އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އަކީ މުޅި ބޮލީވުޑްގެ ފަހުރެވެ. އޭނާ އަކީ ބޮލީވުޑުން ހޮލީވުޑަށް ދިޔަ އެންމެ ކާމިޔާބު ފަންނާނެވެ. އޭނާ އަކީ އެތައް ގޮންޖެހުމެއް ގިރާކޮށް ހޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ރަނގަޅު ކާމިޔާބެއް ހޯދި ހަމައެކަނި ބަތަލާ އަކީ ވެސް ޕްރިޔަންކާއެވެ.

މީގެ އިތުރުން އޭނާގެ ސީރީޒް ކުއެންޓިކޯ އަށް ވެސް ރަނގަޅު ތަރުހީބެއް ލިބުނެވެ. ބޮލީވުޑްގައި އޭނާ އަށް މިހާބޮޑު ތަރުހީބެއް އޮތް ނަމަވެސް ޕްރިޔަންކާ ބުނާގޮތުން އަދިވެސް ގިނަ މީހުން އޭނާގެ ނަން ކިޔާނީ ނުބައިކޮށެވެ.

އެކްޓަރ ކަބީރު ބޭޑީ އާއި އެކު ޕްރޮމޯޝަން އަކަށް ކުރި ވީޑިއޯ ކޯލް އެއްގައި ޕްރިޔަންކާ ބުނީ މީހުން އޭނާގެ ނަން ނުބައިކޮށް ކިޔާވަރުން ބޮލަށް އުނދަގޫވާ ކަމަށެވެ.

ޕްރިޔަންކާ ޗޯޕްރާ އޭ ކިޔުމުގެ ބަދަލުގައި އޭނާ އަށް ހޮލީވުޑްގެ ފަންނާނުންނާއި މީޑިއާ މީހުން ކިޔާނީ "ޕްރިޔަންކާ ޝާޕްރާ" އޭ ކަމަށް އޭނާ ބުނެއެެވެ. އަދި އުޅެ އުޅެ ވެސް އެކަން ނުހުއްޓުވުނު ކަމަށާއި އެކަމަކާއި ހުރެ ރުންކުރުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

" އޯޕްެރާ ކިޔޭ. ޗޯޕްރާ އެއް ނުކިޔާ. އަޅެ ފަހެ މީހަކު ހައިރާނެއް ނުވާނެތަ؟ އެހާ އުނދަގޫ ނަމެއް ނޫން. ދުލަށް ފަސޭހަ ނަމެއް. އަހަރެން ހަމަ އަޖައިބުވެ. ބައެއް ފަހަރު ރުޅިވެސް އާދޭ. ބުނާނެ އެއްޗެއް ވެސް ނޭނގޭ. ހޮލީވުޑްގެ އެންމެންހެން އެބަ ކިޔާ ނުބައިކޮށް ނަން" އޭނާ ބުނެފައިވެއެވެ.

ޕްރިޔަންކާ ވަނީ ހޮލީވުޑްގައި ހުރި އިތުރު މައްސަލަތަކަށް ވެސް އަލިއަޅުވާލާފަޢެވެ. އެގޮތުން އޭޝިއާ ހިސާބުތަކުގެ މީހުންނަށް ހާއްަސަ ރޯލުތައް ފެންނަ މިންވަރު މަދުކަން އޭނާ ފާހަގަކުރެއެވެ. އަދި ގަމާރު ނުވިސްނޭ މީހުންގެ ރޯލުތަކަށް އެމީހުން ގިނައިން ކަމަކަށް ވެސް އޭނާ ބުނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕުރިޔަންކާ ކޯބުރާ

    ނަސީބެއް ކޯބުރާ ނުކިޔާކަން

    30
  2. އަންނި

    ޕުރިޔަންކާ ޗޯޕުޅާ ރަނގަޅު ދެއްތޯ.

    3
    1
  3. ބޯ ހަލާކު

    ޙޮޑުލަވާ މި ދައިތަ ފެނުނީމަ

    3
    1
  4. ޑައިވަރޭ

    ޕުރިޔަންކާ ސައިކުރާ ކިޔަންވީ

  5. ސުނީ

    ނަސީބެއްނު ޕްރިޔަން ކާ ރޯބުޅާ ނު ކީ ކަން