ދިވެހިންގެ ތެރޭގައި މަޝްހޫރު މީސްމީޑިޔާއެއް ކަމުގައިވާ ފޭސްބުކް ބޭނުން ކުރާ މީޙުންގެ އަދަދު ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުން ނެވެ. މީގެ އިތުރުން ކުރިން ފޭސްބުކް ބޭނުން ކުރި އަދި ފަހުން ބޭނުން ނުކޮށް ދޫކޮށްލި މީހުންނަކީވެސް މަދުބައެވެ.

މިއާއެކު ނިކުންނަ މައްސަލައެއް އޮވެއެވެ. އެއީ ކުރިންކޮށްފައިހުރި ޕޯސްޓްތަކެވެ. ތިމާ ކުޑައިރުކޮށްފައިހުރި ޕޯސްޓަތައް ފެނުމުން އެކަމާ ލަނޑު ނުގަންނަ މީހަކު މަދުވާނެއެވެ. އަދި ތިމާގެ ޤަބުކަށް އަމިއްލަޔަށް ޤަބޫލުކޮށް އެ ޕޯސްޓްތައް ޝެއަރ ކުރާ މީހުންވެސް މަދެއް ނޫނެވެ. ފޭސްބުކްގެ " އޮން ދިސް ޑޭ" ގެ ފީޗަރގެ ސަބަބުން މިކަން ކުރަން ފަސޭހަވެއެވެ. ކުރީގެ އަހަރުތަކުގައި އެދުވަހު ކޮށްފައި ހުރި ޕޯސްޓްތައް ދައްކައިދޭތީއެވެ.

މިގޮތަށް މީގެ ކުރިންކޮށްފައި ހުރި ޕޯސްޓްތައް ފެނި އެކަމަލާ ލަދު ގަންނަ ދިވެހިންނެއް މަދެއް ނޫނެވެ.  މިގޮތުން " ވަގުތު " އިންވަނީ ދެތިން މީހެއްގެ ޚިޔާލު މިކަމުގައި ހޯދާލާފައެވެ.

" އަސްލު ވަރަށް މަޖާވޭ ކުރިން ކޮށްފަ ހުރި ޕޯސްތައް ފެނުނީމާ. ޓެގްކޮށްފަ އިދޭ 99 މީހުންނަށް، ފީލިން ރިޕޯޓް ފޮތޭ ޖަހާފަވެސް. " 25 އަހަރުގެ މީހަކު އޭނާ ފޭސްބުކްގައި ކުރިން ކޮށްފައިހުރި ޕޯސްތަކާ ބެހޭ ގޮތުން ބުންޏެވެ.

ކުރީގެ ޕޯސްޓްތައްފެނި އެޕޯސްޓްތައް ޑިލީޑް ކުރީ މީހުންވެސް މަދެއް ނޫނެވެ.

" މަޖާވަނީ އަސްލު އެޕޯސްޓްތައް ފެނިފަ. ދެން ރައްޓެހިން އެޝެއަރ ކުރާނެތީ ނޫނީ ކޮމެންޓް ކުރާނެތީ ޑިލީޓްކޮށްލައނީ. " ފޭސްބުކް ބޭނުން ކުރަމުން އަންނަތާ ގިނަ ދުވަސް ވެފައިވާ 18 އަހަރުގެ މީހަކު ބުންނެވެ.

ކޮންމެޔަކަސް ޙަޤީޤަތަކީ މީގެ ކުރިން ތިމާ ކުރި ޕޯސްތަކަކީ ބޭކާރު ޕޯސްޓްތަކެއް ކަމަށް މިއަދު ތިމާއަށް އިޙްސާސް ވާފަދައިން މީގެ 10 އަހަރު ފަހުން މިއަދު ކުރާ ޕޯސްޓްތަކާމެދު ތިމާގެ ޚިޔާލު ހުންނާނީ ހަމަ މިފަދަ ގޮތަކަށެވެ. ބުއްދިވެރި ގޮތަކީ އެޕޯސްޓްތައް ޑިލީޑް ނުކޮށް ބެހެއްޓުމެވެ. ފީލިން މޫދު ޓައިމްވެސް މީގެ 10 އަހަރު ފަހުން ވަރަށް ޚާއްސަ ހަދާނެއް އާކޮށްދޭ ކަމަކަށް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު