އެނގޭ ހެއްޔެވެ؟. އާއްމުކޮށް ކަންނެއްޔެއް ބަރުދަނުގައި ހުންނަނީ 60 ކިލޯ އެވެ. އެހެން ނަމަވެސް އަލަށް ބޭނި މި މަސް ވެފައި ވަނީ އެންމެ ބޮޑު އަދި އެންމެ ބަރު ކަނޑު މަހަށެވެ.

މި މަސް ބާނާފައި ވަނީ ނިއު ސައުތް ވޭލްސް ކަނޑުންނެވެ. 9ނިއުސްގެ ރިޕޯޓްތައް ބުނާގޮތުގައި، މިއީ ރެކޯޑް ބިންދާލެވޭނެ ވަރުގެ މަހަކަށް ވެދާނެ އެވެ.

އޮސްޓްރޭލިއާގެ ލޯންގްލައިނާ ވެސަލް އިން ބޭނި އެ މަހުގެ ވާހަކަ މީޑިއާތަކަށް ވަނީ ތިލަވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުންނަށްވެސް އެ ވަރަށް ބަރު މަހެއް ބޭނުމުން އެއީ ބޮޑު ހައިރާން ކަމެއް ލިބުނު ކަމެއް ކަމަށެވެ.

އެ ރިޕޯޓްތައް ބުނާގޮތުގައި، އެ މަސް ވެގެން ދާނީ މީގެ ކުރިން ރެކޯޑް މުގުރާލި 148 ކިލޯ ހުރި އަދި 185 ސެންޓިމީޓަރު ހުރި މަހުގެ ރެކޯޑް ބިންދާލާނެ ވަރުގެ މަހަކަށެވެ. އެ މަހުގެ ބަރުދަނާއި، ދިގުމިން އޮފިޝަލްކޮށް ނަގާފައި ވަނީ ސީއެސްއައިރޯއޯއިންނެވެ.

 

"ސިޑްވީ ފިޝް މާރކެޓުން ބުނާގޮތުގައި، އާއްމުކޮށް ކަނޑުމަހެއްގެ ބަރުދަނުގައި ހުންނާނީ 50-60 ކިލޯ ވަރު". ތަރުޖަމާނު ބުނެފައި ވެއެވެ.

އަދި އެ މާރުކޭޓުންވެސް މަސް ފެނުމުން ލިބުނީ ހައިރާން ކަމެއް ކަމަށް ވެއެވެ. އަދި އެ މަހުގެ ހާލަތު އޮތީ ރަނގަޅަށް ކަމަށްވެސް ބުނެފައި ވެއެވެ.

މިހާރު އެ މަސް ވަނީ ކްލައުޑިއޯ ސީފުޑް އަށް ވިއްކާލާފައެވެ. އެ ކުންފުންޏަކީ ސިޑްނީގައި ހުންނަ ޖަޕާނުގެ ގިނަ ރެސްޓޯރެންޓްތައް މަސް ފޯރުކޮށްދޭ ކުންފުންޏަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙާމިދު

    2ވަނަ ފޮޓޯއިން ފެންނަނީ މިޔަރެއް؟!

    17
    1