އިންޑިއާގެ ރަޖަސްތާނުގައި އަންހެނަކު މަގުމަތީގައި ވިހައިފިއެވެ. މި އަންހެން މީހާ މަގުމަތީގައި ވިހަން މަޖުބޫރުވީ އެމްބިއުލާންސް އައުން ލަސްވުމާއި ގުޅިގެންނެވެ.

ނަނުދީ ނަމަކަށް ކިޔާ އެ އަންހެން މީހާ ބަނޑުގައި ރިއްސާތީ އޭނާގެ ފިރިމީހާ ބަދްރިދާލް މަސައްކަތް ކުރީ އޭނާގެ ބައިސްކަލުގައި އަބިމީހާ ހޮސްޕިޓަލަށް ގެންދެވޭތޯއެވެ. އެހެން ނަމަވެސް މާ ދުރަށް އެ ދެމަފިރިންނަށް ނުދެވުނެވެ. ނަނުދީގެ ބަނޑުގައި މާބޮޑަށް ރިއްސަން ފެށުމުން މީހުން އެންމެ ފަހުން ގުޅީ އެމްބިއުލާންސްއަށެވެ.

އެމްބިއުލާންސް އައުން މާބޮޑަށް ލަސްވެ އެންމެ ފަހުން ނަނުދީ ވިހަން ޖެހުނީ މަގުމައްޗަށެވެ. އޭނާ ވިހެއުމަށް މަގުމަތިން ދިޔަ އަންހެނުންތަކެއް އެހީވިއެވެ. އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެމްބިއުލާންސް އަންނަންދެން ނަނުދީ އާއި އޭނާގެ ދަރިފުޅު އޮންނަން ޖެހުނީ މަގުަމަތީގައެވެ. އޭނާ އެތަނުގައި 30 ވަރަކަށް މިނިޓް ވަންދެން އޮންނަން ޖެހުނުކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލާގައި ހޮސްޕިޓަލުން ދެއްކީ އެހެން ވާހަކައެކެވެ. އެ ހޮސްޕިޓަލުން ބުނީ، އެ އަންހެން މީހާ ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަަލަށް ދިޔައީ ޖޫން ހަތެއްގައި ކަމަށާއި، ޖޫން އަށެއްގައި އެ އަންހެން މީހާ ގާތުގައި ހޮސްޕިޓަލްގައި އެޑްމިޓް ވުމަށް އެއްޗެހި ހިފައިގެން އައުމަށް އެދުނު ކަމަށެެވެ.

އެހެން ނަމަވެސް ނަނުދީ އެ ތާރީޚަށް ހޮސްޕިޓަލަށް ގޮސްފައިނުވާއިރު، އޭނާ ބަނޑުގުައި ރިއްސަން ފެށީ ތާރީހު ފަހަނައަޅައި ދިޔަތާ ދެދުވަސް ފަހުން ކަމަށެވެ. އެހެންކަމުން އެކަމުގެ ޒިންމާ ހޮސްޕިޓަލުން ނަގަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު