ބޭނުންވާތަކެތި:

އޯރިއޯ ބިސްކޯދު

އަންސޯލްޑެޓް ބަޓަރ (މެލްޑް ކޮށްފައި)

ޑަބަލް ކްރީމް

ހަކުރު ކްރީމް ޗީޒް

ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ މިކްސަރަ އިން ބްލެންޑް ކޮށްލާށެވެ. ދެން އެ ތައްޓަކަށް އެޅުމަށް ފަހު މެލްޑެޓް ބަަޓަރ އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ޓްރޭއެއްގައި އެ ރަނގަޅަށް ފަތުރާލާށެވެ.

ދެން އެހެންތަށްޓަކަށް ޑަބަލް ކްރީމް، ހަކުރު، ޗީޒް އަދި ވެނީލާ އެސެންސް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އަދި ފުނޑުކޮށް އޯރިއޯ ބިސްކޯދު ކޮޅެއް އަޅާ އެއްކޮށްލުމަށްފަހު ޓްރޭގައި ފަތުރާފައި ހުރި ބިސްކޯދު މަތީ ތައްޔާރުކުރި ކްރީމް ރަނގަޅަށް ފަތުރާލާށެވެ. ދެން އޭގެ މަތި އޯރިއޯ ބިސްކޯދު ކޮޅެއް އަޅާލާ ފްރިޖް އަށްލާ ފިނިކޮށްލާށެވެ.

އެއިރުން އޯރިއޯ ޗީޒް ކޭކް ތައްޔާރުކުރެވުނީއެވެ.