ކިންދާގެ ރަސްގެފާނު އަމްރު ބުނު ޙަޖަރު، އުއްމު އިޔާސް ބިންތު ޢަޥްފު ބުން މުޙައްލިމު އައްޝައިބާނީ އާ ކައިވެނި ބައްލަވައިގަތެވެ. އަދި ރޭކުރުމުގެ ވަގުތު އައުމުން، އެކަނބުލޭގެ މަންމާފުޅު ނަޞޭހަތް ދެއްވަމުން ވިދާޅުވިއެވެ.

ތިބާ ފުދުންތެރިއަކަށްވާށެވެ. އެބަހީ ފިރިމީހާ ދޭ މިންވަރުން ހިތްހަމަޖައްސާލާ މީހަކަށް ވާށެވެ. ދެ ވަނަ ކަމަކަށް ވިދާޅުވީ ރިވެތިގޮތުގައި ފިރިމީހާގެ ބަސްއަޑު އަހައި ކިޔަމަންތެރި ވުމަށެވެ.

ތިންވަނަ ކަަމަކަށް އެ މަންމަ ނަސޭހަތްތެރިވީ ފިރިމީހާ ނުރުހޭ ކަންކަމާއި ނުރުހޭ ވަސްތައް ފާހަގަކޮށް ދަނެގަތުމަށެވެ. އަދި ދަރިފުޅުގެ ހަށިގަނޑުން މީރުވަސް މެނުވީ ދުވިޔަ ނުދިނުމަށެވެ.

ހަތަރުވަނަ ކަމަކަމަށް ދަރިފުޅުގެ ކިބައިން ފިރިމީހާ ނުރުހޭ ކަމެއް ފެނުނަ ނުދިނުމަށް ނަސޭހަތްތެރިވިއެވެ. އެގޮތުން ފިރިމީހާ ނިދާ ގަޑިތަކާއި ކާގަޑިތައް ފާހަގަކޮށް ދަނެގަތުމަށް އެ މަންމަ ނަސޭހަތްތެރިވިއެވެ. އަދި ބަނޑުހައިވުމާއި ހަމަ ނިދި ނުލިބުމަކީ ރުޅިއައުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ފަސްވަނަ ކަމަކަށް މަންމަ ވަނީ ފިރިމީހާގެ މުދަލަށް ރައްކާތެރިވުމަށް ދަރިފުޅަށް އަންގައިފައެވެ. އަދި ފިރިމީހާގެ ބެލުމުގެ ދަށުގައިވާ މީހުންނަށާއި ޚާދިމުންނަށާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތައި އަޅައިލުމަށް އެ މަންމަ އެންގިއެވެ.

ހަވަނަ ކަމެއްގެ ގޮތުގައި ދަރިފުޅު ދެކެ ރުޅިއަޔަސް ފިރިމީހާގެ އަމުރުތަކަށް ނުކިޔަމަންތެރި ނުވުމަށް ވިދާޅުވިއެވެ. އަދި ފިރިމީހާގެ ސިއްރުތައް ހިފެހެއްޓުމަށް ނަސޭހަތްތެރިވިއެވެ. ސިއްރެއް ފަޅައިއަރުވައިލުމަކީ ފިރިމީހާއަށް ބޭވަފާތެރިވުން ކަމުގައި އެ މަންމަ ސިފަކުރެއްވިއެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި ދަރިފުޅު ކައިރިން އެދުނީ ފިރިމީހާ ނުތަނަވަސްވެ ކަންބޮޑުވެފައިވާނަމަ އޭނާގެ ކުރިމަތީގައި އުފާ ކުރުމަށެވެ. އަދި ފިރިމީހަ އުފާވެފައިވާ ނަމަ އޭނާގެ ކުރިމަތީގައި ހިތާމަޔާއި މޮޅިވެރިކަން ނުދެއްކުމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީ

    އަނބިމީހާ ފިރިމީހާއަށް ކިޔަމަން ވާންވާނެ. އެކަމް އެއީ އަމިއްލަ ނަފުސަށް އަނިޔާވެރިނުވެ. އަދި ދެމަފިރިންވެސް ރަސޫލުންނާއި (ސަލާމާއި ސަލަވާތް ލައްވާށި) އަދި އެބޭކަލުންގެ އަނބިން ދެއްކެވި ނަމޫނާ ފަދައިން އުޅެން މަސައްކަތް ކުރަންވާނެ

  2. ޓީ

    މަންމައެއް ނުބުނޭ. ތީކޮންމެސް ފިރިހެނަކު ލިޔެފައި އޮތް އެއްޗެއް އަނބިމީހާއަށް އަބަދަކު ޅަކުއްޖެއް ބަލާހެން ބޮޑު ފިރިހެނަކު ނުބެލޭނެ. ދެން އެއޮތީ އަނބިމީހާ ހުރިހާ އިހުސާސްތަކެއް ފޮރުވައިން ހުންނަން އަނބިމީހާވެސް ދެރަވީމަ ނުތަނަވަސްވީމަ ފިރިމީހާއަށް އުފާކޮއްދޭން އެނގެން ޖެހޭނެ.

    6
    1
  3. އިބްރާހީމް

    ކިތަންމެހާވެސް ފުރިހަމަ ވާހަކައެއް. އެކަމަކު މިޒަމާނުގައި މިކަން ގަބޫލުކުރާ އަންހެނުންނެއް ނޫޅޭ. ވަރަށް ވާހަކަ

  4. ޕޮގުބާ

    އަނބިމީހާ ހިތްހަމަ ޖެހޭ އެއްވެސް ކަމެއްނެތް މިވާހަކައެއްގަ މިވާހަކައިގައޮތީ އަނބިމީހާ ފިރިމީހަޔަށް އަޅުވެތި ވާންޖެހޭ ވާހަކަ އެކަމެއް މިޒަމާނަކު ނުވާނެ