އެމެރިކާގެ ކެންޓަކީއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އެރިކާ ގުއިގްލް 2011 ވަނަ އަހަރު ކައިވެނި ކުރީ ޖަސްޓިން ކިޔާ މީހަކާއިއެވެ. އެދެމަފިރިންނަށް ލިބުނު ދަރިފުޅަށް ނުވައަހަރުވީ ފަހުން އެރިކާ ވަނީ ޖަސްޓިން ކައިރިން ވަރިވެފައެވެ. ނަމަވެސް ދެން އެރިކާ ކުރީ މާތަފާތު ކަމެކެވެ.

އެއީ ޖަސްޓިންގެ ބައްޕަ އާއި ކައިވެނި ކުރުމެވެ. އެރިކާގެ މިހާރުގެ ފިރިމީހާ އާކީ އުމުރުން 60 އަހަރުގެ ޖެފް އެވެ. މިހާރު އެރިކާގެ ދޮންދަރިއަކީ އޭނާގެ ކުރީގެ ފިރިމީހާއެވެ. އެރިކާގެ ދަރިފުޅުގެ ދޮންބައްޕަ އަކަށް މިވީ އޭނާގެ ކާފައެވެ.

އެރިކާ ބުނި ގޮތުގައި އޭނާ އާއި ޖަސްޓިންގެ ގުޅުމަށް ގިނަ ދުވަސްތަކެއް ވެގެން ދިޔަ ނަމަވެސް ދެމީހުންގެ ދެމެދުގައި އަބަދުވެސް އޮންނަނީ ކޮންމެވެސް މައްސަލައެއް ޖެހިފައެވެ. އެންމެ ފަހުން ކައިވެނި އިތުރަށް ކުރިއަށް ނުގެންދެވިގެން ކައިވެނި ރޫޅާލީ 2017 ވަނަ އަހަރު އެވެ.

މިއީ މުޅި ދުނިޔެއަށް ބެލި ނަމަވެސް މަދުން ނޫނީ ނުހިނގާ ޒާތުގެ ކަމެކެވެ.

އެރިކާ ބުނާ ގޮތުގައި އޭނާ ޖެފް އާއި ކައިވެނި ކުރަން ނިންމީ އެއީ އޭނާ އާއި ބައްދަލުވި އެންމެ ރަނގަޅު މީހާ ކަމަށް ވުމުންނެވެ. ޖެފް އަކީ އޭނާ އަށް އެންމެ ހިތްދަތިވި ދުވަހު އެންމެ ކައިރީގައި ހުރި ބައިވެރިޔާ ކަމަށް އެރިކާ ބުނެއެވެ.

އެރިކާ ބުނާ ގޮތުގައި އޭނާ ޖެފް އާއި ކައިވެނި ކުރި ނަމަވެސް އާއިލާގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތެވެ. އަދިވެސް އާއިލީ ގުޅުން ވަރަށް ބަދަހި ކަމަށާއި ޖަސްޓިން އާއި ވެސް ވާހަކަ ދައްކާ، ދަރިފުޅުގެ ކަންކަމުގައި މަޝްވަރާކޮށް އާއިލީ ބައްދަލުވުންތަކުގައި އެންމެން އެކުގައި ބައިވެރިވާ ކަމަށް އެރިކާ ބުނެއެވެ.

ނަމަވެސް އެރިކާގެ ވާހަކަ މީޑިއާގައި ގެނެސްދިނުމުން ބައެއް މީހުން އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖަމްބެ

  މީ މިކަހަލަ ގައުމުތަކުގަ ޑިމޮކްރަސީ އޮތްވަ ރު ނިކަން ބައްލަވާ...މީ އަޅެ ކުއްތާ ތަކެއްބާ

  35
  2
 2. އެމަންޖެ

  ވާވް ޖަސްޓު ވާވް..😍

  4
  20
 3. ޙުސޭނު

  ވަލުޖަނަވާ ރުގެ ޙުކުމް.

  31
  3
 4. ޓަކި މޫނާ

  ފަހުޒަމާނުގަ ހިނގާނެ މިކަހަލަ ކިތަންމެ މުޑުދާރު އަމަލުތަކެއްވެސް

  25
  2
 5. އަލި ދީދީ

  އިސްލާމްދީނުގައި މިފަދަ ކަންކަން މަނާކޮށްފައިވަނީ ވަރަށްވެސް މަތިވެރި ޙިކުމަތެއްގައިކަން ޔަޤީނެވެ. މީ އެއްގޮތަކަށްވެސް ދިނީ ކޮމެއްންޓެއް ނޫނެވެ.

 6. Anonymous

  މި ނޫހުންވެސް މިކަހަލަ ޚަބަރުތައް ގެންނަނަމަ ޝަރުޢީގޮތް ހޯދުމަށްފަހު ލިޔުން ރަގަޅު.
  ދެ މީހަކު ކައިވެނި ކުރުމަށްފަހު އެ ދެމީހުން ވަރިވި ނަމަވެސް އެދެމީހުންގެ މައިނބަފައިން އެދެމީހުންނަށް ކައިވެނިކުރުން ޢުމުރަށް ޙަރާމްވަނެކަން އެއީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަން.

  3
  1
 7. މޯދީ

  ބުއްޅަބޭ އެއުޅެނީ 'އެވައްތަރު ޑިމޮކްރަސީ" މިތަނަށް ގެންނަން!

  6
  1
 8. ވަހީދު

  ދީނެއް ދުނިޔެއެއް ހަމައެއް ލަމައެއް ނެތީމަ ވާގޮތް.

  5
  1