ބަތަލާ ނިއުމާ މުހައްމަދު ހޯސްޓް ކުރާ ބައިސްކޯފްގެ ރީލް ޓު ރިއަލް ޕްރޮގްރާމްގެ ރޭ އެޕިސޯޑުން ފެނިގެން މި ދިޔައީ މަޝްހޫރު ޕްރެޒެންޓަރު އާމިނަތު ނަމްޒާ އެވެ.

ނަމްޒާ އެ ޕްރޮގްރާމްގައި ދިރިއުޅުމުގެ ގިނަ ކަންކަން ހިއްސާ ކުރިއެވެ. ހާއްސަކޮށް ތައުލީމީ ހަޔާތާއި ޒަވާޖީ ހަޔާތުގެ ވާހަކަތައް ހިއްސާ ކުރިއެވެ. ބައެއް ވާހަކަތައް އޭނާ ހިއްސާ ކުރަމުންދިޔައީ ލޮލުން ކަރުނަ އަންނަ ހާލުގައެވެ.

ނަމްޒާ ވަނީ އޭނާ ވަރަށް ޅަ އިރު ކައިވެނީގެ ވާހަކަހިއްސާ ކޮށްފައެވެ. އެއީ އޭނާގެ އުމުރުން 19 އަހަރުގައެވެ. ނަމްޒާ ބުނީ، އޭނާ އެހަ ޅަ އު އުމުރުގައި ކައިވެނި ކުރެވުނަސް އެކަމާ ރިގްރެޓް ނުކުރާ ކަމަށެވެ.

ނަމްޒާ ބުނީ، އެ ކައިވެންޏާއި ގުޅޭގޮތުން ބުނެވެނީ އެއީ އޭނާގެ މަންމަ އާއި ބައްޕަ ދެރަވާ ވަރުގެ ކަމެއް ކުރެވުނީނމަ ކަމަށެވެ. އެ ކައިވެންޏަށް ދަރިއަކު ލިބިފައި ވެއެވެ. ނަމްޒާ ބުނީ، އޭނާގެ ކުުރީގެ ފިރިމީހާ އާ އޭނާ އާ ގުޅުން ރަނގަޅު ކަމަށާއި، އޭނާ ނަމްޒާއޭ ކިޔާފައި އެެއްވެސް ގޯސް ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ.

"ކައިވެންޏެއް ރޫޅުމަކީ އަދި އެކަކު އަނެކަކަށް ކުރާ އިހްތިރާމް ގެއްލޭވަރުގެ ކަމެއް ނޫން، އަދި އެ އިހްތިރާމް ކުރާނަން ނާ ގެ ބައްޕަގެ ގޮތުގައި، އަދި ދަސްކޮށްދެން އާމިރްވެސް ނަމްޒާވެސް އަސްލު ނާ އަށް ނާގެ ބައްޕައަކީ ކިހާ މުހިންމު މީހެއްކަން،ނަމްޒާ ބޭނުން ނާ ފަހުރުވެރިވެލާފައި ނާ ބޮޑުވެގެން ބުނަން ދުވަހަކުގެސް ނާ އަޑެއް ނާހަމޭ، ނުބުނެއޭ ނާގެ ބައްޕައަށް އެއްވެސް އެއްޗެއް". ވަރަށް އަސަރާއެކު ނަމްޒާ ބުންޏެވެ.

 

ނަމްޒާ ބުނީ، އެ ކައިވެނިން އޭނާއަށް އެނގުނު ކަމަކީ ދިރިއުޅުމުގައި ނުރަނގަޅު ނިންމުމެއް ނިންމިދާނެ ކަމަށާއި، އެއަށް ފަހުވެސް ދިރިއުޅުމެއް އޮތް ކަމަށެވެ. އެ ބަދަލުކުރުމުގެ އިހްތިޔާރު އޮތީ އަހަރުމެންގެ އަތުގައި ކަމަށް ނަމްޒާ ބުންޏެވެ.

ނަމްޒާ މިހާރުގެ ފިރިމީހާ އާމިރްއާ ގުޅޭގޮތުން އޭނާއަކީ ވަރަށް ރަނގަޅު ފިރިއެއް ކަމަށާއި، އާއިލާއަށް އޭނާ ވަރަށް ރަނގަޅު ކަމަށެވެ. އޭނާ ވަނީ އާމިރުއަށް ހިފެހެއްޓުމެއް ނެތި ތައުރީފް ކޮށްފައެވެ.

ނަމްޒާ އާއި އާމިރްގެ ކައިވެންޏަށް ފަސް އަހަރު

"މީހުން ބުނާނެ ލޯބީގެ އެއްޗެއްސަކީ ފޮތްފޮތުގައި ހުންނަ އެއްޗެއްސޭ، ބައެއް ފަހަރު މީހުންނަށް ވަރަށް މީހުންނަށް ހީވާ ވާހަކައެއް ނަމްޒާ އަކީ މި ވާހަކަ ވަރަށް ދައްކާ މީހެއްކަން، ވަރަށް ގިނައިން ލޯބި ފޮޓޯ އެއްޗެހި ލިޔަސް އެއީ ހަމަ މީހުންނަށް ދައްކަންށޭ،އަސްލެއް ނޫނޭ އެއީކީއެއް އެކަމަކު ނަމްޒާ ހަމަ ބުނާ ހިތްވަނީ ނޫނެކޭ ހަމަ އަސްލޭ އެއީ، މީހުން މީހުން ދެކެ ހަމަ ބޭ އިންތިހާއަށް ލޯބިވެޔޭ، ޝަރުތަކާއި ނުލާ ލޯބިވެއޭ”,

ނަމްޒާ ބުނީ، މާދަމާ އޭނާ ބަލި އެނދުގައި އޮންނަން ޖެހުނު ކަމުގައިވިޔަސް، އޭނާއާށް އާމިރްގެ އަޅާލުމާއި ލޯބި ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ނަމްޒާ އާއި އާމިރް

ނަމްޒާ އާއި އާމިރް ކައިވެނިކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނިސި

    ނަމްޒާ ކުރިން އުޅުނީ އޭނައާ ދެގުނަ އުމުރުގެ މީހަކާ އިނދެގެންނެވެ. އެއީވެސް ލޯބި ދޯ

    57
    5
  2. ށސސސ

    ޕިސް ޕިސް

    40
    6
  3. އަލިފް

    ނަމްޒާ އެންމެ ފުރަތަމަ ކުރި ކައިވެންޏަށް ދަރިއަކު ނުހުރޭ . ފުރަތަމަ ކައިވެންޏޭ އެބުނަނީ 2 ވަނަ ކައިވެނީގެ ވާހަކަ. ސީއެޗްސީގައި އެކީގައި ކިޔަވަން އުޅުނު ކުއްޖަކާ ފުރަމަ ކައިވެނި ކުރީ. ވަރަށް ލޯބިން އޭރުވެސް އުޅުނީ .

    47
    1
  4. މުސްތަފާ

    ލަދުން ބޯ ހަލާކު ވާވަރުވޭ، މިވެސް މީހުންނޯ..

    18
    5
  5. ކެސްޓާރާގެ ބަންޑާރާ

    ސަޅި އިނގޭ.

    20
    7
  6. އަންނި

    އަދިވެސް އިންތިޖާރު ކުރާނަން އަބަދުވެސް ލޯބިވާނަން. މުޅި އުމުރު ނަމްޒާގެ ހުވަފެނުގަ.

    12
    1
  7. އަހްމަދު

    ތި ދެ މީހުންނަށް ހިދާޔަތް ދައްކަވާށި

    12
    2
  8. އުފާ

    ބައިސްކޯފަށް ނަމްޒާ ދިން އިންޓަވިއު ބެލިން. ވަރަށް ކަމުދިޔަ ނަމްޒާ ދެއްކި ވާހަކަތައް. ނަމްޒާ އަށް އަބަދުވެސް އުފާވެރިކަމަށް އެދެން.

    11
    6
  9. އާދަމް ޒާހިރު

    ތަހުނިޔާ އާމިރުގެ ދެމަފިރިންނަށް. އަޅުގަނޑު ވ. ފަޚުރުވެރިވާ ދަރިއެއް ފަދަ އެކުވެރި އެއް ޢާމިރަކީ.

    11
    3
  10. ބޯ ހަލާކު

    އާ މިރަށް މަ ހަމްދަރުދީ ވަން.... ފަހުން ވިސްނޭނެ.

    8
    1
  11. މަގޭ ލޯބި

    ވަރަށް ލޯބި ދޯ@ މީ އަސްލު ޢިޝްގީ ލޯބި

    4
    3
  12. ރިޒާ

    ވަރަށް ރޯތިކޮށް ރީތި ދިރިއުޅުމެއް އުޅޭ ދެމަފިރިން އާމިރު އާއި ނަމްޒާ އަކީ. ތި ދެމަފިރިންނަށް އުފާފާގަތި ކަމަށް އެދެން.

    2
    3
  13. Anonymous

    ޢާމިރު ކަހަލަ ރަނގަޅު ފިރިއެއް ލިބުމަކީ ނަމްޒާގެ ނަޞިީބެވެ.

    6
    1
  14. މަޖުބޫރީހާލަތް

    ކޮންވަހެއްދުވަނީ ކުޅިބޯކިބާވަސްދޯ ލަދުންބޯހަލާކު

    1
    1