އިންޑިޔާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، އެތައް ބަޔަކު ކޯވިޑަށް ފައްސިވެ، މި ބަލީގެ ސަބަބުން އެތައް ބަޔަކު މަރުވަމުންދާއިރު ވެސް ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއް ޗުއްޓީ ހޭދަ ކުރުމަށް ފުރަފުރައިގެން ދިޔުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫންކަމަށް ބޮލީވުޑުގެ ބަތަލާ ޝުރުތީ ހަސަން ބުނެފިއެވެ.

އިންޑިޔާގައި އެތައް ބަޔަކަށް ކޮވިޑް ޖެހި އެ ބަލީގައި މަރުވެގެން އެދަނީ ސިއްހީ ދާއިރާގައި އެކަށީގެންވާ ސިސްޓަމެއް ނެތުމުން ކަމަށް ޝުރުތީ ބުނެފައިވެއެވެ. މިފަދަ ނުރައްކާތެރި އަދި ހިތާމަވެރި ވަގުތެއްގައި އިންޑިޔާގެ ފަންނާނުން އެކަންކަމަށް ބެލުމެއްނެތި ޗުއްޓީ ހަދައިލުމަށް ފުރަފުރައިގެން ދާކަމަށް ޝުރުތީ ދިން އިންޓިަވިއުއެއްގައި ބުނެފައިވެއެވެ.

ޚުދު ޝުރުތީ ވެސް ޗުއްޓީ ހޭދަކޮށްލުމަށް ދާން ބޭނުންވާ ކަމަށާއި ނަމަވެސް ގައުމުގެ އެތައް ބަޔަކު ބަލިވެ، މަރުވަމުންދާައިރު ޗުއްޓީ ހޭދަކުރަން ބޭނުންނުވާ ކަމަށް ވެސް ޝުރުތީ ފާހަގަ ކޮށްފައިވެއެވެ.

އެކި ހިސާބުތަކުގައި ޗުއްޓީ ހޭދަކުރާ ފަންނާނުން ވެސް އެމީހުންގެ އަމިއްލަ އުފަލަށްޓަކައި ޗުއްޓީ ހޭދަކުރެވޭނެ ކަމަށާއި އަދި އެމީހުން އުފާވުމުން ޝުރުތީ ވެސް އުފާވާ ކަމަށާއި ނަމަވެސް ޗުއްޓީ ހޭދަކޮށްލުމަށް މިއީ އެންމެ ރަނގަޅު ވަގުތުނޫން ކަމަށް ވެސް ޝުރުތީ ފާހަގަކޮށްފައިވެއެވެ.

މިވަގުތަކީ އެތައް ބަޔަކަށް ވަރަށް އުދަނގޫ އަދި އެހާމެ ހިތާމަވެރި ވަގުތެއް ކަމަށާއި މިވަގުތެއްގައި އެމީހުންނަށް ފެންނާނެހެން ބޮލީވުޑުގެ ފަންނާނުން އެމީހުން ކުރާ މަންޒަރުތައް އާއްމުކޮށް ހެދުމަކީ މިވަގުތަށް އެންމެ ރަނގަޅުގޮތްނޫން ކަމަށް ވެސް ޝުރުތީ ބުނެފައިވެއެވެ.

އިންޑިޔާ ފުރަތަމަ ފަހަރަށް ފުރަބަންދު ކުރުމާއި ހަމައިން ވެސް ޝުރުތީ އަންނަނީ އައު އާއްމު ހާލަތްތަކަށް ޢަމަލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ޖާހިލުކަމަކީ ބަނބުކޭލު ކަރުގަނޑުން ދުޅަބަ އްޔަ އްވެސް ބޭސްކުރާ ކަމެ އްކަން މިހާރު އެނގި އްޖެތާ..... ދުނިޔޭގެ އުފަލާ އަރާމާ ދެ އްކުންތެރިކަމުގެ ޖާހިލުން އުޅޭނީ މިހެން ތާ!!

  2. ހުސޭނުބޭ

    އެކުދިންނަށްވެސް އިގެޔޭ މިހާރު ރާއްޖެއަކީ އިންޑިޔާގެ ތަނެއްކަން އެހެންވީމަ ސެކަންޑް ހޯމް އަށް އަންނަނވާނެ އެއްނު

  3. ހުުޗެން

    އެއީ އެމީހުން އަމިއްލަ ޒާތީ ކަމެއް. ރުފިޔާ ހުރިއްޔާ ހުރިހާ ވައްތަރެއްގެ ޗުއްޓީވެސް ހަދަންވީ ހަމަ ކޮންމެ މީހަކުވެސް...

    5
    1