ތަކެތި ޑެލިވަރީ ކޮށްދިނުމުގައި މަގުމަތީގައި ސައިކަލެއްގައި އުޅުނު "ޑެލިވަރީ ބޯއި" އަކު އެމްބިއުލާންސަށް މަގުދައްކައި ދިނުމުން، އޭނާއަށް އެތައް ބައެއްގެ ތައުރީފު ލިބިއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާގެ އެހީތެރިކަމުގެ ސަބަބުން އެ އެމްބިއުލާންސަށް ދާން ބޭނުންވާ މިސްރާބަށް ބަރާބަރު ގަޑިއަށް ދެވުނެވެ.

އެމްބިއުލާންސްގެ ޖީޕީއެސް ހަލާކުވެގެން ދާން ޖެހޭ މިސްރާބު ނޭނގުމުން، އެ މީހާ އެ އެމްބިއުލާންސްގެ ޑްރައިވަރަށް އެހީތެރިވެދިންއިރު، އެ މީހާގެ މަސައްކަތް ފާހަގަކޮށް މީސް މީޑިޔާގައި ޕޯސްޓެއްވެސް ވަނީ ދައުރުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާ ހިނގި އިރު އެ އެމްބިއުލާންސް ދިޔައީ ވަރަށް ބޮޑަށް އަނިޔާވެފައިވާ މީހަކު ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އޭނާ ބަލައެވެ. އެ އެމްބިއުލާންސްގެ ޖީޕީއެސް ފެއިލްވީ އެމީހާ ބަލައި ދިޔަ މަގުމަތީގައި ކަމަށް ވެއެވެ.

ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ދަންވަރު މި ހާދިސާ ހިނގިއިރު، އެމްބިއުލާންސަށް އެހީތެރިވެދިން މީހާ އުޅުނީ ތަކެތި ޑެލިވަރީ ކުރުމުގައެވެ. އޭނާ އެ އެމްބިއުލާންސަށް މަގުދެއްކީ އޭނާ ކުރަމުންދިޔަ މަސައްކަތް ހުއްޓާލުމަށްފަހު އެ އެމްބިއުލާންސްގެ ޑްރައިވަރު ކައިރީ އޭނާ ފަހަތުން އައުމަށް އެދެމުންނެެވެ.

ޑެލިވަރީ ކުރާ މީހާ ދުއްވަން އިން ސައިކަލު ފަަހަތުން އެ އެމްބިއުލާންސް ގޮސް އަނިޔާވެފައިވާ މީހާގެ ގެއާއި ހަމައަށް ގޮސް އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް އޮފިޝަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    މިއީ އަހަރެެމެން ދިވެހިންވެސް ވަރަށް ވިސްނަންޖެހޭނެ ކަމެކެެވެ. ބޮޑެތި އޮޑިފަހަރު ގައި ޖީޕީއެސް ހަރުކޮށްގެން އެތަށްސަތޭކަ މޭލެއްގެ ފޭއަށް އޮޑި ދުއްވަމުންދާއިރު ހަމަ ކުއްލިއަކަށް ޖީޕީއެސް ފޭލްވެދާނެކަމަށް ތިބެންވާނީ ތައްޔާރުވެ ސަލާމަތީގޮތުން އެޅެން އޮތް ފިޔަވަޅެއް އަޅައިގެންނެވެ.