އާއިލާއަށް އެ ކެއުން ދިނުމުން އެކަމާ އަރާރުންވެފައިވާ ކަމަށެވެ.

ފިރިމީހާގެ އާއިލާއަށް އަޅާލުން ނުދީ ދުުރުކޮށްލައި، އަމިއްލަ އާއިލާއަށް ހުރިހާ ސަމާލުކަމެއް ދޭކަމަށް ބުނެ އަންހެނުން ކަންތައް ކުރި ގޮތާއި މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވެއެވެ.

"އަހަރެންގެ އާއިލާ މެމްބަރުން ނުވަތަ މަންމަ ރޯދަ ވީއްލުމަކަށް އަހަރުމެން ގެޔަށް އައުމުން އޯޑަރު ކޮށްގެން ގެނައީ ޝަވަރުމާ. އެކަމަކު، އަންހެނުންގެ އާއިލާ ރޯދަ ވީއްލުމަކަށް ދައުވަތު ދީގެން ގެޔަށް ގެނައުމަށް އޭނަ ތައްޔާރު ކުރީ މަންސަފް" ފިރިހެން މީހާ ބުންޏެވެ.

އާންމުން އެއްވެ އުޅޭ ތަނެއްގައި ޖޯޑަންގެ އެހެން ފިރިހެނަކު ވެސް އޭނާގެ އަންހެނުން ވަނީ ވަރިކޮށްފައެވެ. މި ކަންތައް ހިނގާފައި ވަނީ ރޯދައަށް ހަނދު ބަލަން ވެފައި ވަނިކޮށެވެ. އަންހެނުން ވަރިކޮށްފައިވަނީ ރޯދައަށް ތައްޔާރު ވުމުގެ ގޮތުން މާ ގިނަ އެއްޗެހި ގަތުމަށް ޑިމާންޑް ކުރަން ފެށުމުން އެކަމާ ފިރިމީހާ ހިތްހަމަ ނުޖެހިގެންނެވެ.

މަންޒަރު ދުށް މީހުން ބުނެފައިވަނީ ދެމަފިރިން ދެބަސް ވާން ފެށީ އަނބިމީހާ ގަނެދެން އެދުނު ތަކެތި ފިރިމީހާ އަށް ގަނެ ނުދެވުމުން ކަމަށެވެ. އަންހެން މީހާ ވަނީ އެ ތަކެތި ގަނެ ނުދީފިނަމަ ވަރިވާނެ ކަމަށް ބުނެ އެންމެންގެ ތެރޭގައި ފިރިމީހާއަށް ބިރު ދައްކަން މަސައްކަތް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 😳

    ކެއްތެރިކަން ކުޑަ ކަމާއެވެ