އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ތާރީޚީ ސަމިޓެއްގައި ބައްދަލު ކުރިއިރު ސަމިޓްގެ ހުރިހާ ކަމަކީ ވެސް ވަރަށް ފާހަގަ ކޮށްލެވޭ ކަންކަމެވެ. އެގޮތުން ދެބޭފުޅުން ބަދަލު ކުރި މަޖާ ވާހަކަތައް ވެސް ވަނީ ނޫސްތަކުގެ ސުރުހީ އިން ޖާގަ ހޯދާފައެވެ.

ގައުމުތަކުގެ ވެރިންގެ ބައްދަލުވުންތަކުގައި ވެސް ޖޯކް ވިދާޅުވުމަކީ އާންމު ކަމެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ އަބަދުވެސް ޖޯކް ވާހަކަދައްކާ ޖޯކް ކަންތައް ކުރާ މީހެކެވެ. މިއަދުވެސް ޓްރަމްޕް ވަނީ ޖޯކަކަށް ހަދައި ކިމް ޖޮން އުން ފަލަ ކަމަށް ބުނެފައެވެ. ނުސީދާކޮށް ޓްރަމްޕް ޖެހި ޖޯކު ކިމް އަށް ވެސް ވަރަށް މަޖާވިއެވެ.

ޓްރަމްޕް ވާހަކަ ދައްކާ ނިމުމުން ތަރުޖަމާން އެވާހަކަތައް ތަރުޖަމާ ކޮށްދިނުމާއި އެކު ކިމްގެ މޫނުމަތިން ފެނުނު ހިނިތުންވުމުން އެކަން އެނގުނެވެ.

https://twitter.com/91Shahji/status/1006415765082427393

ކިމް އަކީ ފަލަ ކުރު މީހެއް ކަމަށް ބުނެ ޓްރަމްޕް ވަނީ މިދިޔަ ނޮވެމްބަރ މަހު ވަރަށް ބޮޑަށް ކިމް އަށް މަލާމާތް ވެސް ކޮށްފައެވެ. އެމައްސަލަ ހޫނުވެ އުތުރު ކޮރެއާ އިން ވަނީ ޓްރަމްޕް އަށް ވަރަށް ހޫނު ރައްދެއް ވެސް ދީފައެވެ.

ކިމް އަށް ޓްރަމްޕް އެފަހަރު މަލާމާތް ކުރުމުން އުތުރު ކޮރެއާ އިން ބުނީ ޓްރަމްޕް ކުރީ ވަރަށް ބޮޑު ކުށެއް ކަމަށާއި ޓްރަމްޕް އަށް އޮތީ މަރުގެ ޙުކުމް ކަމަށެވެ.

މިއަދު ޓްރަމްޕް އާއި ކިމް ބޭއްވި ސަމިޓް ވަރަށް ކާމިޔާބު ކަމަށް ދެގައުމުން ވެސް ވަނީ ބުނެފައެވެ. އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ އެއްބަސްވުމެއްގައި ކިމް އާއި ޓްރަމްޕް މިއަދު ވަނީ ސޮއި ކޮށްފައެވެ.