ދިވެހިވަންތަ ރަހަތައް ދިވެހިންނާއި، ހަމައަށް ގެނެސްދޭ، އެންމެ ދިވެހި ވަންތައްކޮށް ހަދާފައިވާ ދަ ޗެފް މޯޑު ބަދިގެއަށް ވަދެލީމެވެ. އެތަނުގައި މަސައްކަތް ކުރާ ޒުވާން އުމުރުގެ ކުދިންނަށް ކަޅިއެއް އެއްލާލެވުނީ އެ ކުދިންގެ ހިތްވަރު ފެނިގެންނެވެ. ކައުންޓަރުން ފެށިގެން ކެއްކުމުގައިވެސް އެ ފެނިގެން ދަނީ ދިވެހިންނެވެ. އަދި ގެނައި މެނޫގައިވެސް ހުރީ ހުސް ދިވެހި ކެއުމެވެ.

އެތަނުގައި މަސައްކަތް ކުރަމުންދާ ޒުވާން ދިވެހިންގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ ބަދިގޭގައި އެއްޗެހި ކޮށަން އިން އުމުރުން 23 އަހަރުގެ ކައްކާއަށެވެ. ދަ ޗެފް މޯޑް ބަދިގޭގެ ނަމުން ނަމަ އެއީ ކެއްކުންތެރިޔާ އެވެ. އެ ކެއްކުންތެރިޔާ އަކީ އެތަނަށް އިންޓާންއަކަށް ވަން ރިޝްފާ މުހައްމަދު (ރިޝް) އެވެ.

އުމުރުން 23 އަހަރުގެ ބޮޑު ކެއްކުންތެރިޔާ ރިޝް - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ދިވެހި ޝެފުންގެ މަސައްކަތް ފެނި ޝައުގުވެރިކަން އިންތިހާއަށް!

ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ރިޝް ކެއްކުންތެރިއަކަށް ނުވަތަ ޝެފަކަށް ވާން ޝައުގުވެރިވި ގޮތް އަހާލީމެވެ. އޭނާ ބުނީ، އެކަމަށް ޝައުގުވެރިވީ އިންސްޓަގްރާމް އިން ޝެފް އާދިލް އާއި ޝެފް ޒިޔާންގެ ހާއްސަ ޕޯސްޓްތައް ފެނިގެން ކަމަށެވެ. އަދި އެ ޝެފުން މީހުން މޯޓިވޭޓް ކުރާ ތަންވެސް ފެންނަ ކަމަށް އޭނާ ބުންޏެވެ.

"އެހެންވެ ބޮޑަށް ބޭނުންވީ މި ދާއިރާއިން ކުރިއަށްދާން، މި ދާއިރާއާ ކުރިމަތިލީއިރު ނޭނގެ އަސްލު އެހާ ބޮޑަކަށް މި ދާއިރާއަށް ވަދެވުނީ ކިހިނެއް ކަމެއް ވެސް، މޯސްޓް އިންސްޓަގްރާމުން ޝައުގުވެރިވީ" ރިޝް ބުންޏެވެ.

ރިޝް ކެއްކުންތެރިއަކަށްވާން ޝައުގުވެރިވީ ދިވެހި ޝެފުންގެ މަސައްކަތްތައް ފެނިގެންނެވެ. ޝެފް ޒިޔާން އާއި ޝެފް އާދިލްއަކީވެސް ޒުވާނުން މި ދާއިރާއަށް ވަނުމަށް ވަރަށް ބޮޑަށް ބާރުއަޅާ ދެ މީހުން ކަމަށްވުމާއެކު، އެ މީހުން އެ ދާއިރާއިން ކުރިއަށްދާން ހިތްވަރު ދެއެވެ.

ޒުވާން ކެއްކުންތެރިޔާ ރިޝް :އިމޭޖަސް- މުހައްމަދު އަފްޒަލް

"ދެން އައި ހާޑް، ފޯ ސީޒަންގައި އެޕަރެންޓެސްޝިޕެއް، އެހެންވެ ބޭނުންވީ ބޮޑަށް މި ދާއިރާއާ ކުރިމަތިލާން، ދެން ޝެފް ޒިޔާން ވޯޒް ދަ ވަން އަޅުގަނޑު ޝެފް މޯޑުއަށް އިންޓްރޮޑިއުސް ކޮށްދިން، ދެން އެ ހިސާބުން ޝެފް އާއެކު، މަސައްކަތް ފެށީ، ހީ ގޭވްމީދަ އޮޕަޗުނިޓީ، ހުރިހާ ތަމްރީންތަކާއި، ދަސްކޮށްދޭން ޖެހޭ ހުރިހާ ކަމެއް ދަސްކޮށްދިނީ ޝެފް މޯޑް". ރިޝް ބުންޏެވެ.

ރިޝް ބުނީ، މިއީ އޭނާއަށް ކުރެވިދާނެ ކަމެއް ކަމަށް ފުރަތަމަ ގަބޫލެއްވެސް ނުކުރެވޭ ކަމަށެވެ. ފުރަތަމަ އޭނާ ހުރީ ޝައްކެއްގެ މަތީގައެވެ. އެހެން ނަމަވެސް އޭނާ ޝެފް މޯޑު ބަދިގެއަށް ވަދެ، އެތަން ތަރައްގީވަމުންދާތަން ފެނި، އެތަނަށް އޭނާ ލޯބި ޖެހުނީ އެވެ. ހިތް ޖެހުނީ އެވެ. އެއާއެކު ހުއްޓާލަން ބޭނުން ނުވިއެވެ. ބޭނުންވީ އެތަނުގެ ކައްކާ އަށް ވާށެވެ.

ޒުވާން ކެއްކުންތެރިޔާ ރިޝް -ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މޯޑްގެ ފަރާތުން ގިނަ ކަންކަން ދަސްވި!

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޝެފްގެ ގޮތުގައި ފާހަގަކޮށްލެވޭ މޯޑުގެ ބެލުމުގެ ދަށުން ރިޝް ބޮޑު ކައްކާއަކަށް ވުމުގެ ހުވަފެންތަކުގައި ކުލަ ޖައްސަމުން ދިޔައެވެ. ރިޝް ބުނަނީ މިހެންނެވެ.

"މޯޑު އަޅާ ވަރަށް ކުޑަކުޑަ އިންގްރީޑިއަންޓަކުންވެސް އެ ޑިޝް އެއްކޮށް ޗޭންޖްކޮށްލާ ވަރުގެ މީހެއް އެއީ، ހީ މޭކްސް ދަ ޑިޝް ޕާފެކް".

ރިޝް ބުނީ، މޯޑު އޭނާއަށް ބަދިގެ ހެންޑްލް ކުރަން ވަރަށް ރަނގަޅަށް ދަސްކޮށްދިން ކަމަށެވެ. އަދި ލީޑާޝިޕްވެސް ވަރަށް ބޮޑަށް މޯޑު ދަސްކޮށްދިން ކަމަށް ރިޝް ބުންޏެވެ.

ރިޝް ދިވެހި ކެއުމަށް ތައްޔާރުކޮށްލުމަށް ފިޔާ ކޮށަނީ -ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ފުރަތަމަ އައިއިރު، ވަޅިއެއްގައި ރަނގަޅަށް ހިފަންވެސް، މިހާރު ބޭސިކް ސްކިލްސް އިން ފަށައިގެން ކިޗަންއެއް ހޭންޑްލް ކުރަންވެސް ވަރަށް ބޮޑަށް އެހީވެދިން، އެ ލީޑާޝިޕް ދަސްކޮށްދިނީމަ، މިހާ ކޮންފިޑެންސްއާ އެކީގައި ކިޗަންއެއް ހޭންޑްލް ކުރަން މި އެނގުނީ"

ރިޝް ބުނީ، އޭނާ އަށް މިހާރު އެތަނުގެ މެނޫގައި ހުންނަ ހުރިހާ ކެއުމަށް ތައްޔާރުކޮށްލެވޭ ކަމަށެވެ. އެގޮތުން މިތަނަކީ ދިވެހި ވަންތައް ރަހަތައް ގެނެސްދޭ ތަނެއް ކަމުން، މި ސަރަހައްދުން މި ފެންވަރުގެ ދިވެހި ކެއުން ލިބޭނެ ތަނެއް ނުހުންނާނެ އެވެ.

ޝެފް މޯޑް އޭނާގެ މުވައްޒަފުންނާއެކު -ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ޑިއުޓީގައި ރިޝްއަކީ މި މީލްސްތައް ތައްޔާރު ކުރާ އެންމެ މައި ކެއްކުންތެރިޔާ އެވެ. މި ކެއްކުންތައް ގާތުން ބެލުމަށް ޝެފް މޯޑު ހުރެއެވެ. އަދި އެހީވެދެއެވެ.

ދިވެހިން ބަލައިގަނެއްޖެ، މިއީ ސަޅި މަސައްކަތެއް!

މީގެ ކުރިން ޝެފަކަށް ވާ ވިސްނުމެއް އަތުވެއްޖެ ނަމަ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއެވެ. ވަޒީފާ ނެތިގެން އުޅޭ މީހުން ދާ ވަޒީފާއެއްގެ ގޮތުގައި ޝެފަކަށްވުމުގެ ވަޒީފާ ވިއެވެ. އެހެން ނަމަވެސް އެއީ މާ ކުރީ ޒަމާނެވެ. މި ޒަމާނުގައި މިއީ ހަމަ ފެޝަން އެވެ. ޝައުގުވެރިކަމާއި، މޮޅު ހުނަރެވެ.

ރިޝް ބުނީ، އޭނާ މި ދާއިރާއަށް ވަންނަން އުޅުމުން ގިނަބައެއްގެ ސަޕޯޓް ލިބިގެން ދިޔަ ކަމަށެވެ.

"އަސްލު ވަރަށް ސަޅި މަސައްކަތެކޭ އެންމެންވެސް ބުނަނީ، މޯސްޓްލީ އަޅުގަނޑުގެ އުމުރުގެ އަންހެން ކުދިންނަށް ވާނީ މިކަން ވަރަށް ބޮޑު ކަމަކަށްދޯ، ކައްކާ ހިތްވޭ އެކަމަކު ބޭނުން ނުވޭ ޝެފަކަށް ވާހިތެއް. އެހެންވީމަ އަހަރެން ބޭނުންވީ އެ މީހުންނަށްވެސް ރިއަލައިޒްކޮށްދޭން، މިކަމަށް ޝައުގުވެރިވާނަމަ ކުރިމަތިލައިގެން ކުރިއަށްދާށޭ"

ރިޝްގެ ވިސްނުން ހުރީ ދާއިރާއަށް ދެވެން އޮތް އެންމެ މައްޗަކަށް ދާށެވެ.

ދަ ޝެފް މޯޑް ބަދިގޭގެ ކެއްކުންތެރިޔާ ރިޝް ކެއުމެއް ތައްޔާރުކޮށްލުމަށް އެެއްޗެހި ކޮށަނީ -ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭނާ ޝެފަކަށް ވާން ބޭނުންވާ ފަރާތްތަކަށް ދިން މެސެޖެއް އެބަ އޮތެވެ. އޭނާ ބުނަނީ ޝެފަކަށް ވާން ބޭނުންވާ މީހުން ކޮންމެހެން ރިސޯޓެއްގައި މަސައްކަތް ކުރަން ނުޖެހޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސުޕުން ލަންކާ

    ރިސް އާރޔޫ ސިންގަލް ،

    12
    4
  2. އައިޝާ

    ރިސްގެ ޑިސްތައް ބަރައްމީރު. ރިސްއައްކާމިޔާބުދެއްވާށި. އާމީން

    11
  3. ނނނ

    އައި ވޮންޓް ޖޮއިން ހައު

    8
    1
    • އޮރިއާން ރަޝީދު

      ޥޯންޓް
      ދިވެހި ބަހުންވެސް ބުނެވުދާނެ ނު.
      އިނގިރޭސިބަހުން ދެބަސް ހަމަޔަށް ކިޔަން ނޭގުނަސް، އިންގްލިޝް ވެގަނެގެން އުޅޭތި!

      11
  4. މީ

    މާޝާﷲ. އަދި ތެދުމަގު ދައްކަވާށި އާމީން

    14
    1
  5. މަރީ

    ސޯ ޕްރައުޑް

  6. Anonymous

    މީރުކޮށް ކައްކާ ކުއްޖަކާ އިންނަނީ

  7. ޠޔޔ

    ވާއޯ............

  8. މަކިޓާ

    ސިންގަލްތަ

  9. ކިޔުންތެރިޔާ

    ކާމިޔާބު ދުވަސްތަކަކަށް އެދެން، ނަމަނަމަ ބުރުގާ ނުބާލާތި. އިއީ މޮޅުކަމެއް ނޫން. އައްޑޫ އިން މޮޅު ޝެފެއް އުފެދުނު، ދެން ފެނިގެން ދިޔައީ ބުރުގާ ބާލާފައި އޮރިޔާމުން އުޅެންފެށި މަންޒަރު. އުޅުން ބަދަލު ކޮށްލުމަކީ ކުރިއެރުން ލިބޭނެ ކަމެއްނޫން. އެކަން ހަނދާނުގައި ބަހައްޓާތި

  10. ރައްޔިތު މީހާ

    ޢަޅޭ ކުޅުދިޔާ ވެއްޖެ