އިންޑިއާގެ ކަރްނަޓަކާއަށް ނިސްބަތްވާ އުމުރުން 73 އަހަރުގެ އަންހެން ޓީޗަރަކު މި ވަނީ އޭނާގެ ހަޔާތުގެ ބައިވެރިއެއް ހޯދުމަަށް އިޝްތިހާރެއް ޖަހާފައެވެ.

އޭނާއަށް މިހާރު ހަޔާތުގެ ބައިވެރިއެއް ލިބިއްޖެ އެވެ. އެއީ އުމުރުން 69 އަހަރުގެ އިންޖީނިއަރަކެވެ.

އެ އަންހެން މިހާއަށް އޭނާގެ ހަޔާތުގެ ބައިވެރިއެއް ހޯދަން އިއުލާނު ކުރިތާ ދެ ހަފްތާ ތެރޭގައި ލިބުނު ބައިވެރިޔާ އާއި އިނުމަށް އޭނާ ދަނީ ތައްޔާރުވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާއަކީ ކުރިން ކައިވެންޏެއްކޮށް ހުވަފަތްވެފައިވާ ފިރިހެނެކެވެ. ނަމަވެސް އޭނާގެ ރަހުމަތްތެރިންނަށް މި ވަނީ އެ އަންހެން މީހާއާ ގާތްކޮށް އުޅުމަށް އެދިފައެވެ.

އެ އަންހެން މީހާ ޖެހި އިޝްތިހާރު ޕޯސްޓުގައި ވަނީ އޭނާ ބޭނުންވާ ސިއްހަތު ރަނގަޅު އުމުރުން ދުވަސްވީ ފިރިހެނެއް ކަމަށެވެ.

"އަހަރެން މި އުޅެނީ ވަރަށް އެކަނިވެރި ދިރިއުޅުމެެއްގައި. ބޭނުންވަނީ ކައިވެނި ކުރާނެ މީހެއް" އޭނާ ބުނެފައި ވެއެވެ.

އެ އެޑަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. އެހެން ނަމަވެސް އެ އަންހެން މީހާއަށް ފާޑުކީ މީހުން ވެސް އުޅެއެވެ.

އެ އަންހެން މީހާއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި އޭނާގެ ފުރަތަމަ ކައިވެނި ރޫޅިގެން ދިއުމުން އެކަމާއި ވަރަށް ހިތާމަ ކުރެއެވެ. އެހެންވެ އޭނާ އެއްވެސް މީހަކާއި ކައިވެނި ނުކޮށް މިހާތަނަށް ހުރީ ވެސް ރަނގަޅު ބައިވެރިޔަކު ލިބެން ދެނެވެ.

އޭނާގެ މައިންބަފައިން މަރުވުމާއެކު އޭނާ އުޅުނީ އެކަނިވެރިކަމަށާއި، އެހެންވެ ބޭނުންވަނީ ހަޔާތުގެ ބައިވެރިއެއް ކަމަށް އޭނާ ބުނެއެވެ. އޭނާ ބޭނުންވަނީ އުމުރަށް އޭނާ އާ އެކުގައި އުޅޭނެ ބައިވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ކެނެރީ ނަޝީދު އުމުރައް އުޅޭނެ އެކުގާ ، މިއުޅެނީ މިގައުމުން ފެއްސިގެން ނުގޮސްގެން.