އިންޑިއާގެ ސެވްރީ ޓީބީ ހޮސްޕިޓަލްގައި މަސައްކަތް ކުރާއުމުރުން 51 އަހަރުގެ ސީނިއާ މެޑިކަލް އޮފިސަރ ކޮވިޑް-19 ބަލީގައި މަރުވުމުގެ 36 ގަޑިއިރު ކުރިން ފޭސްބުކްގައި ސްޓޭޓަސްއެއް ޖެހިއެވެ.

އޭނާ މަރުވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ޑރ. މަނީޝާ ޖަދަވް ނަމަކަށް ކިޔާ މި ޑޮކްޓަރަކީ އެ ހޮސްޕިޓަލުން ކޮވިޑް ބަލީގައި މަރުވި ފުރަތަމަ ޑޮކްޓަރެކެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ބުނީ، މިދިޔަ މާރިޗް މަަހުން ފެށިގެން 18،000 އާ ގާތް ކުރާ އަދަދަކަށް ޑޮކްޓަރުން ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި، އެ ބަލީގައި 168 މީހަކު މަރުވެފައިވާ ކަމަށެވެ

އޭނާ ފޭސްބުކްގައި ޖެހި ސްޓޭޓަސްގައި ވަނީ މިއީ އޭނާގެ އެންމެ ފަހު ހެނދުނު ކަމަށެވެ.

"އަހަރެންނަށް ތިމީހަކާއި ދެން މި ޕްލެޓްފޯމުން ބައްދަލެއް ނުކުރެވޭނެ".

އޭނާ ވަނީ އެންމެންވެސް ސަލާމަތްތެރިކަން ހޯދުމަށް ނަސޭހަތްތެރިވެފައެެވެ. އަމިއްލައަށް އަދި މީހާގެ ހަށިގަނޑު މަރުވިޔަސް، ފުރާނަ ދިރިހުންނަ ކަމަށް އޭނާ ބުނެފައި ވެއެވެ.

އިންޑިއާއަކީ މިހާރު އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމެވެ. އެ ގައުމުގައި އެތައް ހާސް ބަޔަކު ކޮވިޑަށް ފައްސިވަމުންދާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދުތައްވެސް އިތުރުވެއްޖެ އެވެ. މިއާއެކު އެ ގައުމުގައި ފިޔަވަޅުތައްވެސް ވަރުގަދަކޮށްފިއެވެ.

ކިޔުންތެރިންގެ ހިޔާލު